ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

25 ފޯމު ލިބިފައި ވަނިކޮށް، ފެމިލީ ކޯޓަށް ގާޒީއަކު ހޯދަން ކުރި އިއުލާނު ބާތިލު

ފެމިލީ ކޯޓު/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ފެމިލީ ކޯޓަށް ފަނޑިޔާރަކު ހޯދަން ކުރި އިއުލާނަށް 25 ފޯމު ލިބިފައިވަނިކޮށް އެ އިއުލާނު ބާތިލުކޮށްފި އެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފެމިލީ ކޯޓަށް ފަނޑިޔާރުން ހޯދުމަށް އިއުލާނު ކުރީ މި މަހުގެ 09 ގަ އެވެ. އަދި ފޯމުތައް ހުށަހެޅުމުގެ މުއްދަތު ހަމަވީފަހުން، ފަނޑިޔާރުކަމަށް ކުރިމަތިލީ ބޭފުޅުންގެ ނަންތައް ވެސް އާއްމު ކުރުމަށް ފަހު އިއުލާނު މިހާރު ވަނީ ބާތިލުކޮށްފަ އެވެ.

ބަޔާނެއް އާއްކޮށް ޖޭއެސްސީން މިއަދު ބުނީ ފެމިލީ ކޯޓުގެ ގާޒީމަކަށް ކުރިމަތިލުމަށް އާއްމު ކުރި އިއުލާނު ބާތިލުކޮށްފައިވާ ކަމަށެވެ. އަދި އެ އިއުލާނަށް ލިބުނު އެޕްލިކޭޝަން ފޯމުތައް ވެސް ބާތިލު ކުރާކަމަށް ބަޔާނުގައި ވެއެވެ.

ގިނަ ބަޔަކު ކުރިމަތިލާފައި ވަނިކޮށް، ޖޭއެސްސީން ފަނޑިޔާރުކަމަށް އާއްމު ކުރި ބަޔާން ބާތިލު ކުރި ސަބަބު ސާފެއް ނޫނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: