ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކައުންސިލުން އަޅާ ފްލެޓްތަކުގެ ކްރެޑިޓް ސަރުކާރަށް ނެގެން ނެތުމުން އެކަން ވިޔަ ނުދޭން ހުރަސް އަޅާނެ: ޝުޖާު

ހުޅުމާލެ ދާއިރާގެ ކައުންސިލަރ އިބްރާހިމް ޝުޖާއު
ޝެއާރކޮށްލާ ކަހަލަދޯ؟

މާލެ ސިޓީ ކައުންސިލުން އެޅުމަށް ކަނޑައަޅާފައިވާ ފްލެޓުތަކުގެ މަސައްކަތްތައް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ހުއްޓުވާނެކަން ޔަގީންވާކަމަށާއި، އެއީ އެމަނިކުފާނަށް ކްރެޑިޓު ލިބިވަޑައިނުގަންނަވާނެތީކަމަށް މާލެ ސިޓީ ކައުންސިލުގެ ހުޅުމާލެ ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ސިޓީ ކައުންސިލުގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޝުޖާއު ވަނީ ރައީސް ސާލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ލާމަރުކަޒީ ސިޔާސަތުތަކުގެ ވާހަކަތައް ދެއްކެވިކަމަށް ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ވެރިކަން ލިބިވަޑައިގަތުމުން އެމަނިކުފާނުގެ އަމަލުތައް ހުރިގޮތް ފެނިގެންދާކަމަށް ވިދާޅުވިއެވެ،

ޝުޖާއު ވިދާޅުވީ، މާލެ ސިޓީ ކައުންސިލުން އެޅުމަށް ނިންމާފައިވާ ފްލެޓުތަކުގެ މަސައްކަތްތަކަށް ރައީސް ހުރަސް އަޅުއްވާނެކަން ޔަގީންވެވަޑައިގަންނަވާކަމަށެވެ.، އެއީ އެ މަސައްކަތުން އެމަނިކުފާނަށް ކްރެޑިޓެއް ލިބިވަޑައިނުގަންނަވާނެތީކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އެމަނިކުފާނަށް ހަޖަމު ނުކުރެއްވޭނެކަމަށް ޝުޖާއު ފާހަގަކުރެއްވިއެވެ،

“އެއީ އޭނައަށް ނުލިބޭ ކްރެޑިޓެއް މި ކައުންސިލުން ކުރާކަށް އޭނާއަށް ހަޖަމެއް ނުވާނެ” ޝުޖާއު

އޭނާ ވިދާޅުވީ، ރައީސް ސާލިހުގެ ސަރުކާރުން އެޅުމަށް ފަށާފައިވާ ފްލެޓުތަކަށް ކުރިއަށް އޮތް ދިހަ އަހަރުގެ ތެރޭގައިވެސް ނުވަދެވޭނެކަމަށެވެ. އޭނާ ވިދާޅުވީ، އެހެންނަމަވެސް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ކުރަމުންދަނީ ހުޅުވާލެވިގެންކަމަށެވެ. އަދި ބިނާ ކުރުމަށް ނިންމާފައިވާ ފްލެޓުތައް ޖާގަ ތަނަވަސްވާނެކަމަށާއި އެކަމަށް ހުރަސްތަކެއް ކުރިމަތިނުވެއްޖެ ހާލަތެއްގައި ނިންމާލާނެކަމުގެ ޔަގީންކަން ދެއްވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އެ ވާހަކަތައް ދައްކަވަން ޖެހިވަޑައިގަތީ، ބޯހިޔާވަހިކަމުގެ ސިޔާސަތުތަކަކީ މި ސަރުކާރުން ލިޔެފައިވާ އެއް ސިޔާސަތުކަމަށެވެ. އެހެންނަމަވެސް މިއަދު އިވިގެންދަނީ ހުޅުމާލެ ފަޅު ނުހިއްކާ ގޯތި ނުދެވޭނެ ވާހަކަ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ހުޅުމާލެ ފަޅަކީ ހިއްކާ ގޮތަށް އޮތް ތަނެއް ނޫންކަމަށެވެ. އޭނާ ވިދާޅުވީ، ރައީސް އަބްދުﷲ ޔާމީންވަނީ އެ ތަނުގައި ޔޮޓު މެރީނާއެއް އަޅައި އާމްދަނީ ލިބިގެންދާނެ ތަސައްވަރުތަކެއް ކުރައްވާފައިކަމަށެވެ. އަދި އެތަން ހިއްކާ ވާހަކަތައް ދެއްކީ އިދިކޮޅުގެ ފަރާތްތަކުން އެކަމާއި އިހުތިޖާޖު ކުރާނެކަން އެނގިތިބެކަމަށާއި، އެހެންކަމުން އެ މަސައްކަތްތަކަށް ހުރަސް އަޅާކަމަށް ބުނުމުގެ ބަހަނާ ލިބިގެންދާކަމަށް ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: