ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާގެ ވައިޓް ހައުސްއިން ކޮކެއިންކަމަށް ބެލެވޭ އެއްޗެއް ފެނިގެން ތަހުގީގުތައް ފަށައިފި

އެމެރިކާގެ ރައީސް ޖޯ ބައިޑެން އަދި އޭނާގެ ދަރި ހަންޓަރ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ރައީސް ހުންނަވާ ”ވައިޓް ހައުސް“ އިން މަސްތުވާތަކެތީގެ ބާވަތެއް ފެނިގެން އެ ތަން ހުސްކުރެވުނުކަމަށް އެ ގައުމުގެ ކަމާއިބެހޭ ވުޒާރާތަކުން މީޑިއާތަކާއި ހިއްސާކޮށްފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއްކަމަށްވާ ”ވޮޝިންގޓަން ޕޯސްޓު“ ގައި ޝާއިއުކޮށްފައިވާގޮތުން، މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެހިތަކެއް ފެނިފައިވަނީ މި ދިޔަ އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ. އަދި އެހެންކަމުން ވަގުތީގޮތުން އެ ތަން ހުސްކުރެވުނު ކަމަށާއި، މިހާރު ތަހުގީގުތައް ކުރެވެމުންދާކަމަށް އެ ގައުމުގެ ގާނޫނު ތަންފީޒުކުރާ އިދާރާތަކުން މައުލޫމާތު ދޭކަމަށްވެސް ބުނެފައިވެއެވެ.

ވައިޓް ހައުސްއިން ފެނުނީ މަސްތުވާތަކެތީގެ ބާވަތެއްކަމަށްވާ ކޮކެއިންކަމަށް ހެދިފައިވާ ފުރަތަމަ ތަހުލީލުތަކުން ދެއްކިކަމަށްވެސް ރިޕޯޓުގައިވެއެވެ. އެ ނޫހުގައި އެގޮތަށް ފާހަގަކޮށްފައިވަނީ ހިނގަމުންދާ ތަހުގީގުތަކާއި ގާތުން މަސައްކަތްކުރާ ފަރާތެކެވެ. އަދި އެ ދުވަހު އެތަނަށް ދިޔަ އަލިފާން ނިއްވުމަށްޓަކައި ތައްޔާރުވެ ހަރަކާތްތެރިވި މީހުންނާއި އެކު ކުރެވިފައިވާ ފޯނު ކޯލެއްގެ މައްޗަށް ރިއާޔަތްކޮށެވެ.

އެމެރިކާގެ ސީކްރެޓް ސާވިސްގެ ފަރާތުން ހުންނަވާ ސްޕޯކްސްޕާސަން ބުނެފައިވާގޮތުން، ފެނުނު ތަކެތީގެ އިތުރު ތަހުލީލުތައްކޮށް، އެއީ ކޯއްޗެއްކަން ދެނެގަތުމަށްޓަކައި އިތުރު މަސައްކަތްތައްވެސް ދަނީ ކުރިއަށެވެ. އަދި މިހާރު އެއީ ވައިޓްހައުސްގެ ތެރެއަށް ކޮން ގޮތަކުން ވެއްދިފައިވާ ތަކެތިކަން ދެނެގަތުމަށްވެސް މަސައްކަތްތައް ކުރެވެމުންދާކަމަށް ބުނެފައިވާއިރު، އެއީ ގެއްލުންދެނިވި އެއްޗެއް ނޫންކަން އެ ގައުމުގައި އަލިފާން ނިއްވުމުގެ މަސައްކަތްތަކާއި ހަވާލުވެ ތިއްބަވާ ފަރާތްތަކުންވަނީ ހާމަކޮށްފައެވެ.

އެ ތަކެތި ފެނުމުގެ ސަބަބުން ވަގުތީގޮތުން ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރައީސްގެ މަގާމު އަދާކުރައްވާ ފަރާތް ދިރިއުޅުމަށް ބޭނުންކުރާ ސަރަހައްދުވެސް ހުސްކުރެވިގެންދިޔައެވެ. ސީކްރެޓް ސާވިސްގެ ފަރާތުން ބުނެފައިވާގޮތުން، ކަން ހިގައިދިޔައީ މިހާރުގެ ރައީސް ޖޯ ބައިޑެން ހާޒިރުވެ ނެތް ވަގުތެއްގައެވެ. އެހެންނަމަވެސް އެ ތަކެތި އެތަނުގެ ތެރެއަށް ވެއްދިފައިވާ ގޮތް ދެނެގަތުމަށް މަސައްކަތްތައް ކުރާކަމުގެ ޔަގީންކަން އެރުވިއެވެ.

ކޮކެއިންކަމަށް ބެލެވޭ ތަކެތި ފެނިފައިވަނީ ވައިޓް ހައުސްގެ ކޮން ތާކުންކަމެއް ހިއްސާކޮށްފައިނުވެއެވެ. އަދި އެތަކެތި އެވަގުތު ހުރީ ބަންދުކުރެވިފައި ނުވަތަ ނޫންކަމެއްވެސް ސާފުކޮށްދީފައިނުވާއިރު، ފެނުނީ ސީކްރެޓް ސާވިސްގެ ދަށުން މަސައްކަތްކުރާ ޔުނިފޯމު އެޅި މުއައްޒިފުން އާންމުކޮށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންކަމަށް ފާހަގަކޮށްފައިވެއެވެ.

މީޑިއާތަކަށް ލިބިފައިވާ ފޯނުކޯލަކުން އަލިފާން ނިއްވުމަށް މަސައްކަތްކުރި ފަރާތްތަކުން ފެނުނު ތަކެއްޗަކީ ކޯއްޗެއްކަން ކަށަވަރުކޮށްދޭ އަޑު އިވިގެންދާކަމަށް ރިޕޯޓުތަކުގައިވެއެވެ. އެގޮތުން ވަގުތުން ހެދުނު ތަހުލީލެއްގެ ނަތީޖާއިން އެއީ ”ކޮކެއިން ހައިޑްރޯކްލޮރައިޑް“ ކަމަށް ދައްކާކަމަށް ބުނި އަޑު އިވިގެންދާކަމަށް ބުނެފައިވެއެވެ.

އެ އޯޑިއޯ ރިކޯޑިންގްއަކީ އާންމު ރައްޔިތުންނަށް ފުލުހުންނާއި އަލިފާން ނިއްވުމަށް ހަރަކާތްތެރިވާ ފަރާތްތަކުގެ ރޭޑިއޯ ޓްރާންސްމިޝަންތައް އަޑު އެހުމަށް މަގުފަހިވާގޮތަށް ބިނާކޮށްފައިވާ ސައިޓެއް މެދުވެރިކޮށް ހޯދާފައިވާ ރިކޯޑިންގްއެއްކަން ވޮޝިންގްޓަން ޕޯސްޓުން ހިއްސާކޮށްފައިވެއެވެ. އެހެންނަމަވެސް އަލިފާން ނިއްވުމަށް ހަރަކާތްތެރިވި ފަރާތްތަކުގެ ތަރުޖަމާނު ވަނީ އެކަމާއިމެދު ރަސްމީ ކޮމެންޓެއް ދެއްވުމުގެ ބަދަލުގައި އެ މުއައްސަސާއިން އެ ގައުމުގެ ސީކްރެޓް ސާވިސްގެ މަސައްކަތަކަށް އެހީތެރިކަން ފޯރުވައިދިންކަން ހިއްސާކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: