ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލީޑަރުން ޕާޓީ ބަދަލުކުރާތީ ނިޒާމަށް އިތުބާރު ގެއްލިއްޖެ: ނިހާދު

ފޭދޫ ދާއިރާގެ މެމްބަރު މުހައްަމަދު ނިހާދު: ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާޓީތައް އުފައްދައި ލީޑުކުރަން ތިބި މީހުން އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުވަމުންދިއުމުގެ ސަބަބުން ރައްޔިތުން ތެރޭގައި ޕާޓީ ނިޒާމުގެ އަގު ވެއްޓިފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ސަންގުޓީވީގެ ޚަބަރަށްފަހު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ނިހާދުވަނީ މަޖިލީހުގެ މެމްބަރުން ޕާޓީ ބަދަލުކުރައްވާ މައްސަލައާއިމެދު ވާހަކަދައްކަވާފައެވެ. އޭނާ ވިދާޅުވީ، އެފަދަ މައްސަލަތައް ފެންމަތިވެފައިވާ ޕާޓީ ނިޒާމު ގެނައުމަށް ވަކާލާތު ކުރި މީހުންނަށް މިއަދު އެކަންކަން އެހާ ބޮޑު ކަމަކަށް ނުވާކަމަށެވެ. އޭނާ ވިދާޅުވީ، އެ ފަރާތްތަކުން މިހާރު ޕާޓީ ބަދަލުކުރުން ބޮޑު ކަމެއްގެ ގޮތުގައި ނަހަދާކަމަށެވެ.

އޭނާ ވިދާޅުވީ، އަލަށް ޕާޓީއެއް އުފެއްދުމަށާއި ވުޖޫދުގައި އޮތް ޕާޓީއަކަށް ގޮސް މަގާމެއް ހޯދުން ފަދަ މަގުސަދުތަކުގައިވެސް މެމްބަރުން ޕާޓީ ދޫކުރައްވާކަމަށެވެ. އަދި މިހާރު އެކަން ވިޔަފާރިއަކަށް ބަދަލުވެފައިވާކަމަށްވެސް ހިއްސާކުރެއްވިއެވެ. އޭނާ ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒު ރައީސްކަމާއި ހިސާބަށްވެސް ވަޑައިގަތީ ގިނަ އަދަދެއްގެ ޕާޓީތަކަށް ވަޑައިގަތުމަށްފަހުކަމަށާއި އެމްޑީޕީގެ ޗެއަރޕާސަންގެ މަގާމުގައިވެސް ހުންނެވީ އެތައް ޕާޓިއަކަށް ވަޑައިގަތުމަށްފަހުކަމަށް އަލިއެޅުއްވިއެވެ.

ނިހާދު ވިދާޅުވީ، ޑިމޮކްރެޓްސްއަށް ބެލިނަމަވެސް އެ މަންޒަރު ފެންނަކަމަށާއި އެހެން ގޮސް މުޅި ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ލީޑަރޝިޕުންވަނީ އެއް ޕާޓީއިން އަނެއް ޕާޓީއަށް ބަދަލުވެފައިކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މައްސަލަ އުފެދިފައިވަނީ ކައުންސިލަރުންނާއި މެމްބަރުން ބަދަލުވުމުން ނޫންކަމަށާއި މައްސަލަ އުފެދިފައިވަނީ ލީޑަރުން ބަދަލުވުމުންކަމަށްވެސް ހިއްސާކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: