ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސަށް ދެވަނަ ދައުރެއް ދިނުން އައްޑޫގެ ރައްޔިތުންނަށް ލާޒިމު: ނިހާދު

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސާލިހަށް ދެވަނަ ދައުރެއް ދިނުމަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް ލާޒިމުކަމެއްކަމަށް މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ، ލިސްޓުން ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި މީހުންނާއި، ސިޔާސީ ގޮތުން ނުފޫޒު ގަދަ ބައެއް މީހުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ނުފޫޒު ގަދަ ބައެއް އާއިލާތަކުގެ މެމްބަރުންނަށް ބިން ލިބުނުކަން ވަނީ ހާމަވެފަ އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިއުންތައް އަމާޒުވެފައިވަނިކޮށް ރާއްޖޭގައި އުޅޭ އިންޑިއާގެ ރާއްޖެއަށް ރަށްވެހިކަން ބަދަލު ކުރި ބަޔަކަށް ގޯތި ލިބުނު މައްސަލަ ފެންމަތިވި އެވެ.

މައްސަލައިގައި ގިނަ ފާޑުކިއުން ސަރުކާރަށް އަމާޒުވެފައިވާއިރު، ޝަރުތު ހަމަވާ އެންމެނަށް ގޯތި ދޭތީ އެއީ ވުޖޫދުގައި ނެތް ބިންތަކެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. އަގުބޮޑެތި ބިންތައް ހިލޭ ދިނުމަކީ ސަރުކާރުން ރިޔާސީ އިންތިހާބަށް ކުރާ ކެމްޕެއިނެއްކަމަށް އިދިކޮޅުން ދެކެ އެވެ.

ލިސްޓަށް ސަރުކާރުގެ މެމްބަރުން ތައުރީފުކޮށް، ރައީސް ސޯލިހަށް މަރުހަބާ ކިޔާތީ އަމާޒުވާ ފާޑުކިއުންތަކަށް ނިހާދު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބެއްގައި ވެސް ތަރައްގީގެ ޕްރޮޖެކްޓުތައް ކުރިޔަށްދާ ކަމަށެވެ. އެގޮތުން އޭނާ ނިސްބަތްވާ އައްޑޫގެ ތަރައްގީތައް ފާހަގަކޮށް، ބައެއް މަޝްރޫއުތަކުގެ ފޮޓޯ، ވީޑިއޯ އާއްމު ކުރި އެވެ. ނިހާދު ޓުވީޓު ކުރި ވީޑިއޯގައި ބަނދަރު ސަރަހައްދުގެ ބޮޑު ހުސް ބިމެއް އޮތް މަންޒަރު ފެނެ އެވެ.

އެއަށް ފަހު ނިހާދު ވިދާޅުވީ ގަބޫލުކުރަން ދަތި ނަމަވެސް، ރައީސް ސާލިހު މަސައްކަތްތައް ފެއްޓެވީ އައްޑޫ އެއްކޮށް ބައްދަލުކޮށް ތަރައްގީ ކުރުމުގެ ސިޔާސަތާއި އެ ވިސްނުމާއި އެކު ކަމަށެވެ. އަދި އެ މަސައްކަތްތައް މިހާރު ނިމެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އެހެންކަމުން މިހާރު ކުރިޔަށް ދާ ބިޔަ މަޝްރޫޢުތައް ނިންމައި އައްޑޫގައި ހަގީގީ ސިޓީއެއްގެ ކުލަ ޖެއްސުމަށް ރައީސް ސާލިހަށް ދެވަނަ ދައުރެއް ލިބިގެންދިއުން މުހިންމުކަމަށް އޭނާ ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ، އެ މަސައްކަތްތައް ކުރުމަށްޓަކައ، ރައީސް ސާލިހަށް ދެވަނަ ދައުރެއް ދިނުމަކީ އެ ސަރަހައްދުގެ ރައްޔިތުންނަށް ލާޒިމު ކަމަށެވެ. އަދި އޭނާ ވަނީ ދެވަނަ ދައުރެއް ނުލިބިއްޖެ ހާލަތެއްގައި މަސައްކަތްތައް ހުއްޓުމަކަށް އައިސްދާނެކަމުގެ ބިރު އޮތްކަމަށް ވެސް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: