ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ހިމެނޭ މީހުންނަށް ޕޯޓަލް މެދުވެރިކޮށް އަދާހަމަކުރެވޭނެ

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދެމުން އަންނަ އިނާޔަތް ބޮޑުކުރުން.
ޝެއާރކޮށްލާ ކަހަލަދޯ؟

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް ޕޯޓަލް މެދުވެރިކޮށް މައުލޫމާތު އަދާހަމަކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަން ނޭޝަނަލް ސޯޝަލް ޕްރެޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކޮށްފިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މާލީ އެހީގެ ގޮތުގައި ތައާރަފުކުރެވުނު އާ އިނާޔަތްތަކާއި ގުޅިގެން އެންސްޕާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އެ އޭޖެންސީއަށް ލިބޭ މައުލޫމާތަށް ރިޔާއަތްކޮށް މި އެލަވަންސްތަކަށް ޝަރުތު ހަމަވާއިތުރު ފަރާތްތަކަށް ކަށަވަރުކުރުމުގެ މަސައްކަތްތައް ކުރަމުންދާކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެންޑީއާރު ޕޯޓަލް މެދުވެރިކޮށް މި އެލަވަންސްތަކާއި ގުޅޭ ގޮތުން މައުލޫމާތު އަދާހަމަކުރެވޭނެ އިންތިޒާމް ހަމަޖެހިފައިވާކަމަށްވެސް ބުނެފައިވެއެވެ.

ހަމަމިއާއިއެކު ރަށްރަށޫގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން މި އެލަވަންސްއަށް ޝަރުތުހަމަވާ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް ކައުންސިލް އިދާރާތްތަކާއި ގުޅިގެން ކުރިއަށް ގެންދާކަމަށް އެންސްޕާއިން ބުނެފައިވެއެވެ.

މިގޮތަށް އެ އޭޖެންސީއަށް މައުލޫމާތު ކަށަވަރުކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން އިތުރު އެލަވަންސްއަށް ޝަރުތު ހަމަވާކަމަށް ފާހަގަކުރެވޭ އައު ފަރާތްތަކަށް ޖުލައި 2023 ގައި ޖަމާކުރެވޭ ޖޫން 2023 ގެ އެލަވަންސްވެސް ޖަމާކުރެވޭނެކަމަށް ބުނެފައިވެއެވެ. އަދި ދަފްތަރުގައި ރަޖިސްޓްރީވެ މާލީ ލިބެމުންދާ ފަރަތްތަކުގެ ތެރެއިން އޮކްޓޯބަރ 2023 ގެ ނިޔަލަށް މައުލޫމާތު އަދާހަމަކުރައްވާ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވާ ފަރާތްތަކަށް ޖޫން 2023 އިން ފެށިގެން ފައިސާގެ އެހީ ހަމަޖައްސަދޭނެކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: