ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޖެޓުކޮމިޓީގައި އައްޑޫގެ މެމްބަރުންތިބޭއިރު، އާދޭސްކުރީމަވެސް މަޝްރޫޢުތަކަށް ފައިސާ ނުހިމަނައިދޭޭ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު: ފޮޓޯ/ ޕީއެންސީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓުކޮމިޓީގައި ތިއްބަވާ އެމްޑީޕީއަށް ނިސްބަތްވާ އައްޑޫ ސިޓީ ތަމްސީލުކުރައްވާ މެމްބަރުންގެ ގާތުގައި އާދޭސް ދެންނެވުމުންވެސް ދާއިރާތައް ތަރައްގީކުރުމަށް ބޭނުންވާ މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ބަޖެޓުގައި ނުޖަހާކަމަށް ޕީއެންސީއާއި ގުޅިވަޑައިގެންފައިވާ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ޕީއެންސީއިން އައްޑުގައި ކުރިއަށް ގެންދިޔަ ކެމްޕެއިން ޖަލްސާއެއްގައި ވާހަކަދައްކަވަމުން މެމްބަރު ނިހާދު ވިދާޅުވީ، ޖަލްސާއަށް ވަޑައިގަތުމުގެ ކުރިން އޭނާ ކޮންމެވެސް ވަރަކަށް ރައީސް ޑރ މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ ބައްލަވާލެއްވިކަމަށެވެ. އޭނާ ކުޑަކުޑަކޮށް ބަލާލުމުންވެސް ފާއިތުވި ހުރިހާ ދުވަހެއްގައި އެޅިފައިވާ އިގްތިސާދީ މަރުތަޅުން އައްޑޫ މިންޖުކޮށް ދިނުމަށްޓަކައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފެނިވަޑައިގެންނެވިކަމަށާއި އެ ވައުދަކީ އައްޑޫ އެއަރޕޯޓު ރަސްމީ ގޮތުން ބައިނަލްއަގުވާމީ ވައިގެ ބަނދަރެއްގެ ގޮތުގައި ހެދުންކަމަށްވެސް ހިއްސާކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މަރުތަޅު ނެއްޓުމުގެ ލަނޑުދަނޑި ހާލިކުރެއްވުމުގެ ގޮތުން ވެވަޑައިގެންފައިވާ ވައުދުތަކުގެ ތެރޭގައި އައްޑޫގެ ހަންކެޑެ އާއި އައްސޭރި ޕްރޮޖެކްޓު ހިންގުންވެސް ހިމެނޭކަމަށެވެ. އަދި ތިންވަނަ ކަމަކީ ބައިނަލްއަގުވާމީ ޕޯޓެއް ތަރައްގީކޮށްދެއްވުންކަމަށްވެސް ހާމަކަުރެއްވިއެވެ. އޭނާ ވިދާޅުވީ، އެމްޑީޕީގެ ވެރިކަމުގައި އެ ޕާޓީގައި ހުންނެވިކަމަށާއި އެހެންކަމުން އެ ހައިސިއްޔަތުން ޕީއެންސީގެ ސަރުކާރެއް އޮތް ނަމަވެސް އައްޑޫގައި ކުޑަ ސަރުކާރެއް އުފެދިގެން ގޮސްފި ހާލަތެއްގައި ގައުމުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވޭނެކަން ދަންނަވާކަމަށެވެ.

ނިހާދު ވިދާޅުވީ،  މަޖިލީހުގައި ބާރުގަދަ ނުފޫޒްގަދަ މެމްބަރުން ތިއްބެވުމުން އައްޑޫގެ ތަރައްގީއަށް އެޅިގެންދާނެ ހުރަސް އެޅޭ ކަމަށާއި އައްޑޫގެ ޕޯޓު ޕްރޮޖެކްޓުވެސް އެވޯޑުކޮށްފައި އޮތީ ނަމެއްގައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ބަޖެޓުގައި އެ މަޝްރޫއަށް ފައިސާ ހިމެނުމަށް އާދޭސްކުރެއްވިކަމަށާއި އެހެންނަމަވެސް ބަޖެޓުކޮމިޓީގައި ތިއްބެވި “ކުޑަ ސަރުކާރު” ގެ ވެރިން އެކަމަށް ބޭނުންވާ ފައިސާ ހިމަނައިނުދިންކަމަށާއި އެ ޕްރޮޖެކްޓަކީ ނަމެއްގައި ބާއްވާފައި އޮތް އެއްޗެއްކަމަށް ތަކުރާރުކުރެއްވިއެވެ.

އެހެންކަމުން އޭނާގެ އާދޭހަކީ މިއަދު ތަރައްގީތައް ލިބިގަތުމަށްޓަކައި ނުކުމެ މަސައްކަތްކުރެއްވުންކަމަށްވެސް ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ، ފޭދޫގައި ބިން ހިއްކާފައި އޮންނަތާ އެތައް އަހަރެއް ވެފައިވާކަމަށާއި އެހެންނަމަވެސް އިތުރު މަސައްކަތެއް އެތަނުގައި  ސަރުކާރުން ކުރިއަށް ގެންގޮސްފައިނުވާއިރު، އެކަންކަން ކުރިއަށް ގެންދިއުމަށް އެދި އެތައް ފަހަރެއްގެ މަތިން އާދޭސްކޮށް ދަންނަވާފައިވާނެކަމަށްވެސް ހާމަކުރެއްވިއެވެ.

ނިހާދު ވިދާޅުވީ، އެތަނުގައި ކަރަންޓާއި ފެނާއި ނަރުދަމާ ލައިދިނުމަށް އެދިވަޑައިގެންނެވިކަމަށެވެ. އެހެންމަވެސް އެ މަސައްކަތެއްވެސް ނުވިކަމަަށްވާއިރު ރައީސް މުއިއްޒުގެ ސަރުކާރުންވަނީ ބަޖެޓުގައި ޖަހާނެކަން ވައުދުވެފައިކަމަށްވެސް ވިދާޅުވިއެވެ. ނިހާދު ވިދާޅުވީ، އިސްވެ ދެންނެވި ހުރިހާ ކަމެއް ކުރެވެން އޮތީ ޕީއެންސީގެ މެމްބަރުން މަޖިލީހަށް އިންތިހާބުކޮށްގެންކަމަށާއި އެދެވޭ ތަރައްގީތައް ގެނެވޭނީ ސަރުކާރަށް އެއްބާރުލުންދޭ މެމްބަރުން ހޮވައިގެންކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: