ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ޔޫކްރެއިންއަށް 275 މިލިއަން ޑޮލަރުގެ ބަރު ހަތިޔާރުދެނީ!

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގެ ކާރކީވް ސަރަހައްދުގައި ރަޝިއާއިން ދެމުންދާ ހަމަލާތަކުން ދިފާއުވުމަށް އެހީގެ ގޮތުގައި އިތުރު 275 މިލިއަން ޑޮލަރުގެ އަސްކަރީ ވަސީލަތްތައް އެ ގައުމަށް ފޮނުވަމަށް އެމެރިކާއިން ނިންމައިފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުންވަނީ ޔޫކްރެއިންގެ ރައީސް ކާރކީވް ސަރަަހައްދު ރަޝިއާއަށް ދެވެން ނެތްކަމަށް ވިދާޅުވެފައިވާކަން ރިޕޯޓުކޮށްފައެވެ. އަދި އެ ސަރަހައްދު ދިފާއުކުރުމަށްޓަކައި އެ ގައުމަށް އެހީގެ ގޮތުގައި ބޭނުންވަނީ އެމެރިކާއިން އުފައްދާ މިސައިލް ޑިފެންސް ސިސްޓަމެއްކަަމަށްވާ ޕޭޓްރިއަޓްގެ ދެ ސިސްޓަމްކަމަށްވެސް ރިޕޯޓުތަކުގައިވެއެވެ.

އެމެރިކާގެ ގާނޫނު ހަދާ ފަރާތްތަކުންވަނީ ވޮލޮޑޮމިރް ޒެލެންސްކީގެ މި އެދުމަށް އިޖާބަ ދިނުމުގެ ގޮތުން އެ ގައުމުގެ މަޖިލީހަށް ހުށައެޅިފައި އޮންނަތާ ދުވަސްތަކެއް ވެފައިވާ އެހީ ފޯރުވުމާއި ގުޅޭ ބިލެއް ނިމިދިިޔަ މަހުގެ ތެރޭގައި މާސްކޮށްފައިކަމަށްވެސް މީޑީއާތަކުން ބުނާއިރު، މިހާރު ދިނުމަށް ކަނޑައެޅިފައިވާ 275 މިލިއަން ޑޮލަރުގެ އަސްކަރީ އެހީއަކީ އެ ބިލު ފާސްކުރެވުނު ފަހުން ހަތަރު ފަނަ ފުރުސަތަށް ދެވޭ އެހީކަމަށްވެސް ބުނެފައިވެއެވެ. އަދި ބައިޑެންގެ ސަރުކާރުންވަނީ ދިފާއީ މަސައްކަތްތަކުގައި ޔޫކްރެއިންއަށް ވާގިވެރިވުމުގެ ގޮތުން ހަތިޔާރު ފޯރުކޮށްދެމުން ގެންދިއުމަށް ވައުދުވެފައިކަމަށްވެސް ބައެއް ފަރާތްތަކުން ޝައިއުކޮށްފައިވެއެވެ.

ރިޕޯޓުތަކުގައިވާގޮތުން ޔޫކްރެއިންއަށް ފޮނުވުމަށް ހަމެޖެހިފައިވާ އަސްކަރީ ޕެކެޖުގައި ހައި މޮބިލިޓީ އާޓިލަރީ ރޮކެޓް ސިސްޓަމްތަކާއި އެހެނިހެން ގިނަ ބަރު ހަތިޔާރުތައްވެސް ހިމެނޭނެކަމަށެވެ. އަދި އިސްރާއިލުގެ އަސްކަރިއްޔާގެ ތެރޭގައި ޑިމާންޑު ބޮޑު ވަޒަނުގެ ބާވަތެއްކަމަށްވާ ބަޑިބޭސް އަޅާފައިވާ އާޓިލަރީ ވަޒަންވެސް ހުންނާނެކަމަށް އެމެރިކާގެ ދެ އޮފިޝަލަކު މައުލޫމާތު ދީފައިވާކަމަށްވެސް ރިޕޯޓުތަކުގައިވާއިރު ޖެވެލިން އައި އޭޓީ4 އެންޓި ޓޭންކު ސިސްޓަމްތަކާއި އެންޓި ޓޭންކު މައިންގެ އިތުރުން ޓެކްޓިކަލް އުޅަނދުތަކާއި ލުއި ހަތިޔާރާއި އެތަކެއްޗަށް ބޭނުންވާ ވަޒަންވެސް ހުންނާނެކަމަށް ބުނެފައިވާއިރު މި މައުލޫމާތުތައް ދީފައިވަނީ ނަން ހާމަނުކުރުމަށް ޝަރުތުކޮށްކަމަށްވެސް ބައިނަލްއަގުވާމީ ނޫސް އެސޯސިއޭޓެޑް ޕްރެސް އިން ރިޕޯޓުކޮށްފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: