ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމާޒަކީ އިސްލާމީ އުސޫލުތަކުގެ މަތިން ހިނގާ ވެރިކަމެއް އުފެއްދުން: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ.
ޝެއާރކޮށްލާ ކަހަލަދޯ؟

އިސްލާމީ އުސޫލުގެ ވެރިކަމެއް އުފެދިގެން ދިއުމަކީ އަދާލަތު ޕާޓީގެ އަމާޒު ކަމަށް ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން ވިދާޅުވީ އެ ޕާޓީގެ އެންމެ ބޮޑު ސްޓްރެޖެޓީ އަކީ އިސްލާމީ ނިޒާމްގެ ދަށުން  ރާއްޖޭގައި ވެރިކަން ކުރެވޭނެ ފަދަ ގޮތަކަށް މަސައްކަތް ކުރުން ކަމަށެވެ.

އަދާލަތު ޕާޓީ އާއި އެކު ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ކޯލިޝަން ހަދާފައިވާ ޕާޓީތަކުގެ ބައެއް މެމްބަރުންނާ އިމްރާން ރޭވަނީ ބައްދަލުކޮށްފައެވެ.

އަދާލަތު ޕާޓީގެ އަމާޒު ކަމަށްވާ އިސްލާމީ ވެރިކަމެއް ރާއްޖޭގައި ގާއިމް ކުރެވޭނީ އެކަމަށް މަސައްކަތް ފަށައިގެން ކަމަށާއި، އެމަސައްކަތް ފެށި މިވަގުތު އޮތީ މުހިއްމު މަރުހަލާއެއްގައި ކަމަށް އިމްރާން ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ސާލިހް އާއި އެކު އެންމެ ފުރަތަމަ ކޯލިޝަން ހަދަން ނިންމައި އެކަމަށް އިޖާބަދިން ޕާޓީ އަކީ އަދާލަތު ޕާޓީއެވެ.  އަދާލަތު ޕާޓީގެ އިތުރުން މޯލްޑިވްސް ޑިވަލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އަކީ ވެސް މިއަހަރުގެ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ކޯލިޝަން ޕާޓްނަރުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ހަހަހާ، އެހެންވީމަ 7 އަހަރު ފަހުން އަލަށް ކޮށްލާފަ ސްކޫލްތަކުގަ ލަވަ މުބާރާތްވެސް ފެށީ، އަދި އަރަބިއްޔާ ކުދިން މޫނުބުރުގާ އެޅުންވެސް މަނާކުރީ، ހަމަ އިންރާން އިސްވެހުރި ސަރުކާރަކުން

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: