ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްރާން މުއިއްޒަށް، ވެރިކަން ކުރުމަކީ ފަސޭހަ ކަމެއްނޫން ސާބިތުވެ ހުންނަވާތި!

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރުމަކީ ފަސޭހަ ކަމެއްނޫންކަމަށާއި، ސާބިތުވެ ހުންނެވުމަށް ހޯމް މިނިސްޓަރު އިމްރާން ޑރ. މުއިއްޒަށް ނަސޭހަތްތެރިވެއްޖެއެވެ.

ހޯމް މިނިސްޓަރު އިމްރާން އަބްދުއްﷲ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މިއީ ގައުމަށް ހަލަބޮލި ދުވަސްވަރެއް ކަމަށާއި، ވެރިކަންކުރުމަކީ ފަސޭހަ ކަމެއްނޫން ކަމަށެވެ.

“ދިވެެހިން ގޮތް ނިންމައިފި. އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ގުޅާ އެމަނިކުފާނަށް މަރުހަބާދަންނަވައިފިން. މިހަލަބޮލި ދުވަސްވަރު ވެރިކަން ކުރުމަކީ ފަސޭހަ ކަމެއްކަމަށް ނުފެންނާތީ ހެޔޮގޮތުގައި ސާބިތުވެ ހުންނެވުމަަށް ނަސޭހަތްތެރިވަން.” އިމްރާން ވިދާޅުވިއެވެ.

2023ގެ ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި އަށް ކެންޑިޑޭޓުންގެ ތެރެއިން ފުރަތަމަ ބުރުގައިވެސް މުއިއްޒަށްވަނީ ތަފާތު ބޮޑު ނަތީޖާއަކުން މޮޅުވެފައެވެ. އެގޮތުން އޭރު މުއިއްޒު މޮޅުވެފައިވަނީ 15000 ގަޑުގެ ތަފާތަކާއިއެކުގައެވެ. ދެވަނަ ބުރަށް ވަޑައިގެންވެސް ބޮޑު ތަފާތަކުން މިހާރުގެ ރައީސް ސޯލިހު ބަލި ވެފައިވަނީ ސައްބީސް ހާސް ވޯޓްގެ ތާފާތަކުންނެވެ. އެހެންކަމުން ސޯލިހަށް ލިބިލެއްވީ 45 އިންސައްތައާއި ގާތްކުރާ އަދަދެކެެވެ. މުއިއްޒު އަށް ލިބިލެއްވި 54 އިންސައްތަ އާއި ގާތް ކުރާ އަދަދެކެވެ.

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނިމި، ދިވެހިރާއްޖޭގެ ވެރިކަން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒުއަށް ލިބިފައިވާއިރު، މި އިންތިހާބަކީ ދިވެހިރާއްޖޭގެ ތާރިހުގައި އެންމެ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ވާދަކުރެއްވި އިންތިހާބެވެ. އަދި އެންމެގިނަ ވޯޓު ރައީސަކަށް ލިބިވަޑައިގެން ވެރިކަމަށް އިންތިހާބުވި ފުރަތަމަފަހަރެވެ.

ސިޔާސީ މަގާމެއްގައި ހުންނެވި އިމްރާން މުއިއްޒަށް މަރުހަބާ ދަންނަވާފައިވާއިރު އިމްރާން ނިސްބަތްވާ އަދާލަތު ޕާޓީ އާއިއެކު އޭނާ ތާއިދު ކުރައްވާފައިވަނީ މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: