ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރަމްޕު ބައިޑެންގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެއްޖެ!

ބައިޑެން އަދި ޓްރަމްޕު: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެ ގައުމުގެ މިހާރުގެ ރައީސް ޖޯބައިޑެެންގެ ހާރިޖީ ސިޔާސަތަށް ފާޑުވިދާޅުވެއްޖެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ޓްރަމްވަނީ ރަޝިއާއިން ޔޫކްރެއިންގައި ހިންގަމުންދާ ހަނގުރާމައާއި ހަމާސް ޖަމާއަތާއި އިސްރާއީލުގެ ދެމެދު ކުރެވެމުންދާ ހަނގުރާމަ ފާހަގަކޮށް ޖޯބައިޑެންގެ ބެއްލެވުމުގެ ދަށުން މުޅި ދުނިޔެ ގޮވަމުންދާޚަމަށް ވިދާޅުވެފައެވެ.

ޓްރަމްޕު ވިދާޅުވީ، ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިންގެ ހުށައެޅުންތަ ބަލައިނުގަނެވޭނެކަމަށެވެ. އަދި އިިސްރާއިލުން ހަމާސްއާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތައްވެސް ނިމުމަކާއި ހިސާބަށް ގެންދިއުމަށް އޭނާ އިރުޝާދު ދެއްވިއެވެ. އެހެންނަމަވެސް އޭނާ ހަނގުރާމައިގެ ހާލަތުގައި އަމަލުކުރާނެ ގޮތާއިމެދު މީޑިއާތަކުން ސުވާލު ކުރުމުން އެކަމަށް އެކަށީގެންވާ ޖަވާބެއް ނުދެއްވާކަމަށްވެސް ބުނެފައިވެއެވެ. އޭގެ ބަދަލުގައި އޭނާ ދެއްކެވީ އީރާނުން ޓެރަރިޒަމްއަށް ފައިނޭންސް ކުރާ ވާހަކައާއި ބައިޑެންގެ ބެއްލުވުމުގެ ދަށުން އަފްގާނިސްތާނުގައި ކަންކަން ގޯސްވެގެންދިޔަ ވާހަކަ ކަމަށް ރިޕޯޓުތަކުގައިވެއެވެ.

ޓްރަމްޕުގެ މި ފާޑުކިޔުންތައް މީޑިއާތަކުން އަންދާޒާކޮށްފައިވާއިރު، އޭނާވަނީ އެމެރިކާއިން ޔޫކްރެއިންއަށް އަސްކަރީ އެހީ ދިނުމުގައި އަމަލުކުރަމުންދާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކޮށްފައިކަމަށާއި ނޭޓޯއިން ދޭންޖެހޭ އެއްބާރުލުން ނުލިބޭކަމަށްވެސް އިޝާރާތްކުރެއްވިކަމަށް ބުނެފައިވެއެވެ.

ބައިޑެންވަނީ ޓްރަމްޕުގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ. އަދި އޭނާގެ އަމަލުތައް ހުންނަނީ ބުއްދި ފިލައިގޮސްފައިވާ މީހެއްގެ އަަމަލުތައް ހުންނަ ފަަދަ ގޮތަކަށް ކަމަަށް ބައިޑެން ސިފަކުރެއްވިއިރު، ޓްރަމްޕުގެ ވާހަކަތަކުން އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް ދިން ހަމަލާގެއް ސީރިއަސްކަން ގެއްލޭކަމަށާއި ޓްރަމްޕުގެ އަމަލުތަކުން ރަޝިއާއަށް ހިތްވަރު ލިބިގެންދާކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން ޓްރަމްޕުވަނީ ޕުޓިން ބޭނުންކަމެއް ކުރެއްވުމަށް މީގެ ކުރިން ވިދާލުވެފައިކަމަށާއި ނޭޓޯގެ ގައުމުތަކުން ދިފާއީ ކަންކަން ކަށަވަރުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތަތައް ނުކުރާ ހާލަތެއްގައި ޕުޓިން ބޭނުން ފިޔަވަޅެއް އެޅުއްވުމަށް ޓްރަމްޕު ބާރު އެޅުއްވިކަމަށް ބައިޑެން ތުހުމަތުކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: