ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2008 ވަނަ އަހަރުން ފެށިގެން ވެރިކަން ބަދަލުވަމުންދާނަމަވެސް ގައުމަށް ބަދަލުތަކެއް ނާދޭ: އުމަރު ނަސީރު

"ބާނަ ބާނަ ތިއްބާ ތިޔަ ވިއްކާލީ ކަނޑު" ޖަލްސާގައި އުމަރު ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ އަހަރުން ފެށިގެން ވެރިކަން ބަދަލު ކުރަމުންދިޔަ ނަމަވެސް ގައުމަށް އެއްވެސް ބަދަލުތަކެއް ނާންނަކަމަށް އަމިއްލަ ގޮތުން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރުމަށް ނިންމާފައިވާ ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

އުމަރުގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، އޭނާ އަދި ކެމްޕެއިން ޓީމުން ކުރައްވަމުންދަނީ ގައުމު ބަދަލުކުރެއްވުމުގެ މަސައްކަތްތައްކަމަށެވެ. އުމަރު ވިދާޅުވީ، އޭނާ މަސައްކަތްކުރައްވަމުންދަނީ ވެރިކަމާއި ހިސާބަށް ވާސިލުވުމާއި ގައުމުގެ މައްސަލަތައް އިސްލާހުކޮށް މުޅި ގައުމު ބަދަލުކުރެއްވުމަށް ކުރައްވަމުންދާ މަސައްކަތްތަކެއްކަމަށެވެ.

ބައެއް ރިޔާސީ ކެނޑިޑޭޓުން އެ ބޭފުޅުންގެ ރިޔާސީ މެނިފެސްޓޯ އާންމު ކުރައްވާފައިވާކަމަށް އިޝާރާތްކުރައްވާ އުމަރު ވިދާޅުވީ، އެނާގެ މެނިފެސްޓޯ އާއިމެދު ބައެއް ފަރާތްތަކުން ސުވާލުކުރައްވާކަމަށެވެ. އޭނާ ވިދާޅުވީ މެނިފެސްޓޯ ވާނީ ފެބްރުއަރީ މަހުގެ 3 ވަނަ ދުވަހުގައި އިއުލާނުކުރައްވާފައިކަމަށެވެ. އޭނާ ވިދާޅުވީ، މެނިފެެސްޓޯ އިއުލާނުކުރެއްވީ ސަލްޓަން ޕާކުގައި ކުރިއަށް ގެންދިޔަ ހަރަކާތެއްގައިކަމަށެވެ. އަދި އެ މެނިފެސްޓޯގައި ރާއްޖެ “ޓްރާންސްފޯރމު” ކުރެއްވުމަށްޓަކައި 50 ނުކުތާއެއް ފާހަގަކުރެވިފައިވާނެކަމަށްވެސް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ކެމްޕެއިން ލޯންޗުކުރެއްވީ ފެބްރުއަރީ މަހުގެ ތެރޭގައިކަމަށްވުމުން، އެހެނިހެން ކެނޑިޑޭޓުންނަށް މެނިފެސްޓޯ ލޯންޗުކުރެއްވުނީ އޭނާއަށް ފަހުކަމަށެވެ. އެހެންނަމަވެސް މިވަގުތު ތިއްބެވި ކެނޑިޑޭޓުންނަށްވެސް މަރުހަބާ ކިޔާކަމަށް ފާހަގަކުރަައްވާ އުމަރު ވިދާޅުވީ، މިހާ ހިސާބަށް އަޑު އިވިފައިވާ މެނިފެސްޓޯތަކުން އިވިގެންދިޔައީ ހިލޭ އައިސްކްރީމާއި މެޓާ ބަހާ ވާހަކަތައްކަމަށެވެ. އަދި އެ ނޫން ވާހަކައެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

އުމަރު ވިދާޅުވީ، ހާމަކުރައްވާފައިވާ މެނިފެސްޓޯތަކުގައި މުޅިންހެންވެސް ދެއްކީ ހިލޭ ގިނަ އަދަދެއްގެ ކަންކަން ކޮށްދެއްވާނެ ވާހަކަ ކަމަށެވެ. އެގޮތުން އެލޮވެންސްތައް ބޮޑު ކުރާނެ ވާހަކަތަކާއި މުސާރަތައް ބޮޑު ކުރުމާއި އެހެނިހެން ކަންކަން ހިލޭ ކޮށްދޭނެ ވާހަކަތައް އިވިފައިވާކަމަށް އުމަރު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެފަދަ ސިޔާސަތެއްގެ ދަށުން ދިވެހިރާއްޖޭގެ ކަންކަން ކުރިއަށް ގެންދާތާ ޒަމާންތަކެއް ވެފައިވާކަމަށެވެ. އުމަރު ވިދާޅުވީ، ސަރުކާރެއް ރައްޔިތުންނަށް އެއްވެސް އެއްޗެއް ހިލޭ ދޭނަމަ، އެ ކަމެއް ދަރަނި ފޮތުގައި ފާހަގަނުކޮށް ނުދާނެކަމަށެވެ. އޭނާ ވިދާޅުވީ، ދައުލަތުގެ ދަރަނި ފޮތުގައި ކޮންމެ އެއްޗެއްވެސް ލިޔެވޭނެކަމަށެވެ.

އޭނާ ވިދާޅުވީ، އޭނާ ހިލޭ ދެއްވަނީ ކޯއްޗެއްތޯ އައްސަވާ ފަރާތްތަކުގެ ގާތުގައި އެ ވާހަކަތައް ދެންނެވުމަަށެވެ. އަދި ދައުލަތުން ހިލޭ އެއްޗެއް ދޭނަމަ ދަރަނި ފޮތަށް ނާރާ ނުދާނެކަމަަށް އުމަރު ތަކުރާރުކުރެއްވިއެވެ.

އުމަރު ވިދާޅުވީ، މިވަގުތު އެންމެ ބޮޑުކޮށް އޮތް ދަރަނި ފޮތަކީ އިންޑީއާގެ ދަރަނި ފޮތެއްކަމަށެވެ. އޭނާ ވިދާޅުވީ، އެމްއެމްއޭގައި މިވަގުތު އޮތީ އިންޑިއާގެ ދަރަނިފޮތެއްކަމަށެވެ. އެހެންކަމުން މިވަގުތު ވެސް ހިލޭ އެއްޗެއް ލިބިގެންދާނަމަ، އެ ވާހަކައެއް އިންޑިއާގެ ދަރަނިފޮތުގައި ލިޔެވިގެންދާނެކަމަށް އުމަރު ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، އެނާ އަދި ތާއީދުކުރައްވާ ފަރާތްތަކުން މަސައްކަތްކުރައްވަމުންދަނީ އެއަށްވުރެ ޒިންމާދާރު ރައްޔިތުން އުފެއްދުމަަށްކަމަށެވެ. އޭނާ ވިދާޅުވީ، މަސައްކަތްކުރައްވަމުންދަނީ ޒިންމާދާރު، ހީވާގި މަސައްކަތްތެރި އަދި އަހުލާގު ރަނގަޅު މުޖުތަމައެއް ބިނާކުރެއްވުމަށް ކަމަށެވެ. އޭނާ ވިދާޅުވީ އުފެއްދުމަށް މަސައްކަތްކުރައްވަމުންދަނީ ސަރުކާރާއި ދިމާލަށް އަތް ދިއްކޮށްގެން އަބަދު ކޮންމެވެސް އެއްޗެއް ދޭ ތޯ ހުންނަ ރައްޔިތުން ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އޭނާގެ ވިޝަންއަކީ އިސްވެ ދެންނެވި ފަދަ ތައުލީމީ ރައްޔިތުން އުފެއްދުންކަމަށެވެ.

އުމަރު ވިދާޅުވީ، އެފަދަ ރައްޔިތުންނަކީ ސަރުކާރުން ހިލޭ އެއްޗެއް ދޭތޯ ހުންނަން ޖެހެނޭ ބައެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، އުފެއްދުމަށް މަސައްކަތްކުރައްވަނީ މުއްސަނދިންނަށް ސިޓީ ފޮނުވައިގެން ފައިސާއަށް އެދެން ނުޖެހޭނެ ފަދަ ރައްޔިތުންކަމަށެވެ. އޭނާ ވިދާޅުވީ، ރާއްޖޭގައި މިވަގުތު އެފަދަ ސަގާފަތެއް އޮތް ފަދަކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ދޫކޮށްލަންޖެހޭ އާދަކާދަތަކެއްކަމަށެވެ. އަދި އަމިއްލަ ފައިމައްޗަށް ތެދުވުމުގެ ވިސްނުން ދިވެހިން ގެންގުޅެންޖެހޭކަމަށްވެސް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، ދިވެހިރާއްޖެ ޓްރާންސްފޯމު ކުރެއްވުމަށްޓަކައި ބިނާކޮށްފައިވާ މެނިފެސްޓޯގެ ފަންސާސް ނުކުތާގައި އަމާޒުކުރައްވާފައިވާނީ އެކަންކަމަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: