ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތް: އިމްރާން

ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގދ ހޯޑެއްދޫ ސާވެން، އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް ނެތްކަން ތަހުގީގަށް ހާމަވެފައިވާ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަބްދުﷲ ރަޝީދުގެ މަރާއި ގުޅުންހުރި ސުވާލެއް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން ކުރެއްވިއެވެ. ފިރުޝާންވަނީ އަބްދުﷲ ރަޝީދުގެ މަރަށް ހަތް މަސްދުވަސް ވެގެން ފުރެންދާއިރު ތަހުގީގަށް މިހާތަނަށް ކުރެވުނީ ކޮން ކަމެއްތޯ އިމްރާން އަރިހުން ސުވާލު ކޮށްފައެވެ.

ޕޯސްޓްމޯޓަމް ހެދިފަހުން އެންމެ ފޯނު ކޯލެއްވެސް އާއިލާއަށް ގޮސްފައެއް ނުވޭ. ޕޯސްޓްމޯޓަމް ހެދިފަހުން ތިބޭފުޅުންގެ އެއްވެސް ޚަބަރެއް ނުވޭ. ފުލުހުންގެ ތަހުގީގަށް ވީގޮތެއް ނޭނގޭ، ކޮން ކަމެއްތޯ ކުރެވުނީ ވަޒީރު

އިމްރާން ވިދާޅުވީ އަބްދުﷲ ރަޝީދުގެ މަރުގައި ފުލުހުންގެ އިހުމާލެއް އޮތްތޯ ޔަގީން ކުރަން ބޭނުންވި ކަމަށާއި އެކަމުގެ ތަހުގީގުގައި ފުލުހުންގެ އިހުމާލެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި އެމަރުގައި ފުލުހުންގެ ސީދާ އަނިޔާއެއް އޮވެގެން ނުވަތަ ގަސްތުގައި އިހުމާލެއް އޮވެގެން އެކަން ކުރި ކަމަށް (އޭނާ މަރުމުވަށް) ސާބިތުވާނެ އެއްވެސް ހެއްކެއް ލިބިފައިނުވާ ކަމަށް އިމްރާން ވިދާޅުވިއެވެ.

އަޅުގަނޑު ހިތުން ތުހުމަތެއް ކުރެވިފައިވާނަމަ، އެކަމުގެ މައްޗަށް އަޅުގަނޑަކަށް އިތުރަށް ކުރެވޭނެ ކަމެއް ނޯންނާނެ. އެއީ އަޅުގަނޑު ހިތުން އެންމެން ގަބޫލުކުރަންޖެހޭނެ ކަމެއްނޫން. އެހެންވީމަ ފުލުހުންގެ ތަހުގީގުން އެކަން ސާބިތު ނުވާހާ ހިނދަކު ނުވަތަ އެކަން ފެންނަން ނެތްކަމަށް ވާނަމަ މެމްބަރުގެ އިތުރުން އެހެން ބޭފުޅެއްވެސް ވިދާޅުވާކަމެއްގައި އަޅުނޑުހިތުން ދެން  އިތުރަކަށް ކުރެވޭނެ ކަމެއް ނޯންނާނެ.

އިމްރާން ޖަވާބްދީ ނިމުމާއެކުގައި ނިޒާމީ ނުކުތާ އެއް ނަންގަވައި ފިރުޝާން ވިދާޅުވީ ވަޒީރު އޭނާއަށް އެނގޭނެ ކަމަށް ވިދާޅުވެފައިވާ ކަމަށާއި އެހެނަސް އެކަން އޭނާއަށް ނޭނެގޭ ކަމަށް ވިދާޅުވެ އެހެން އެވާހަކަ ވިދާޅުވީ ފުލުހުންގެ ތަހުގީގު ނިމިގެންތޯ ވިދާޅުވެ ސުވާލު ކުރައްވާފައެވެ.

ހޯނޑެއްދޫ އިން އަބްދުﷲ ރަޝީދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ މަސްތުވާތަކެތީގެ މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަނެއްގައެވެ. އޭނާ ލޯންޗަށް އެރުވި ގަޑީގައި މެއަށް ތަދެއް އަރައި އޭނާ ވަނީ ނިޔާވެފައެވެ. މި މައްސަލައިގައި އަބްދުﷲ ރަޝީދުގެ އާއިލާ އިން ވަނީ ފުލުހުންގެ މައްޗަށް ބޮޑެތި ތުހުމަތު ތަކެއް ކޮށްފައެވެ.

އާއިލާއިން ބުނިގޮތުގައި އަބްދުﷲ އަށް ސިއްހީ ފަރުވާ ދިނުމަށް މަޑަވެލި ދާއިރާގެ މެމްބަރު ހުސައިން ފިރުޝާން އާއި މަޑަވެލި ކައުންސިލްގެ ނައިބު ރައީސް ފުލުހުންނަށް ދެންނެވި ނަމަވެސް ފުލުހުން ވަނީ އެކަމަށް ދެކޮޅު ހަދާފައެވެ. ސިއްހީ މަރުކަޒުގެ މެނޭޖަރު ލޯންޗް ދޮށަށް ގޮސް އެތަނަށް ޑޮކްޓަރަކު ވެސް ގެނެވިދާނެ ކަމަށް ފުލުހުންނަށް އެންގި ނަމަވެސް ފުލުހުން ވަނީ އަބްދުﷲ އަށް ފަރުވާ ދިނުމަށް ދެކޮޅު ހަދާފައިކަމަށް އާއިލާއިން މީޑިއާތަކަށް ހިއްސާކުރިއެވެ.

މި މައްސަލައާއި ގުޅިގެން ރައީސް އޮފީހުން މީޑިއާތަކަށް ފޮނުވި މެސެއްޖެއްގައި އޭރު ބުނެފައިވަނީ ފުލުހުންގެ ހައްޔަރުގައި ހުއްޓާ މަރުވި ޢަބްދުﷲ ރަޝީދު މަރުވި ހާދިސާގައި ކަންހިނގައި ދިޔަ ގޮތް އިންސާފުވެރިކަމާއެކު، ރަނގަޅަށް ތަހުގީގުކުރުމަށް އިރުޝާދު ދެއްވައި، ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲގެ އާ ރައީސުލްޖުމްހޫރިއްޔާ ވަނީ ވާހަކަފުޅު ދައްކަވާފައިކަމަށެވެ. އަދި މިމައްސަލައިގައި ކަން ހިނގަމުން އަންނަ ގޮތް ރައީސުލްޖުމްހޫރިއްޔާ ގެންދަވަނީ ގާތުން ބައްލަވަމުންކަމަށް މެސެޖުގައިވެއެވެ.

މި މައްސަލައިގައި އިންސާފަށް ވާސިލުވުމަށްކަމަށް ބުނެ ނެޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) ވަނީ ފުލުހުން އެދުނު ގޮތަށް އަބްދުﷲ ރަޝީދުގެ ޕޯސްޓްމޯޓަމް އާއިލާގެ ނުގަބޫލުގައި ހެދުމަށްފަހު  ރިޕޯޓް ހިއްސާ ކުރުމަށް ދެކޮޅު ހަދާފައެވެ.

އަބްދުﷲ މަރުވިތާ އެތައް ދުވަހެއް ފާއިތުވެގެންދިޔައިރުވެސް، އާއިލާއަށް މޫނު ދައްކާފައި ނުވާތީ، އާއިލާއިން ވަނީ ހަށިގަނޑު ހޯދުމަށް ސިވިލް ކޯޓަށްވެސް ހުށައަޅާފައެވެ. ނަމަވެސް ކޯޓުން ނިންމީ އެފަދަ އަމުރެއް ނެރެދެވެން ނެތްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: