ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2022 ނިމުނު އިރު އެންސްޕާއަށް ނުލިބި 18 މިލިއަން!

ޝެއާރކޮށްލާ ކަހަލަދޯ؟

2022 ވަނަ އަހަރުގެ ޑިސެމްބަރުގެ ނިޔަލަށް އެންސްޕާއަށް ނުލިބި ހުރި ފައިސާގެ އަދަދު އަށާރަ މިލިއަނަށްވުރެ އިތުރުކަމަށް އެ ކުންފުނީގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

2022 ވަނަ އެންސްޕާގެ މަސައްކަތްތައް ކުރެވިފައިފާ ގޮތުގެ އޮޑިޓު ރިޕޯޓުން ދައްކާގޮތުން ނުލިބި ހުރި ފައިސާ ހޯދުމަށްޓަކައި އެންސްޕާއިން މާލިއްޔާތު ގާނުނާއި އެއްގޮތަށް އަަމަލުކޮށްފައިނުވެއެވެ. އަދި އެގޮތުގެ މަތިން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް އެންސްޕާއަށް ނުލިބި ހުރި ފައިސާގެ އަދަދުތައް 18 މިލިއަނަށް އަރާކަމަށް ބުނެފައިވެއެވެ. .

އޮޑިޓުން ބުނެފައިވާގޮތުން އެ އަދަދުގެ ތެރެއިން 10 މިލިއަނަކީ އެކަނި ދަރިން ބަލަހައްޓާ މައިންބަފައިންނަށް ދޭ މާލީ އެހީކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް އެހީއަށް 7 މިލިއަނަށް ވުރެ އިތުރު އަދަދެއްގެ ހޭދަކޮށްފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ މާލީ އެހީގެ ގޮތުގައި ދެ ލައްކައަށްވުރެ އިތުރު އަދަދެއް ހޭދަވެފައިވާއިރު، ޖުމުލަ އަދަދު 18.5 މިލިއަނާއި ގާތްކުރެއެވެ. އަދި އެއީ އިތުރަށް ދޫކުރެވިފައިވާ ފައިސާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެޑިޓުން ބުނެފައިވާގޮތުން އިތުރަށް ފައިސާ ދޫކުރެވިފައިވަނީ އެހީ ލިބޭ ފަރާތްތަކުގެ ހާލަތު ބަދަލުވުމަށްފަހު ނުވަތަ ނިޔާވުމަށްފަހު އެ މައުލޫމާތު ފަސޭހަކަމާއިއެކު އެންސްޕާއާއި ހިއްސާކުރެވޭނެ ގޮތެއް ނެތުމުންކަން ފާހަގަކުރެވެއެވެ. އަދި އިތުރަށް ޖަމާވާ ފައިސާ އަނބުރާ ހޯދުމަށް ޔުނިޓެއް ގާއިމުކޮށްފައިވާނަމަވެސް އެ ޔުނިޓުގައި ހިމެނެނީ އެންމެ މުއައްޒަފެއްކަމަށްވުމުން އެކަށީގެންވާ ގޮތަކަށް މަސައްކަތްތައް ނުކުރެވޭކަމަށްވެސް ބުނެފައިވެއެވެ.

2015 ވަނަ އަހަރާއި 2018 ވަނަ އަހަރާއި ދެމެދު އިތުރަށް ދޫކުރެވިފަިއވާ ފަސްލައްކަ ރުފިޔާ އަށާރަ މިލިއަންގެ ތެރޭގައި ހިމެނޭއިރު 2022 ވަނަ އަހަރުގެ އޮގަސްޓުގެ ނިޔަލަށްވެސް އެ ފައިސާ އަނބުރާ ހޯދިފައިނުވާކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.

އެހެންކަމުން އޮޑިޓުންވަނީ އެންސްޕާއިން މާލީ އެހީތެރިކަން ހޯދަމުންދާ ފަރާތްތަކުގެ ހާލަތު ބަދަލުވުމުން އެކަން އެ މުއައްސަސާއަށް އެނގޭނެ ނިޒާމެއް ގާއިމުކުރުމަށް އިރުޝާދު ދީފައިކަމަށްވާއިރު ކައިވެންޏާއި ވަރީގެ މައުލޫމާތުވެސް އެނގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށްވެސް އިރުޝާދު ދީފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: