ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2008ގައި އެކުލަވާލެވުނީ އެތައް ގޮތަކުން ފުރިހަމަ ގާނޫނުއަސާސީއެއް: ކުރީގެ ޕީޖީ

ކުރީގެ ޕްރޮސެކިއުޓާރ ގެނެރަލް އަހުމަދު މުއިއްޒު: ފޮޓޯ/ ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

2008 ވަނަ  އަހަރު އެކުލަވާލެވުނު ފެހި ގާނޫނުއަސާސީ ފާސްކުރެއްވުމަށް ވަކި ގޮތަކަށް ވޯޓު ދެއްވާފައިނުވާނަމަވެސް، އެ ގާނޫނު އަސާސީއަކީ އޭގެ ކުރިން އޮތް ގާނޫނުއަސާސީއަށްވުރެ އެތައް ގޮތަކުން ފުރިހަމަ އެއްޗެއްކަމަށް ކުރީގެ ޕްރޮސެކިއުޓާރ ޖެނެރަލް އަހުމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ “އިލްމީ ބަހުސް” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން މުއިއްޒުވަނީ ދިވެހިރާއްޖޭގައި އެކުލަވާލެވުނު ގާނޫނުއަސާސީތަކާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، 1997 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނުއަސާސީގެ މަޖިލީހުގައިވެސް އޭނާ ބައިވެރިވެވަޑައިގެންނެވިކަމަށެވެ. މުއިއްޒު ވިދާޅުވީ، އޭނާ އެ ގާނޫނުއަސާސީ ފާސްކުރަން ފެނިވަޑައިނުގަންނަވާކަމަށް ވޯޓުދެއްވިކަމަށެވެ. އޭނާ ވިދާޅުވީ، ފާސްކުރުމަށް ވޯޓު ނުދިނުމުގެ ސަބަބުން އޭނާއަށް ވަރަށް ގިނަ ފަރާތްތަކުން ނުރުހުން އަމާޒުވެގެންދިޔަކަމަށެވެ.

އޭނާ ވިދާޅުވީ، އެއަށްފަހު ގާނޫނުއަސާސީ އެކުލަވާލެވުނު އިރު ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާކަމަށެވެ. އެހެންނަމަވެސް 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ އަކީ އޭގެ ކުރިން އެކުލަވާލެވިފައިވާ ގާނޫނުއަސާސީއާއި ބަލައި ފުރިހަމަ އެއްޗެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މުއިއްޒު ވިދާޅުވީ، އޭނާ ވަނީ އެގޮތަށް ވިދާޅުވި ސަބަބުވެސް ސާފުކޮށްދެއްވާފައެވެ. އޭނާ ވިދާޅުވީ، އާ ގާނޫނުއަސާސީގައި ރައީސުލްޖުމުހޫރިއްޔާއަށް ކުރިން އޮތް ބާރުތައް ހަނިކުރެވިފައިވާކަމަށެވެ. އޭނާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީސް ބާރުވެރިވެގެންދިއުމަކީވެސް ސަބަބެއްކަމަށެވެ. އަދި އަދުލު އިންސާފުގެ ނިޒާމުވެސް ބާރުވެރިވެގެންދިޔަކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، 1997ގެ ގާނޫނުއަސާސީގައި ރައީސްއަށް ވަރަށް ފުޅާ ބާރުތަކެއް ލިބިދީފައިވާކަމަށެވެ. އެގޮތުން މަޖިލީހުގައި ތިއްބަވާ 50 މެމްބަރުންގެ ތެރެއިން 8 މެމްބަރަކީ ރައީސް އައްޔަނު ކުރައްވާ މެމްބަރުންތަކެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، 2008ގައި އެކުލަވާލެވުނު ގާނޫނުއަސާސީގެ ސަބަބުން ރައީސުލްޖުމުހޫރިއްޔާއަށް ވާދަކުރުމުގެ ފުރުސަތު ފުޅާކޮށް ހުޅުވިގެންދިޔަކަމަށެވެ. އެހެންނަމަވެސް އޭގެ ކުރިން އޮތް ގާނޫނުއަސާސީގައި ވާދަކުރެވެނީ ނަމެއްގައިކަމަށް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ، އެ ދުވަސްވަރު ރޭސް ފައްޓަވަނީ ރައީސްގެ މަގާމުގައި ހުންނެވި ފަރާތެއް އެހެން މީހުންނާއި ބަލައި ބޮޑުތަނުން ކުރީގައި ހުންނަވައިގެންކަމަށެވެ.

މުއިއްޒު ވިދާޅުވީ، އެހެންނަމަވެސް 2008 ވަނަ އަހަރު ތައާރަފްކުރެވުނު ގާނޫނުއަސާސީގައި ރައްޔިތުންގެ މަސްލަހަތު ހިމެނޭ ގިނަ ބާރުތަކެއް ލިބިދީފައިވާކަމަށެވެ. އެގޮތުން ފަސޭހަކަމާއިއެކު ފަނޑިޔާރުން ވަކި ނުކުރެވޭނެ ގޮތަކަށް އެކުލަވާލާފައިވާކަމަށް އޭނާ އިޝާރާތްކުރެއްވިއެވެ. މުއިއޒު ވިދާޅުވީ، ރައްޔިތުންނަށް އަސާސީ ހައްގުތައް ލިއްބައިދިނީ 2008 ވަނަ އަހަރު އެކުލަވާލެވުނު ގާނޫނުއަސާސީންކަމަށެވެ. އޭގެ ކުރިން އެއީ ހަމައެކަނި ލިޔެވިފައި އޮންނަ އެއްޗެއްކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، އެ ދުވަސްވަރު ރައްޔިތުންގެ އަސާސީ ހައްގަކަށް އަރައިގަތުމުން ކޯޓަކުން އެކަމަށް ފަރުވާއެއް ލިބުމަކީ ނާދިރުކަމެއްކަމަށެވެ.  އެހެންކަމުން 2008 ވަނަ އަހަރުގެ ގާނޫނުއަސާސީ އެކުލަވާލުމަށް އޭނާ ވޯޓު ދެއްވާފައިނުވާނަަމަވެސް އެއީ އެތައް ގޮތަކުން ފުރިހަމަ އެއްޗެއްކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: