ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ ހުއްދަ ދެވެންއޮތް އެންމެ އަވަހަކަށް ދޭނަން: އީސީ

އީސީގެ ރައީސް ފުއާދު އާއި ނައިބު ރައީސް ހަބީބް އީސީގެ ނިއުސް ކޮންފަރެންސެއްގައ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދުމަށް މަސައްކަތްކުރާ ސިޔާސީ ޕާޓީއެއްކަމަށްވާ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ދޭންޖެހޭ ހުއްދަ ދޭނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ދިނުމުގެ މައްސަލައިގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ދައްކާ އެކި ވާހަކަތަކާއި ގުޅިގެން އެކަމުގެ ތަފްސީލް ހޯދުމަށް “ސަންގު” އިން ފުއާދު އާއި ސުވާލު ކުރުމުން ވިދާޅުވީ ދަ ޑިމޮކްރެޓްސް އުފެއްދުމަށް ބޭނުންވާ ހުއްދަ އެ ކޮމިޝަނުން ދޫކުރާނެ ކަމަށެވެ.

ޑިމޮކްރެޓްސް ރަޖިސްޓްރީ ނުކޮށްދޭން ވޯޓު ދިން ދެ މެމްބަރުން ބޭނުންވަނީ ފަސް މުވައްޒަފުންގެ ކޮމެޓީއެއް އެކުލަވާލުމަށްފަހު އަލުން ފޯމުތައް ޗެކް ކުރުމަށެވެ. އެއީ އެ ފޯމުތައް ޕްރޮސެސް ކުރަން ކޮމިޝަނުގެ ރައީސް ނުފޫޒެއްގެ ދަށުގައި ހުންނަވާ މަސައްކަތް ކުރައްވާ ކަމަށް ޝައްކު ކުރެވޭތީ ކަމަށް އެ މެމްބަރުން ބުނެ އެވެ. އެގޮތުން، ކަމާ ނުގުޅޭ މުވައްޒަފުން ލައްވައި ޑިމޮކްރެޓްސްގެ ފޯމުތައް ޕްރޮސެސް ކުރަން ފުއާދު މަސައްކަތް ކުރައްވާ ކަމަށް އެ ދެ މެމްބަރުން ތުހުމަތު ކުރެއެވެ

މި އަހަރުގެ ރިޔާސީ އިންތިހާބު ސެޕްޓެމްބަރު މަހުގެ 9 ވަނަ ދުވަހު ބާއްވާއިރު، އިންތިހާބުގައި ވާދަކުރުމުގެ ޓިކެޓު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ކާމިޔާބު ކުރައްވާފަ އެވެ. އެމަނިކުފާނާއި އެކު ރިޔާސީ އިންތިހާބުގެ ކޯލިޝަނުގައި ތިބީ މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) އާއި އަދާލަތު ޕާޓީއެވެ.

މީގެ އިތުރުން އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުގައި ވާދަކުރުމަށް މިވަގުތު އޮތް އެންމެ ބޮޑު ހުރަހަކީ އެމަނިކުފާނަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން މިއަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރާ ފަރާތްތަކުގެ މެނިފެސްޓޯ އިއުލާން ކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެމްއެންޕީގެ ފަރާތުން ދާދި ފަހުން ވަނީ ޖަލްސާއެއް ބާއްވައި އެ ޕާޓީގެ ޓިކެޓް، ޕާޓީގެ ރައީސް އަދި ދަނގެތީ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް އާއި ހަވާލްކޮށްފައެވެ. ނާޒިމްގެ އިތުރުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް އާއި އެ ޕާޓީގެ ރިޔާސީ ޓިކެޓް ހަވާލުކޮށްފައިވާއިރު އެމްޑީޕީގެ ރިޔާސީ ޓިކެޓާއި ޕީޕީއެމްގެ ރިޔާސީ ޓިކެޓް ވެސް ވަނީ ދެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުންނާއި ހަވާލްކޮށްފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: