ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ރިޓަޔާރ ކުރައްވައިފި

ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ރިޓަޔާރ ކުރެއްވުން/ ފޮޓޯ: އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

ކްރިމިނަލް ކޯޓުގެ ގާޒީކަމުގެ މަގާމުގައި ހުންނެވި، ހަސަން ސައީދު ރިޓަޔާރ ކުރައްވައިފި އެވެ.

ހަސަން ސައީދު ގާޒީކަމުން ރިޓަޔާރ ކުރެއްވީ، ފަނޑިޔާރުންގެ ރިޓަޔާމަންޓް ގަވައިދުގެ ދަށުން އުމުރުން 55 އަހަރުވެފައިވާތީ އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަޔާނެއް އާއްމުކޮށް މިއަދު ބުނީ ފަނޑިޔާރުކަމުގެ މަގާމުން ޝަރަފުވެރިކަމާއި އެކު ހަސަން ސައީދު ރިޓަޔާރ ކުރައްވާފައިވާކަމަށެވެ.

ފެމިލީ ކޯޓުގެ އިސް ގާޒީކަމުގައި ހުންނަވަނިކޮށް، ހަސަން ސައީދު ކްރިމިނަލް ކޯޓަށް ބަދަލު ކުރީ 2019 ގަ އެވެ. އެއީ އޭރު އޭނާއާއި ގުޅޭގޮތުން ޖޭއެސްސީން ކުރިޔަށް ގެންދިޔަ ސުލޫކީ މައްސަލައަކަށް ފަހު އެވެ.

މަގާމުން ވަކި ކުރުމަށް ނިންމުމަށް ފަހު އޭގެ ފަހުން އެ ނިންމުން ބަދަލުކޮށް ފިޔަވަޅެއްގެ ގޮތުގައި ފެމިލީ ކޯޓުން، ކްރިމިނަލް ކޯޓަށް ހަސަން ސައީދު ބަދަލު ކުރުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް އަމާޒުވި އެވެ. އަދި މީޑިއާ ރިޕޯޓުތައް ވެސް އެކަމާއި ގުޅިގެން އައެވެ. ގިނަ ބަޔަކު އެކަން ސިފަ ކުރީ، އެއީ ހަސަން ސައީދަށް ދިން ޕްރޮމޯޝަނެއްގެ ގޮތުގަ އެވެ.

ފެމިލީ ކޯޓުގައި ހުންނެވި ދުވަސްވަރު، ގާނޫނާއި ހިލާފަށް ކައިވެންޏެއް ކޮށްދިންކަމަށް ބުނާ މައްސަލައިގައި 14 ދުވަހުގެ ސަސްޕެންޝަނެއްގައި ހަސަން ސައީދު ހުންނަވަން ޖެހުނެވެ. ނަމަވެސް ހަސަން ސައީދު ސަސްޕެންޑު ކުރީ ގޯކޮށްކަމަށާއި، އެކަމުގައި ސުލޫކާއި ހިލާފު އެއްވެސް ކަމެއް ނެތްކަމަށް ފަނޑިޔާރުންގެ އިސްތިއުނާފު މަޖިލީހީހުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ ނިންމާފަ އެވެ.

އެ މައްސަލައަކީ، 2018 ގައި ފެމިލީ ކޯޓުގެ މުވައްޒަފުންތަކެއް ރާއްޖެއިން ބޭރަށް ފޮނުވައިގެން ކައިވެންޏެއްކޮށްދޭން މަގުފަހިކޮށްދިންކަމަށް ބުނާ މައްސަލަ އެކެވެ. ފަނޑިޔާރުންގެ މަޖިލީހުން އެ މައްސަލައިގައި ސުލޫކާއި ގުޅުން ހުރިކަމެއް ނެތްކަމަށް ނިންމުމާއި އެކު ހަސަން ސައީދުގެ ރެކޯޑު ސާފުވާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: