ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑިމޮކްރެޓްސްއާއިއެކު މަޝްވަރާތަކަށް އަންނަނީ ސީދާ ރައީސް ޔާމީން ދެއްވާ ނޯޓު ހިފައިގެން: ޝުޖާއު

އިދިކޮޅު ކޮންގްރެސް ކޯލިޝަނާއި ދަ ޑިމޮކްރެޓްސްއިން ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު މީޑިއާތަކަށް މައުލޫމާތުދެއްވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަ ޑިމޮކްރެޓްސްއާއިއެކު މަޝްވަރާތަކަށް އަންނަނީ އިދިކޮޅުގެ ރިޔާސީ ކެނޑިޑޭޓު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ދެއްވާ ނޯޓު ހިއްފައިގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އިބްރާހީމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ދަ ޑިމޮކްރެޓްސްއާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމާއި ގުޅޭ ގޮތުން މައުލޫމާތުދެއްވުމަށް ދެ ޕާޓީގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ވަނީ ދަ ޑިމޮކްރެޓްސްއާއިއެކު މަސައްކަތްކުރުމަށް ޕީޕީއެމްގެ އެތެރޭގައި އެއްވެސް ކަހަލަ ހިޔާލު ތަފާތުވުމެއް އެބައޮތްތޯ ސުވާލުކޮށްފައެވެ.

ރައްދުގައި ޝުޖާއު ވިދާޅުވީ މިއީ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު އައްސަވައިގެން ކުރައްވާ ސުވާލުކަމަށެވެ. ނަމަވެސް އިދިކޮޅުން ޑިމޮކްރެޓްސްއާއިއެކު ކުރާ މަސައްކަތުގެ އެޖެންޑާ ކަނޑައަޅާނީ ރައީސް ސާލިހު ނޫންކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ރައީސް ސާލިހުގެ ނުފޫޒު ހިނގާ އެއްވެސްކަމެއް ޕީޕީއެމްގެ ތެރޭގައި ނޯންނާނެކަމަށާއި، ޕީޕީއެމްގެ ސެނެޓުގައި އޮންނާނީ ރައީސް ޔާމީންގެ ކޮންޓްރޯލްކަމަށް ފާހަގަކޮށް ޝުޖާއު ވިދާޅުވީ އެގޮތުން ޑިމޮކްރެޓްސްއާއިއެކު ކުރިއަށްދާ ބައްދަލުވުންތަކާއި މަޝްވަރާތަކަކީވެސް ރައީސް ޔާމީންގެ ލަފާގެ މަތިން ކުރިއަށްދާ ކަންތައްތައްކަމަށެވެ.

މި ބައްދަލުވުންތަކަށް ޕީޕީއެމް/ޕީއެންސީގެ ފަރާތުން ވާހަކަދައްކަވަން އަންނަ މީހުން އަތުގައި އޮންނާނެ ރައީސް ޔާމީން ދެއްވާ ނޯޓު.

ޝުޖާއު ވިދާޅުވިއެވެ.

މިފަދަ ބައްދަލުވުންތަކަށް އިދިކޮޅުގެ ފަރާތުން އަންނަ ބޭފުޅުންގެ އަތުގައި ރައީސް ޔާމީން ދެއްވާ ނޯޓު އޮންނާނެކަމަށާއި، އަދި އެ ނޯޓުގައި ވާހަކަދައްކަވަންވީ ކަންތައްތަކާއި، ވާހަކަ ނުދައްކަން ޖެހޭ ކަންކަންވެސް އޮންނާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި ޑިމޮކްރެޓްސްގެ ފަރާތުންވެސް މިކަމަށް އިހުތިރާމް ކުރާކަމަށް ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވި ގޮތުގައި ރައީސް ސާލިހު ވެރިކަމުން ބޭލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް ޕީޕީއެމްގެ ގްރާސް ރޫޓުގެ ހުރިހާ މެންބަރުންވެސް އެއްބަސްވެއެވެ. އަދި ޑިމޮކްރެޓްސްއާއިއެކު ކުރިއަށްދާ ބައްދަލުވުންތަކާއި ގުޅިގެން ޕާޓީގެ އެއްވެސް މެންބަރަކު ނުރުހުން ފާޅު ނުކުރާކަމަށާއި، އަދި އިދިކޮޅުގެ ލީޑާޝިޕުން އެ ކުރައްވާ މަސައްކަތަކީ ރައީސް ޔާމީންގެ ލަފާގެ ދަށުން ކުރައްވާ މަސައްކަތްތަކެއްކަން ޕީޕީއެމްގެ އާންމު މެންބަރުންނަށްވެސް އިނގޭނެކަމަށް ޝުޖާއު ވިދާޅުވިއެވެ. އަދި އޭނާ ވިދާޅުވީ ރައީސް ޔާމީންގެ ލަފާފުޅާއި އެއްގޮތްވާ ގޮތް ނޫން އެހެން ގޮތަކަށް ޕީޕީއެމްގެ ލީޑާޝިޕުން މަސައްކަތްނުކުރާނެކަމަށާއި، އިދިކޮޅުން އަބަދުވެސް ތަންފީޒުކުރާނީ ރައީސް ޔާމީންގެ އެޖެންޑާކަމަށެވެ.

މި އިތުބާރު ޕީޕީއެމްގެ އާންމު މެންބަރުންނަށްވެސް އެބަ އޮތްކަމަށް ޝުޖާއު ވިދާޅުވިއެވެ.

ދެ ފަރާތުގެ ދެމެދުގައި ބޭއްވޭ ބައްދަލުވުމެއް ސެނެޓުން ފާސްކުރަން ޖެހޭކަމަށް ޕިޕީއެމް އަސާސީ ގަވާއިދުގައި ނޯންނާނެކަމަށް ޝުޖާއު ވިދާޅުވީ، ސެނެޓުގެ މެދުގައި މި ބައްދަލުވުންތަކާއި ގުޅިގެން ހިޔާލުތަފާތުވުން އޮތްކަމަށް ނޫސްވެރިއަކު ވިދާޅުވީތީ ރައްދުދެއްވައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: