ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސުލޫކީ މައްސަލަތައް ބެލެމުންދާ ގާޒީން މައްސަލަތައް ބެލުމަކީ ވަކި ގޮތަކަށް ހުކުމް ކޮށްފާނެ ކަމުގެ ބިރު އޮތްކަމެއް: އެމެރިކާގެ ސްޓޭޓް ޑިޕާޓުމެންޓު

ޖުޑިޝަލް ސާވިސް ކޮމިޝަންގެ ރައީސް ހިސާން އާއި ކޮމިޝަންގެ މެމްބަރު، ބަންޑާރަ ނައިބު ރިފްއަތާއި މަސްތޫރު/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ސުލޫކީ މައްސަލަތަކުގައި ތަހުގީގުތައް ކުރެވެމުންދާ ރާއްޖޭގެ ގާޒީންނަށް ޝަރީއަތްތަކުގައި ބައިވެރިވެ އުޅެވޭކަމަށްވުމުން ޖުޑިޝަލް ސާވިސް ކޮމިޝަނުން އަޅާފާނެ ފިޔަވަޅެއްގެ ބިރުވެތިކަމުން ރެކުމަށް ވަކި ގޮތަކަށް ހުކުމްތައް ކުރުމަށް މަޖުބޫރުވުމުގެ ފުރުސަތު އޮތުމަކީ ކަންބޮޑުވުމެއްކަމަށް އެމެރިކާގެ ސްޓޭޓު ޑިޕާޓުމެންޓުން ރާއްޖޭގެ އިންސާނީ ހައްގުތަކާއި ގުޅޭގޮތުން ނެރޭ އަހަރީ ރިޕޯޓުގައި ބުނެފިއެވެ.

ރާއްޖޭގެ އިންސާފު ގާއިމު ކުރުމުގެ ނިޒާމަށް އަލިއަޅުވައިފައިވާ މި ރިޕޯޓަކީ 2022 ވަނަ އަހަރުގެ ހާލަތު ހުރި ގޮތް ބަޔާންކޮށް ނެރެފައިވާ ރިޕޯޓެކެވެ. ރިޕޯޓުގައިވާގޮތުން، ޝަރުއީ ނިޒާމުގެ މިނިވަންކަމަށް ގާނޫނުން ޖާގަދެއެވެ. އަދި އާންމު ހާލަތްތަކުގައި ސަރުކާރުންވެސް އެ މިނިވަންކަމަށް އިހުތިރާމްކުރާކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް އެހެނިހެން ނުފޫޒުތައް ފަނޑިޔާރުންނަށާއު ޝަރީޢަތްކަށް ވަންނަންކަން ފާހަގަކޮށްފައިވެއެވެ.

އެގޮތުން، ނިޒާމުގެ ތެރޭގައި މައްސަލަތައް ހުރިކަމަށާއި ޝަރުއީ ދާއިރާގެ އިސް ފަރާތްތަކުން ބާރުތަކުގެ ނަހަމަ ބޭނުން ކުރާކަމުގެ ޝަކުވާތައްވެސް ވަކީލުން ހިއްސާކުރާކަމަށް ބަޔާންކޮށްފައިވެއެވެ. އަދި ބައެއް ގާޒީންނަށް ގާނޫނުތައް މާނަކުރުމުގައި ދަތިތައް ހުރިކަމަށާއި އެކަން ދިމާވަނީ އިނިގިރޭސީ އަދި އަރަބި ބަސް އެނގެންޖެހޭ މިންވަރަށް ނޭނގުމުގެ ސަބަބުންކަމަށް ސަރުކާރު ނޫންބައެއް ޖަމިއްޔާތަކުން ރިޕޯޓުކުރާކަމަށް ބުނެފައިވާއިރު، ދާއިމީ މަގާމުތަކަށް އައްޔަނުކުރެވިފައިވާ ބައެއް ގާޒީންގެ އަތުގައި “ޝަރީއާ” ސެޓިފެކެޓެއް އޮތް ނަމަވެސް ގާނޫނީ ދާއިރާގެ ޑިގްރީއެއް ހޯދާފައިނުވާކަމަށްވެސް ބުނެފައިވެއެވެ. އަދި ބައެއް ގާޒީންގެ މައްޗަށް ސުލޫކީ މައްސަލަތައް ހުށައެޅިފައިވާއިރު، ޝަރީއަތްތަކުގައި ބައިވެރިވެވޭނެ ގޮތަށް އޮތުމަކީ އެކަމުގެ ތެރެއަށް ނުފޫޒުތަކެއް ފޯރުމުގެ ބިރުވެރިކަން އޮތް ކަމެއްކަމަވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: