ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ފަނޑިޔާރެއްގެ ސުލޫކީ މައްސަލަ ސާބިތު ނުވި

ސުލޫކީ މައްސަލަ ނުބަލަން ނިންމާފައިވާ ތިންް ފަނޑިޔާރުން؛ ސިވިލްކޯޓު ގާޒީ މަރިޔަމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތިން ފަނޑިޔާރަކާއި ގުޅޭގޮތުން ތަހުގީގު ކުރަމުން ދިޔަ ސުލޫކީ މައްސަލަ ސާބިތު ނުވާކަމަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފި އެވެ.

ފަނޑިޔާރުންނާއި ގުޅޭގޮތުން އުފެދޭ ސުލޫކީ އަދި އަހުލާގީ އެކި މައްސަލަތަކާއި މަސައްކަތާއި ގުޅުން ހުރި ޝަކުވާތައް ބެލުމުގެ ޒިންމާ އޮންނަ ޖޭއެސްސީން މިދިޔަ ދުވަސްތަކުގެ ތެރޭގައި ގިނަ ފަނޑިޔާރުންގެ މައްސަލަ ބަލައި ފިޔަވަޅު އަޅާފައި ވެއެވެ. އަދި ތަހުގީގު ކުރި ބައެއް މައްސަލައް، ސާބިތު ނުވާކަމަށް ވެސް ނިންމާފައި ވެއެވެ.

ކޮމިޝަނުން ތަހުގީގު ކުރި ހައިކޯޓުގެ ފަނޑިޔާރު ހުސެއިން ޝަހީދާއި، ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ސޮފްއަތު ހަބީބު އަދި ސިވިލް ކޯޓުގެ ފަނޑިޔާރު މަރިއަމް ވަހީދުގެ މައްސަލަ ނިމިފައިވާކަމަށް ފާހަގަކޮށް އާއްމު ކުރި ބަޔާނުގައި ވަނީ މިދިޔަ ތިން އަހަރުގެ ތެރޭގައި ތިން ފަނޑިޔާރުންގެ ވެސް މައްސަލަ ބަލަން ފަށައި ނޯޓިސް ދިން ކަމަށެވެ.

މައްސަލަ ތަހުގީގު ކުރުމަށް ފަހު، ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ސޮފްއަތު އަދި ފަނޑިޔާރު މަރިޔަމް ވަހީދުގެ މައްސަލަ ސާބިތު ނުވާކަމަށް ކޮމިޝަނުގެ ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ.

ޖޭއެސްސީން ތަހުގީގު ކުރަމުން ދާ ބޮޑެތި ބައެއް އެހެން މައްސަލަތަކުގެ ތެރޭގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒާއި ގުޅޭ މައްސަލަ ފާހަގަކުރެވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައިގައި އައި ހުކުމަށް ފަހު އެމަނިކުފާނާއި ގުޅުން ހުރި މީހެއްގެ ފަރާތުން ކެއުމެއް ހޯއްދެވިކަމަށް ބުނާ މައްސަލަ ޖޭއެސްސީން ތަހުގީގު ކުރަން ފެށީ މިދިޔަ ނޮވެމްބަރު މަހު އެވެ.

މީގެއިތުރުން ޖޭއެސްސީން ދަނީ ބައެއް މައްސަލަތައް ކުރިޔަށް ގެންދިއުމުގައި ފަނޑިޔާރުން އަމިއްލަ މަސްލަހަތު އިސް ކުރުން ނުވަތަ ޝަރީއަތްތައް ކުރިޔަށް ގެެންދިއުމުގައި ފަރުވާކުޑަ ކުރާ މައްސަލަ ވެސް ބަލަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: