ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މައްސަލަތައް ހައްލުކުރަން އެމްޑީޕީން އަމީންއާއްމާ ބައްދަލުކޮށްފި

ރިޔާސަތު ކައިރިއަށް މެންބަރުން އެއްވެ އިހުތިޖާޖުކުރަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ދިމާވެފައިވާ ހުރަސްތައް ނައްތާލުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރަކު ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ އަމީން އާންމު ނިޔުޝާ އާއި މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި ކޮމިޓީތައް އެކުލަވާލުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް ވެސް އެމްޑީޕީން ވަނީ ބުނެފައެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދިމާވާ ހުރަސްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައި 14 ދުވަސް ހަމަވެފައިވާއިރު މައްސަލަ އެޖެންޑާ ނުކުރުމުން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކޮށް ރިޔާސަތު ކުރިމަތީގައި އިހްތިޖާޖު ކޮށްފައެވެ.

މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން ވިދާޅުވީ މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލުކުރެވޭތީއެެވެ.
އެމްޑީޕީގެ މަޖިލިސް މެންބަރަކު ވިދާޅުވި ގޮތުގައި ޕާޓީގެ ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ މަޖިލީހުގެ އަމީން އާންމު ނިޔުޝާ އާއި މަޖިލީހުގެ އިދާރީ އިސް މުވައްޒަފުންނާ ބައްދަލުކުރައްވާފަ އެވެ.

މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ނައްތާލުމަށާއި ކޮމިޓީތައް އެކުލަވާލުމާއި ގުޅޭ ގޮތުން މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނެވެ.

އެގޮތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިޔުމަށް ދިމާވާ ހުރަސްތަކާ ގުޅޭ ގޮތުންވެސް ވަނީ މަޝްވަރާކޮށްފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލައިގައި ނޯޓިސް ފޮނުވައި 14 ދުވަސް ހަމަވެފައިވާއިރު މައްސަލަ އެޖެންޑާ ނުކުރުމުން އެމްޑީޕީގެ މެންބަރުން ވަނީ ނުރުހުން ފާޅުކޮށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަޑުގަދަކުރައްވާފަ އެވެ.

މަޖިލީހުގެ ރިޔާސަތުން މީގެ ކުރިން ވިދާޅުވީ މަޖިލީހުގައި މިވަގުތު އޮތް އިތުބާރު ނެތް ކަމުގެ މައްސަލަތައް ކުރިއަށް ގެންދެވޭނީ އަލުން ކޮމިޓީތައް އެކުލަވާލައިގެންނެވެ. އެއީ އިތުބާރު ނެތް ކަމުގެ މައްސަލަތަކުގައި މަޖިލީހުގެ އާންމު ކޮމިޓީން ވަގުތު ކަނޑައަޅަންޖެހޭތީއާއި އާންމު ކޮމިޓީ ވެސް އަލުން އެކުލަވާލަންޖެހޭ ކަމަށް މަޖިލީހުގެ ރިޔާސަތަށް ގަބޫލު ކުރެވޭތީއެވެ.

ނަމަވެސް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ކޮމިޓީތައް މިހާރުވެސް އޮތް ގޮތަށް ކުރިއަށް ގެންގޮސް ކޮމިޓީއަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެވޭނެ ކަމަށެވެ. އަދި މަޖިލީހުގެ އާންމު ކޮމިޓީ ކުރިއަށް ގެންދިއުމަށް އެއްވެސް ދައްޗެއް އޮތް ނަމަ އާންމު ކޮމިޓީގެ ބައްދަލުވުމަކަށް އަމީންއާންމަށް ގޮވާލެވިދާނެ ކަމަށާއި އަދި އެ ކޮމިޓީގެ މައްސަލަ އަމީންއާންމަށް ހައްލުކުރެވޭނެ ކަމަށްވެސް އަސްލަމް ގަބޫލު ކުރައްވައެވެ.

މީގެ އިތުރުން އަސްލަމް ވަނީ އެމްޑީޕީގެ ފަރާތުން މަޖިލިސް ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ އެޖެންޑާ ކުރުން އަވަސް ކުރުމާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ މައްސަލައިގެ ބަހުސް އަލުން ކުރިއަށް ގެންދިއުމަށް އެދި އަމީން އާއްމަށް ސިޓީއެއްވެސްް ފޮނުވާފައެވެ. އަދި މަޖިލީހުގެ އާއްމު ކޮމިޓީގެ މުގައްރިރާއި ނައިބު މުގައްރިރު ކަނޑައެޅުމަށް ބާއްވަންޖެހޭ ކޮމިޓީ ބޭއްވޭނެ އިންތިޒާމް ހަމަޖެއްސުމަށް ވެސް އަސްލަމް ވަނީ ސިޓީއަކުން އަމީން އާއްމުގެ ފަރާތުން އެދިފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: