ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީ އާއި އަދާލަތު ނޫން އެހެން ހުރިހާ ޕާޓީތަކާއިއެކުވެސް އިދިކޮޅު ކޯލިޝަނުން މަޝްވަރާތައް ކުރާނެ: ޝުޖާއު

ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުން މަޝްވަރާއެއް ނުކުރާނެ ދެ ސިޔާސީ ޕާޓީއަކީ އެމްޑީޕީއާއި އަދާލަތު ޕާޓީކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި ހުޅުމާލެ ދާއިރާގެ ކައުންސިލު މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

އިދިކޮޅުން ކުރިއަށް ގެންދިޔަ ހަރަކާތެއްގައި ނަފްރަތު އުފެއްދުމުގެ ގޮތުން މަސައްކަތްތަކެއްކޮށްފައިވާކަމަށް ބުނެ ސަރުކާރުންވަނީ ބަޔާނެއް ނެރެފައެވެ. އިއްޔެގެ ވަގުތެއްގައި އެ ޕާޓީއިން ވަނީ އިތުރު ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިނަމަވެސް، ފުލުހުންގެ މުއައްސަސާއިންވަނީ އެ ހަރަކާތްތައް ހުއްޓުވާފައެވެ. އިދިކޮޅުންވަނީ ފުލުހުންގެ މުއައްސަސާގެ މައްޗަށް އަނިޔާވެރިވުމުގެ ތުހުމަތުތައް ކޮށްފައެވެ.

އީދު ދުވަސްތަކާއި ދިމާކޮށް ރާއްޖޭގެ ސިޔާސީ ހަރަކާތްތައް މަޑުޖެހިފައި އޮތުމަށްފަހު، މަސްރަހު އަނެއްކާވެސް ހޫނުވަމުންދާއިރު، ޝުޖާއު ވަނީ ޓްވީޓެއް ކުރައްވައި އެމްޑީޕީ އަދި އަދާާލަތާއިއެކު މަޝްވަރާތަކެއް ކުރިއަށް ގެންދިއުމުގެ ފުރުސަތެއް ނެތްކަން ހިއްސާކުރައްވާފައެވެ. އޭނާ ވިދާޅުވީ، އެ ނޫން ހުރިހާ ސިޔާސީ ޕާޓީތަކާއިއެކު ޕީޕީއެމް/ޕީއެންސީއިން މަޝްވަރާތައް ކުރިއަށް ގެންދާނެކަމަށެވެ. އެހެންނަމަވެސް އެ ޕާޓީގެ ލީޑަރުގެ ގޮތުގައި ރައީސް ޔާމީން ހުންނަވާނެކަމަށް ފާހަގަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، މިނިވަންކަމާއި އިސްތިގުލާލާއި ގުޅޭ ކަންކަމުގައި “ލޮލީ ޕޮޕް” ދީގެން ހައްދާލުމަށް ފަހު، އިދިކޮޅުން ގަބޫލުކުރާ އުސޫލުތައް ދޫކޮށްލާނެކަމަށް އެއްވެސް ފަރާތަކުން ގަބޫލުކޮށްގެން ނުވާނެކަމަށެވެ. އޭނާ ވިދާޅުވީ، އެއީ ކުރައްވާނެ ކަމެއް ނޫންކަމަށެވެ. ޝުޖާއު ވިދާޅުވީ، އިދިކޮޅު ކޯލިޝަންގެ ލީޑަރަކީ ވަތަނީ ލީޑަރެއްކަމަށެވެ. އަދި އެއީ ރައީސް ޔާމީން ކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް އެހެން ޕާޓީތަކާއި ގުޅިގެން ކުރުމަށް ކަނޑައެޅިފައިވާ މަސައްކަތްތައްކެއް ވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެހެން ޕާޓީތަކާއި އެކު ކުރުމަށް ކަނޑައެޅިފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ވެރިކަން ނިމުމަކަށް ގެނައުންކަމަށެވެ. އަދި އެކަން ކުރައްވާނެކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: