ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުން މި ސަރުކާރަށް މަޖިލިސް މެޖޯރިޓީ ދޭނެ: ނިހާދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ މެމްބަރު ނިހާދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރާއި ސަރުކާރުގެ ކެންޑިޑޭޓުންނަށް ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން މެޖޯރިޓީ ދޭނެކަމާއިމެދު ޝައްކެއްވެސް ނެތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުހައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގައި ހުންނެވުމަށް ފަހު ދާދިފަހުން ސަރުކާރާއި ގުޅިވަޑައިގެންނެވި ނިހާދު ވިދާޅުވީ ރައްޔިތުން މިއަދު ތިބީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި އެކު ކަމަށެވެ. އަދި ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 21 ގައި ބޭއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިހާބުގައި ރައްޔިތުން ޕީޕީއެމް/ޕީއެންސީއަށް މެޖޯރިޓީ ދޭނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ނިހާދު ވިދާޅުވީ، ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރަށް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނުލިބެން ޖެހޭ ސަބަބެއް ފަހުމް ނުކުރެއްވޭކަމަށެވެ. އަދި ވިދާޅުވީ، ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ކާމިޔާބުކުރުމަށްޓަކައި ސަރުކާރުން އެކުލަވާލައި ވިއްކަމުންދާ ސިޔާސަތުތަކަށް ބަލާލުމުން އެ ސިޔާސަތުތައް ތަންފީޒުކުރުމަށްޓަކައި ރައްޔިތުން ސަރުކާރަށް މެޖޯރިޓީ ދޭނެކަމާއިމެދު ޝައްކެެއްވެސް ނުކުރެއްވޭކަމަށް ވިދާޅުވިއެވެ.

ނިހާދު ވިދާޅުވީ، ފުރަތަމަ ސިޔާސަތެއްގެ ގޮތުގައި ވައުދުވެފައިވަނީ ގައުމުގެ ސަލާމަތީކަންކަން ކަށަވަރުކުރުމަށްކަމަށެވެ. އެހެންކަމުން އެކަން ކުރުމަށް ބޭނުންވާ ޑްރޯން ފަދަ ވަސީލަތްތައް ހޯދައި އެ މަސައްކަތްތައް ފަށާފައިވާކަމަށް އަލިއެޅުއްވިއެވެ. އޭނާ ވިދާޅުވީ އެކަމުގެ ބޭރުން މާލެ ސަރަހައްދުގެ ރައްޔިތުންނަށް ބޭނުންވާ ސެކިއުރިޓީ ހޯދަައިދިނުމުގެ ކަންތައްތައްވެސް ފުރިހަމަކުރަމުންދާކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، މިހާރުވެސް އެތައް ބަޔަކު އެ ވާހަކަތައް ދައްކަމުންދާކަމަށާއި މާލޭގައި ދިރިއުޅެމުންދާއިރު ސެކިއުރިޓީ އޮތްކަމަށް ބުނަމުންދާކަމަށެވެ.

އޭނާ ވިދާޅުވީ، މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްކުރުމަށް އެތައް މަސައްކަތެއްކުރަމުންދާކަންވެސް ރައްޔިތުން ގަބޫލުކުރާކަމަށެވެ. އޭނާ ވިދާޅުވީ ފުރަތަމަ 100 ދުވަހުގެ ސިޔާސަތުތަކުގެ ތެރެއިން ކުރެވުނު ކަންކަމުންވެސް އެތައް ކިލޯއެއްގެ މަސްތުވާތަކެތި އަތުލައިގަތްކަން ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: