ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ މެންބަރުންގެ އިއްޒަތް ކަނޑާ، ގައުމުގެ އިއްޒަތް ގެއްލުވާލާތަން ބަލަން ދެން ދިވެހިން ބޭނުމެއް ނުވާނެ: އިމްރާން

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައީސް ސާލިހުގެ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލީހުގެ މެންބަރުންގެ އިއްޒަތް ކަނޑާ، ގައުމުގެ އިއްޒަތް ގެއްލުވާލާތަން ބަލަން ދެން ދިވެހިން ބޭނުން ނުވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

“އުފާވެރި އަމާން ރާއްޖެ” މި ޝިއާރުގެ ދަށުން ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކުރައްވާ ކެމްޕެއިން އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގައި އަދާލަތު ޕާޓީގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ އިމްރާން ވަނީ ސަރުކާރަށް ވަރަށް ބޮޑަ ތައުރީފުކުރައްވާފައެވެ.

އިމްރާން ވިދާޅުވީ ށ އަތޮޅު ރައީސް ސާލިހަށް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެކަމަށެވެ. އަދި މި ހިތްވަރާއި ޖޯޝް ކުރިއަށް އޮތް 2 މަސް ދުވަހަށް ދަމަހައްޓައިފިނަމަ، ރައީސް ސާލިހު އެއްބުރުން އިންތިހާބް ކާމިޔާބުކުރައްވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

މީގެއިތުރުން ކުރިން ފަސްވެ ދިޔަ އަނދިރި ދުވަސްތަކަށް ރައްޔިތުން އަލުން އަނބުރާ ދާން ބޭނުންނުވާނެކަމަށް ފާހަގަކޮށް، އިމްރާން ވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ގެއިން ފިސްތޯލައެއް ފެނުމަށް އިޝާރާތްކުރައްވާފައެވެ. އަދި އޭނާ އެވާހަކަ ވިދާޅުވީ އެއީ ރާވައިގެން ނާޒިމް ފްރޭމްކުރުމަށްކުރިކަމެއްގެ ގޮތަށް ދޭހަވާފަދަ މޭރުމަކުންނެވެ.ސިޔާސީ ހަރާކަތްތަކުގެ ލީޑަރުންނާއި، ސިޔާސީ މަސައްކަތެއް ކުރިއްޔާ އެބަޔަކު “ދާ ޖަހައިގެން ގެންގޮސް ގޮޅިތަކުގެ ތެރެއަށް އަޅާލެވުނު ދުވަސް” ދެކެން ދެން، ދިވެހިން ބޭނުންނުވާނެކަމަށް އިމްރާން ވިދާޅުވިއެވެ.

އެތައް މިލިއަން ޑޮލަރަކުން އިންވެސްޓްކޮށް، ހަރަދުކޮށްފައިވާ ރަށްތަކާއި ފަޅުތައް ނޭނގި ހުއްޓާ އަތުލައި، ހޮސްޕިޓަލަށް ހާލުގައި ވައްދާ ބޭރަށް ފުރުވާލެވޭ ދުވަސް ތަކުރާރުވާކަން ދިވެހި ރައްޔިތަކު ނޭދޭނެ.

އިމްރާން ވިދާޅުވިއެވެ.

ސްޕްރީމް ކޯޓުގެ ފުރާޅޫން ޓިނު ނަގައި، ފަނޑިޔާރުން ގައިދުކޮށް ބިކަކުރުން ތަކުރާރުވުމަށްވެސް ރައްޔިތުން ބޭނުންނުވާނެކަމަށައި، އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިއްޒަތްތެރިކަން ކަނޑާ، ފާރުމަތިން މެންބަރު އުކި ދުވަސް ތަކުރާރުވެ، ރާއްޖޭގެ އިއްޒަތް ގެއްލެން ބޭނުންވާ އެއްވެސް ރައްޔިތަކުވެސް ނެތްކަމަށް އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ ދިވެހިން ބޭނުންވަނީ އުފާވެރި އަމާން ރާއްޖެއެއްކަމަށެވެ. އަދި ހަގީގަތް ގަބޫލުކުރާ ކޮންމެ ދިވެއްސަކު ގަބޫލުކުރާނެ ގޮތުގައި އުފާވެރި އަމާން ރާއްޖެއެއް ހޯދޭނީ ރައީސް ސާލިހާއިއެކުގައިކަމަށް އިމްރާން ވިދާޅުވިއެވެ. އަދި ރައީސް ސާލިހު ކޯލިޝަން ދަމަހައްޓަވާ، 5 އަހަރު ގާއިމްކޮށްދެއްވި އަމާންކަމަށް އިމްރާން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: