ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނު އިސްލާހުނުކޮށް އިނާޔަތް ބޮޑުކުރުމުން ސަރުކާރުގެ ހެޔޮ ނިޔަތެއް ނެތްކަން ސާފު: އުޝާމް

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ނައިބު ރައީސް އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރުމަކީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭކަމެއްކަމަށް ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް ވިދާޅުވީ އިނާޔަތް ބޮޑުކުރުމުގައި ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްނަމަ، ގާނޫނު އިސްލާހުކުރުމަށް މީގެ 4 އަހަރު ކުރިން، 2019 ވަނަ އަހަރު އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މަޖިލީހަށް ހުށައެޅުއްވި ބިލު ފާސްކުރާނެކަމަށެވެ. އަދި މިއީ ގާނޫނު އިސްލާހުކޮށްގެން ކުރަންޖެހޭ ކަމެއްކަމަށް އުޝާމް ވިދާޅުވިއެވެ.

ގާނޫނު އިސްލާހުނުކުރުމުގެ ނަތީޖާއަކީ އިތުރުކުރި އެލަވަންސް ދިނުން ސަރުކާރުން ބޭނުންއިރަކު ހުއްޓާލުމުގެ ފުރުސަތު އޮތުންކަމަށް އުޝާމް ވިދާޅުވިއެވެ.

މިއާއިއެކު އޭނާއަށް ގިނަ ބަޔަކު ފާޑުކިޔާފައިވަނީ، ސަރުކާރުން ރަނގަޅުކަމެއް ކުރި ނަމަވެސް އެކަން ބަލައިނުގަންނާތީއެވެ. އަދި ވާދަވެރިންނަށް ރަނގަޅު އެއް ގޮތެއްވެސް ނެތްކަމަށް ބައެއް މީހުން ބުނެފައިވެއެވެ.

މި ވާހަކަތަކަށް ރައްދެއްވާ ކުރި ޓުވީޓެއްގައި އުޝާމް ވިދާޅުވީ އޭނާ އެދެނީ މިހާރަށްށްވުރެވެސް ރަނގަޅު ގޮތްވުމަށްކަމަށެވެ. އަދި ތަކުރާރުކޮށް ވިދާޅުވެފައިވަނީ ގާނޫނު އިސްލާހުކޮށްގެން ގާނޫނުގައި ލިޔެގެން އިނާޔަތް ބޮޑުކުރުން، އެއީ އެންމެ ރަނގަޅު ގޮތްކަމަށެވެ. އެހެންނޫންނަމަ، އިންތިހާބު ނިމުމުން ސަރުކާރުން ބޭނުންވާނަމަ، ބޭނުންއިރަކު އިތުރުކުރި އިނާޔަތް ކަނޑާލުމުގެ ފުރުސަތު ލިބޭކަމަށް އުޝާމް ވިދާޅުވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކޮށްފައިވަނީ ގިންތިތަކަށެވެ. އެއީ ނުކުޅެދުންތެރިކަމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ނުވަތަ އެހެން މީހެއް ބަލަހައްޓަން ޖެހޭ މީހުންނަށެވެ.

އެގޮތުން އެފަދަ ފަރާތްތަކަށް 2000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. އަދި އޭގެ އިތުރަށް ވަކި ގިންތިއެއްގެ ފަރާތްތަކަށް ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަން ޖެހޭ އިތުރު ތަކެތި، ކޮންސިއުމަބަލް ހޯދުމަށް އެހީތެރިވުމަށް 1000 ރުފިޔާ ދިނުމަށް ވަނީ ނިންމާފައެވެ. ނަމަވެސް މިއީ ހަމައެކަނި 65 އަހަރުން ދަށުގެ ފަރާތްތަކަށް ލިބޭ އިނާޔަތްތަކެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: