ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންސްޕާއިން އާންމުކުރަންޖެހޭ ތެރަޕިއުޓިކް ހިދުމަތްދޭ މަރުކަޒުތަކުގެ ލިސްޓު އާންމުނުކުރޭ: އޮޑިޓު

އާސަންދަ އޮފީސް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކުލަވާލާ އާންމުކުރަންޖެހޭ ތެރަޕިއުޓިކް ހިދުމަތްދޭ މަރުކަޒުތަކުގެ ލިސްޓު އާންމުކޮށްފައިނުވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީގެ 2019 ވަނަ އަހަރުގެ އޮޑިޓު ރިޕޯޓުން ދައްކައިފިއެވެ.

އޮޑިޓަރ ޖެނަރަލް ސޮއިކުރައްވާފައިވާ ނެރެފައިވާ އެންސްޕާގެ އޮޑިޓު ރިޕޯޓުގައި ބުނެފައިވާގޮތުން “ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ހިދުމަތްތަކުގެ ހަރަދު ހަމަޖައްސައިދިނުމަށް ހިންގޭ ސްކީމު އުސޫލު” ގެ ދަށުން ހިދުމަތްދޭ މަރުކަޒުތަކުގެ ގޮތުގައި އެޖެންސީއިން ބަލައިގަންނަ ތަންތަނުގެ ލިސްޓެއް އެންސްޕާއިން އާންމުކުރަންޖެހެއެވެ.

އެހެންނަމަވެސް 2019 ވަނަ އަހަރުގެ ތެރޭގައި އެފަދަ ހިދުމަތްތައްދޭ ތަންތަނުގެ ލިސްޓެއް އާންމުކޮށްފައިނުވާކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. އެހެންވުމުން ހިދުމަތްދިނުމަށް އެންސްޕާއިން ގަބޫލުކުރާ ތަންތަނަކީ ކޮބައިކަން ހިދުމަތްތަކަށް ބޭނުންވާ ފަރާތްތަކަށް ސާފުނުވާކަމަށް ބުނެފައިވެއެވެ.

އޮޑިޓުން ބުނެފައިވާގޮތުން، ތަންތަނަކީ ކޮބައިކަން ނޭނގުމުގެ އިތުރުން ހިދުމަތްދޭ ތަންތަނަކީ އެންމެ އެކަށީގެންވާ ތަންތަންކަންވެސް ކަށަވަރު ނުވެއެވެ. އެހެންކަމުން ހިދުމަތްތައް ހޯދާ ފަރާތްތަކަށް ލިބެންޖެހޭ ހިދުމަތް ނުލިބުމުގެ ފުރުސަތު އޮތްކަން ފާހަގަކޮށް އޮޑިޓުންވަނީ ލިސްޓު އާންމުކުރުމަށް އިލްތިމާޒްކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: