ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލިސް ނުހުއްޓޭނެ، ރައީސް އެކަން ކަށަވަރު ކުރައްވާނެ: ތަރުޖަމާނު

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަޖިލިސް ހުއްޓިފައި އޮވެގެން ނުވާނެ ކަމަށާއި މަޖިލީހުގެ ގަވާއިދާއި ގާނޫނު އަސާސީ އޮތީ މަޖިލިސް ހުއްޓިފައި އޮންނާނެ ގޮތަކަށް ނޫން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު އިއްޔެ މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި ގާނޫނު ހެދުމުގެ ބާރު ހުއްޓިފައިވާ ކަމަށް ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން “ސަންގު” އިން ސުވާލު ކުރުމުން މިއުވާން ވިދާޅުވީ ދައުލަތުގެ ބާރުތައް މަސައްކަތް ކުރާނެކަން ރައީސުލްޖުމްހޫރިއްޔާ ކަށަވަރު ކުރައްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގައި މަރުތަޅު އެޅިފައިވާ ކަމަށް ބުނެ އިދިކޮޅާއި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީގެ މެމްބަރުން ބުނަމުންދާއިރު މަޖިލީހުގެ މިއަދުގެ ޖަލްސާ ނޯންނާނެ ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައްޔިތުންގެ މަޖިލިސް ހުއްޓުމަކަށް އައިސްފައިވަނީ މަޖިލީހުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރު އެކުލެވިގެންވާ ގޮތަށް ބަދަލު އައުމާ ގުޅިގެންނެވެ. އެގޮތުން އެމްޑީޕީ އިން 12 މަޖިލިސް މެމްބަރަކު ވަކިވެ ދަ ޑިމޮކްރެޓްސްގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފައްދުމަށް މަސައްކަތްތަކެއް ކުރަމުންދެއެވެ. އެގޮތުން ދަ ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ހަސަން ލަތީފަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ދީފައެވެ.

އެ މަައްސަލަ އާއި ގުޅިގެން އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ ފަރާތުން ވަނީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހަޅާފައެވެ. އެ މައްސަލަ ހުށަހަޅައި ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ ޕީޖީ ގްރޫޕުން މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގައި އިދިކޮޅާއި ގުޅިގެން މަސައްކަތް ކުރުމާއި ގުޅިގެން ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: