ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ލުއި ބުއިންތަކުގައި އާންމުކޮށް ބޭނުންކުރާ ކެމިކަލްއެއް އެމެރިކާގައި މަނާކޮށްފި

ބީވީއޯ ހުންނަ ކަމަށް ބުނާ ބައެއް ތަކެތި: ފޯޓޯ/ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ގިނަ އަދަދެއްގެ ގައުމުތަކުގައި މިހާރުވެސް މަނާކޮށްފައިވާ ބްރޯމިނޭޓެޑް ވެޖިޓަބަލް އޮއިލް އެމެރިކާގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން މަނާކޮށްފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ލުއި ބުއިންތައް އުފެއްދުމުގައި އާންމުކޮށް ބޭނުންކުރާ އެއްޗެއްކަމަށްވާ ބްރޯމިން ކެމިކަލް އެކުލެވިފައިވާ ވެޖިޓަބަލް އޮއިލްއަކީ ގެއްލުންތައް ލިބޭ އެއްޗެއްކަމަށް ބަލައި ގިނަ ގައުމުތަކަކުން މީގެ ކުރިންވެސް ބީވީއޯ އެކުލެވޭ ބުއިން އަދި ކެއުމުގެ ބާވަތްތައްވެސް މަނާކޮށްފައިވެއެވެ. އެހެންނަމަވެސް މީގެ ކުރިން އެމެރިކާއިން ރަސްމީކޮށް އެކަން ނުކުރާކަމަށްވާއިރު ދިރާސާތަކަކަށްފަހު އެފްޑީއޭއިން ގާނޫނީ ގޮތުން އެ ތަކެތި މަނާކުރުމަށް ނިންމާފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

އެފްޑީއޭއިން މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުން މީގެ ކުރިން އެ މުއައްސަސާއިންވަނީ ކާބޯތަކެއްޗާއި ލުއި ބުއިން އުފެއްދުމުގައި އެ ބީވީއޯ ބޭނުންކުރުން ހުއްދަކޮށްފައިކަމަށެވެ. އެހެންނަމަވެސް އެ ނިންމުން އަނބުރާ ގެންދާނެކަމަށާއި އެ ނިންމުމަކީ އެތަކެތި ކެއިން ބުއިމަށްޓަކައި ރައްކައުތެރި ނޫންކަމަށް ކަމާއި ބެހޭ ގައުމީ އިދާރާތަކުގެ ދިރާސާތަކުން ދެއްކުމުންކަމަށްވެސް ހާމަކޮށްފައިވެއެވެ.

މީގެ ކުރިން ބްރޯމިނޭޓެޑް ވެޖިޓަބަލް އޮއިލް ބޭނުންކުރުން ހުއްދަ ކޮށްފައިވަނީ ދަށް މިންގަނޑުތަކުގައިކަމަށް ބުނެފައިވާއިރު، އާންމު ހާލަތެއްގައި ބީވީއޯގެ ބޭނުން ހިފާ އެއްގޮތަކީ އޮރެންޖާއި ލުނބޯ ފަދަ ހުތް ރަހަ ދޭ ލުއި ބުއިންފަދަ ތަކެތީގެ އެ ރަހަ ރީޗަށް މުޅި ބުއިމުންވެސް ދޭނެ ގޮތަށް މިކްސްކޮށް ބެހެއްޓުމުގެ ބޭނުމުގައެވެ.

އެމެރިކާގެ އެފްޑީއޭގެ ނިންމުމާއިއެކު އޮގަސްޓު ދެ ވަނަ ދުވަހުން ފެށިގެން ބީވީއޯ އެކުލެވޭ ތަކެތި ވިއްކުން މަނާވެގެންދާނެއިރު އެފަދަ ތަކެތި ފިހާރަތަކުގެ ޝެލްފުތަކުން ހުސްކުރުމަށް 1 އަހަރުގެ މުއްދަތެއް ދޭނެކަމަށެވެ. އަދި އެ ދުވަސްތަކުގެ ތެރޭގައި ކުންފުނިތަކަށް ފޯމިއުލާ ބަދަލުކޮށް ރީލޭބަލް ކުރުމަށް ފުރުސަތު ލިބިގެންދާނެކަމަށެވެ. ނޫސްތަކުން ބުނާގޮތުން މިއީ އެމެރިކާގައި ވިއްކަމުންދާ 70 ޕްރޮޑަކްޓެއްގައި ބޭނުންކުރާ އެއްޗެއްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: