ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލަނޑުދަނޑިތައް ހާސިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފަންޖެހޭ: ނައިބު ރައީސް

"އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން" ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގެންނެވުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި، ސައިންޓިފިކް ދިރާސާތަކާއި ސިޔާސަތުތަކުގެ ބޭނުން ހިފައިގެން ކުރިއަށްދާންޖެހޭކަމަށް ނައިބު ރައީސް ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ.

ވިލާ ކޮލެޖުގެ އިންސްޓިޓިއުޓް ފޮރ ރިސަރޗް އެންޑް އިނޮވޭޝަން (އައި.އާރު.އައި) އިން “އިންޓަނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން” ނަމުގައި ބޭއްވި ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، މިފަހަރުގެ ކޮންފަރެންސްގެ ޝިޢާރު “ބްރޭކް ތްރޫ އެކްސެލެންސް: އެޗީވިންގ އަ ނެޓްވޯކް ކޮމިއުނިޓީ” އަކީ މިވަގުތަށް ވަރަށް އެކަށޭނަ މުހިއްމު ޝިއާރެއްކަމަށެވެ. އަދި އިޖުތިމާޢީ މައްސަލަތައްކަމުގައިވާ، ފަޤީރުކަން ނައްތާލުމާއި، ހަމަހަމަކަން ޤާއިމްކުރުމާއި މޫސުމީ ބަދަލުތައް ފަދަ އެތައް ގޮންޖެހުންތަކެއް މިއަދު ކުރިމަތިވެފައިވާކަން ފާހަގަކުރައްވައި އެކަންކަމަށް ހައްލު ހޯދުމުގައި ބައިނަލްއަޤުވާމީ މުޖުތަމަޢާއި ގުޅިގެން މަސައްކަތްކުރަންޖެހޭކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ. އަދި ޢިލްމާއި ފަންނުވެރިކަން ޙިއްޞާކުރުމުގެ ޘަޤާފަތުގެ މައްޗަށް ބިނާކޮށް، އެމައްސަލަތަކަށް އީޖާދީ ހައްލުތަކެއް ހޯދުމުގެ މުހިއްމުކަމުގެ މައްޗަށްވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

ދުނިޔޭގެ މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ރާއްޖޭގެ ވެއްޓަށް ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވައި ނައިބު ރައީސް ފާހަގަކުރެއްވީ ކުރިމަތިވާ މޫސުމީ ކާރިސާތަކާއި، މުރަކަ ހުދުވުމާއި، ކަނޑުގެ ލޮނުގަނޑު އުފުލުމުގެ ސަބަބުން އޮތް ނުރައްކާތަކެވެ. މިއާއެކު، ތެލަށް ބަރޯސާވުން ކުޑަކުރުމަށާއި، އިޢާދަކުރަނިވި ހަކަތަ އުފެއްދުމާއި، ގޮނޑުދޮށްތައް ހިމާޔަތްކުރުމުގެ މަޝްރޫޢުތައް ހިންގައި، މޫސުމީ ބަދަލުތަކުގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމަށް މިސަރުކާރުން މަސައްކަތްކުރަމުންދާނޭ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ ތެޔޮ އިމްޕޯޓްކޮށްގެން ހަކަތައުފެއްދުމަށް ބަރޯސާވުން ކުޑަކުރުމަށް، ކުނިން ހަކަތަ އުފެއްދުމަށް ހިންގޭ، ގްރޭޓާ މާލެ ވޭސްޓް އެނަރޖީ ޕްރޮޖެކްޓާއި، ތަޢުލީމު ކުރިއަރުވައި އިންސާނީ ވަޞީލަތްތައް ޤާއިމްކުރުމަށް ކުރެވޭ ކަންކަމުގެ ތެރެއިން، ހިލޭ ޑިގްރީ ޕްރޮގްރާމާއި، ޖޫނިއަރ ކޮލެޖްތައް ބިނާކުރުމާއި، ވޮކޭޝަނަލް އެޑިޔުކޭޝަން އެންޑް ޓްރޭނިންގ ސެންޓަރުތައް ޤާއިމްކުރުމުގެ މަސައްކަތް މުޅިރާއްޖޭގައި ހިނގަމުންދާކަމަށެވެ. އަދި މި މަސައްކަތްތަކުން ޙާޞިލްކުރަން ބޭނުންވާ އަމާޒަކީ، މިއަދުގެ ޒުވާނުންނަކީ މުސްތަޤުބަލްގެ ލީޑަރުންކަމުގައި ހެދުންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ނައިބު ރައީސްގެ ވާހަކަފުޅުގައި ވަނީ، ތަޢުލީމާއި ވަޒީފާ އާއި ޞިއްޙީ ދާއިރާ ފަދަ ހުރިހާ ދާއިރާތަކެއްގައި ވެސް ޖިންސުގެ ހަމަހަމަކަން ޤާއިމްކުރުމަށް ސަރުކާރުން ޖެންޑަރ އިކުއަލިޓީ އެކްޝަން ޕްލޭނެއް އެކުލަވާލާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި އެ އެކްޝަން ޕްލޭން ފަރުމާކުރެވިފައި ވަނީ ދެމެހެއްޓެނިވި އަދި ހަމަހަމަ މުސްތަޤުބަލަކަށްޓަކައި، ދެމެހެއްޓެނިވި ތަރައްޤީގެ ދަނޑުދަނޑިތަކާއި އެއްގޮތްވާނޭގޮތަށް ސައިންޓިފިކް ދިރާސާތައްކޮށް، ސިޔާސަތުތައް އެކަށައަޅައިގެން ކުރިޔަށް ދިޔުމަށްކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދުނިޔެ އާއި ދުނިޔޭގެ މުސްތަޤުބަލް ރައްކާތެރިކުރުމަށްޓަކައި ޒުވާނުން މިހާރުން މިހާރަށް މަސައްކަތްތައް ކުރުމަށް ނައިބު ރައީސް ގޮވާލިއެވެ.

ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސޯޝަލް ރިސަރޗް އެންޑް އިނޮވޭޝަން (އައި.ސީ.އެސް.އާރު.އައި) އަކީ، އިލްމީ ދިރާސާތައް ކުރައްވާ ބޭފުޅުންނާއި، އިލްމުވެރިންނާއި ދަރިވަރުންނާއި ސިނާޢަތްތަކުގެ ތަޖުރިބާކާރުންނަށް އެ މީހުންގެ ދިރާސާތަކުގެ ހޯދުންތައް ހުށައަޅައި، ގުޅުންތައް ބަދަހިކޮށް، އާ ޚިޔާލާއި މަޝްވަރާތަކުގައި ބައިވެރިވުމަށް ފުރުޞަތު ފަހިކޮށްދިނުމުގެ ގޮތުން ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: