ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“17 އަހަރު އެމްޑީޕީ ހިންގިހެން މަޖިލީހެއް ނުހިންގޭނެ”

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި ނޮޅިވަރަން ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު އަބްދުﷲ(މޮސްޓާ)
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު 17 އަހަރުވަންދެން އެމްޑީޕީ ހިންގި އުސޫލުން ރައްޔިތުންގެ މަޖިލީސް ނުހިންގޭނެކަމަށް ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީއިން ގެނެސްދޭ “ސަންގު ބަހުސް” ޕްރޮގްރާމުގެ، ރޭ ބަހުސްކުރި މައުޟޫ އަކީ “ރިޔާސަތުން މަޖިލީސް ކުރިއަށްގެންދަނީ ގަވާއިދާ ހިލާފަށްތަ؟” މި މައުޟޫއުއަށެވެ. މަޖިލީހުގައި “މަރުތަޅު” އަޅުވާފައި އޮތް މަންޒަރު ފެންނަކަމަށް ފާހަގަކޮށް މިކަންކަން ފެށުނު ހިސާބަކީ ކޮބައޮތޯ ކުރި ސުވާލުގެ ޖަވާބުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދުކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި އިޓްލޮސްއިން ހުކުމްކުރި ހިސާބުންކަމަށާއި، މި މައްސަލައިގައި ރާއްޖެއިން މޮރިޝަސްއަށް ފޮނުވި ސިޓީ އަބުރާ ނުގެނައުމުންކަމަށެވެ. ޗާގޯސްގެ މައްސަލައިގައި ބަންޑާރަ ނައިބު އިބްރާހީމް ރިއްފަތުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށައެޅިއިރު، އެ މައްސަލައިގައި ވަޒީރު ޖަވާބުދާރީވާން ވަޑައިނުގަތް ހިސާބަކީ މަޖިލީހުގެ މަސްލަހަތު ގެއްލުނު ހިސާބުކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

އިބްރާހީމް ރަޝީދު ވިދާޅުވީ ސަރުކާރުން މަޖިލީހުގައި ތަޅުއެޅުވުމަށްފަހު ބާއްވަން ބޭނުންވާކަމަށާއި، އެއީ މި ވެރިކަމުގައި އޮތް 3 މަސް ދުވަހުގެ ތެރޭގައި މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުމަށް ކުރާ މަސައްކަތްތަކަށް ހުރަސް އެޅުމަށްކަމަށެވެ. އޭނާ ފާހަގަކުރެއްވީ ކުރީ ދުވަހުގެ މަޖިލީހަށް ޓްރާންސްޕޯޓް މިނިސްޓަރު ހާޒިރުކުރި ނަމަވެސް ޖަވާބުދާރީނުކުރެވުންކަމެވެ. އަދި ސަރުކާރުގެ ބޭނުމަކީ އެއީކަމަށް ވިދާޅުވިއެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ ކެލާ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް ވިދާޅުވީ މަޖިލީހުގެ ރައީސް ނަޝީދަކީ ވެރިކަމަށް އައުމަށް އަބަދުވެސް މަސައްކަތްކުރައްވާ ބޭފުޅެއްކަމަށާއި، މިހުރިހާކަމެއްގެ އަސްލަކީ އެއީކަމަށް ޝަރީފް ވިދާޅުވިއެވެ.

އިރުކޮޅަކާއި އެއްފަހު ކިޔާފާނެ ވެންޓިލޭޓަރޭ، އަނެއް ފަހަރު ކޮތަޅޭ، އަނެއް ފަހަރު ފޯޅަވައްސޭ، ނުވަތަ ތަފާތު ވަތެއްގެ ވާހަކަދައްކަމުން އައީ. މިކަންކަން ފެށިގެން މި އަންނަނީ ވެރިކަމުގެ ބޭނުމުގައި.

ޝަރީފް ވިދާޅުވިއެވެ.

މަޖިލީހުގެ ހާލަތު މިހާ ހިސާބަށް އައިސްފައިފައިވަނީ އެމްޑީޕީގެ ސަބަބުންކަމަށް ގަބޫލުކުރައްވަންތޯ ސުވާލުކުރުމުން ޝަރީފް ވިދާޅުވީ ގަބޫލުނުކުރާކަމަށެވެ. އެމްޑީޕީގެ 12 މެންބަރަކު މަޖިލީހުން ވަކިވުމުން މަޖިލީހުން ކޮމްޕޮޒިޝަން ބަދަލުކުރަންޖެހޭކަމަށާއި، ކޮމްޕޮޒިޝަން ބަދަލުވާއިރު، އެމްޑީޕީއަށް 64 އިންސައްތަ ލިބޭކަމަށެވެ. ނަމަވެސް މިކަން އިދިކޮޅު ފަރާތްތަކުން ގަބޫލުނުކުރައްވާކަމަށާއި، މިނިވަން ކެނޑިޑޭޓުންގެ ބައިވެރިވުން ގިނަވާންޖެހޭނެކަމަށް އިދިކޮޅުން ގަބޫލުކުރާކަމަށް ޝަރީފް ވިދާޅުވިއެވެ.

ބަހުސްގެ ތެރެއިން އެމްޑީޕިއަށް މަޖިލީހުގެ ސުޕަ މެޖޯރިޓީ އެބައޮތޯ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު އާއި ސުވާލުކުރުމުން ވިދާޅުވީ، އެމްޑީޕީގެ 4 މެންބަރުން ތިބުމަށްފަހު، އޮޕޮޒިޝަންއަށް 4 މެންބަރުން ދިނުމަކީ އެންމެ ރަނގަޅު ގޮތްކަމަށެވެ. މިކަމަށް އެއްބަސްނުވެ އެމްޑީޕީއިން ބޭނުންވީ، ކޮމިޓީގައި އެމްޑީޕީގެ މެންބަރުން ގިނަކުރުމަށްކަމަށް ޒާހިރު ވިދާޅުވިއެވެ. އެމްޑީޕިއިން ކުރިން ކަންކުރާ އުސޫލަށް އެއްބަސްނުވާކަމަށާއި، މައްސަލަ ގޮސްވީ އެހާ ހިސާބުންކަމަށް ޒާހިރު ވިދާޅުވިއެވެ.

އަޅުގަނޑުމެންގެ ބަސްވެސް އަޑުއިވެންޖެހޭނެ، ހާއްސަކޮށް ރިޔާސީ އިންތިހާބަށް ކުރިމަތިލާއިރު، ކޮމްޕޮޒިޝަން އެގޮތަށް ބަދަލުވެއްޖިއްޔާ 65 ފެއާއެއް ނޫނެއްނޫންތޯ؟ އެހެންވީމަ އެޔަށް އެގްރީނުވެވިގެން މިހާ ހިސާބަށް ދާންޖެހުނީ.

ޒާހިރު ވިދާޅުވިއެވެ.

ޒާހިރު ވިދާޅުވީ މަޖިލީސް މިހާލަތަށް ގޮސް، މަރުތަޅު އެޅިފައި އޮތީ ސަރުކާރަށް ނޭނގިގެން ކުރެވުނު ކަމަކުން ނޫންކަމަށެވެ. އެއީ ވަރަށް ތަޖުރިބާކާރު ބޭފުޅުން އެމްޑީޕީގައި ތިއްބެވީތީކަމަށް ޒާހިރު ވިދާޅުވިއެވެ. އަދި އޭނާވެސް އިބްރާހީމް ރަޝީދާއި އެއްބަސްވެ ވިދާޅުވީ، މިއީ މަޖިލިސް މެދުވެރިކޮށް ސަރުކާރު ޒިންމާދާރުކޮށްފާނެތީ ސަރުކާރުން ކުރިކަމެއްކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގައި ރައީސް ނަޝީދު ރިޔާސަތު ބަލަހައްޓަވާ ގޮތަށް އަބަދުވެސް ފާޑު ވިދާޅުވާ ނޮޅިވަރަމް ދާއިރާގެ މެންބަރުން މުހައްމަދު ނަޝިދު (މޮސްޓާ) ބައިވެރިވެވަޑައިގެންނެވިއެވެ. މަޖިލީހުގެ ރިޔާސަތުގައި މިހާރު އިންނަވަން ޖެހޭނީ ކާކުތޯއާއި، މަޖިލީސް އޮމާންކޮށް ގެންދެވޭނީ ކިހިނެއްތޯ ސުވާލުކުރުމުން މޮސްޓާ ވިދާޅުވީ މަޖިލީހުގެ މި ދައުރުގެ ޖަލްސާތައް ފެށިގެން އައިރު، ރިޔާސަތުގައި އިންނެވީ މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް (ސަން ސިޔާމް) ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވަނީ ގަވާއިދާއި ހިލާފަށްކަމަށް މޮސްޓާ ވިދާޅުވުމުން ނޫސްވެރިޔާވަނީ އަފީފްގެ އެކަމަށް ދިން ރައްދު ފާހަގަކުރައްވާފައެވެ. އެގޮތުން ސަން ސިޔާމް ރިޔާސަތު ބެލެހެއްޓީ ރައީސްއަކު ކަނޑައަޅާފައި ނެތްއިރުކަމަށާއި، ރައީސް ކަނޑައެޅުމުން ރައީސް ބޭނުންވާ މީހަކަށް ރިޔާސަތު ހަވާލުކުރެވޭނެކަމަށް އަފީފް ވިދާޅުވިކަން ނޫސްވެރިޔާ ފާހަގަކުރިއެވެ.

ރައްދުގައި މޮސްޓާ ވިދާޅުވީ މަޖިލީހުގެ ރައީސްއަށް މަޖިލީހުގެ ގަވާއިދު މުގުރާލުމަށްފަހު ވަކި ފަރާތަކަށް ރިޔާސަތު ހަވާލުނުކުރެވޭނެށާއި، މިދިޔަ 17 އަހަރު ދުވަހު އެމްޑީޕީ ހިންގި އުސޫލުން ރައީސް ނަޝީދަށް މަޖިލީސް ހިންގުމުގެ ފުރުސަތު ނުލިބޭނެކަމަށެވެ.

މޮސްޓާއަށް ރައްދުދެއްވާ ވާހަކަދައްކަވަމުން އިބްރާހީމް ރަޝީދު ވިދާޅުވީ އަފީފް މަޖިލީހުގެ ރިޔާސަތުގައި އިންނެވުމަކީ ސުވާލުއުފައްދަން ޖެހޭކަމެއް ނޫންކަމަށާއި، މިއީ އެވާހަކަދައްކަންވީ ވަގުތުނޫންކަމަށެވެ. އަފީފް ރިޔާސަތުގައިި އިންނެވުމުގައި ގާނޫނީ މައްސަލައެއް ނެތްކަމަށެވެ. މިހުރިހާ ދުވަހުވެސް އަފީފް އިންނަވާ މަޖިލީސް ކުރިއަށް ގެންދެވުނުކަމަށާއި، ކުއްލިއަކަށް މި މައްސަލަ ފެންމަތިކުރަނީ އެހެން މަގްސަދެއްގައިކަމަށް އިބްރާހީމް ރަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: