ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިދިކޮޅާއިއެކު ޑިމޮކްރެޓްސްއިން ބާއްވާ ޖަލްސާ ފަސްކޮށްފި

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމުގެ ތެރެއިން.
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއިއެކު ދަ ޑިމޮކްރެޓްސްއިން ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާ ފަސްކޮށްފިއެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިހާބަށް ވަމުންދާ ތައްޔާރީތަކުގެ ތެރެއިން، އިދިކޮޅާއި ޑިމޮކްރެޓްސް ގުޅިގެން އެކި ސިފައިގައި މަސައްކަތްތައް ކުރިޔަށް ގެންދާތާ ދުވަސްތަކެއް ވަނީ ވެފައެވެ. ހާއްސަކޮށް މަޖިލީހުގެ ތެރޭގައި ކުރެވުނު ބައެއް މަސައްކަތްތައް އޭގެ ތެރޭގައި ހިމެނެއެވެ.

މި ސަރުކާރު ނިމުމަކަށް ގެންނަން ޖެހޭކަމަށް އެއްބަސްވެވޭތީ، ފެށި މަޝްވަރާތަކުގެ ދަށުން ކުރިޔަށް ގެންދިޔަ ރަސްމީ ދެވަނަ ބައްދަލުވުމަށްފަހު މީޑިއާތަކާއި ބައްދަލު ކުރައްވައި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އަޒިމާއި، ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވީ ބޭނުން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ނިމުމަކަށް ގެނައުމަށްކަމަށެވެ.

އެގޮތުން މިއަދު ކުރި މަޝްވަރާތަކަށްފަހު ޖުލައި މަހުގެ 03 ގައި ގުޅިގެން ބާއްވާ ފުރަތަމަ ޖަލްސާ ކުރިޔަށް ގެންދިއުމަށް ނިންމާފައިވާކަމަށް ހާމަކުރިއެވެ. އެ ތަފްސީލުތައް ދެއްވައި ޝިޔާމް ވިދާޅުވީ މި ހަރަކާތުގައި ދެ ޕާޓީގެ ވެސް އިސް ބޭފުޅުން ބައިވެރިވާނެކަމަށެވެ.

ނަމަވެސް މިއަދު ދެ ޕާޓިގެ ފަރާތުން މިއަދު ޞޭއްވި ޕްރެސްގައި މި ޖަލްސާ ފަސްކުރެވިފައިވާކަން ވަނީ ހާމަކޮށްފައެވެ. މިކަމާއި ގުޅޭ ގޮތުން ނޫސްވެރިންގެ ބައްދަލުވުމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީ ތަމްސީލުކުރެއްވި އިބްރާހީމް ޝުޖާއު ވިދާޅުވީ ޖަލްސާ ފަސްކުރީ ޑިމޮކްރެޓްސް އުފެއްދުމަށް ބާއްވަންޖެހޭ ގައުމީ ޖަލްސާ ބޭއްވުމުގެ ހުއްދަ ލިބުމުން އެ ޖަލްސާ ބޭއްވުމަށްކަމަށެވެ.

ދެން މި ޖަލްސާ ބާއްވާނެ ތާރީހު މީޑިއާތަކާއި ފަހުން ހާމަކުރައްވާނެކަމަށް މި ނޫސްވެރިންގެ ބައްދަލުވުމުގައި ދަ ޑިމޮކްރެޓްސް ތަމްސީލްކުރެއްވި އެސްޓީއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވިއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: