ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްލެކްސީ ސަރަހައްދުގައި ޔޫކްރެއިންއަށް ބޮޑު ކާމިޔާބީއެއް!

ނޭވީ އުޅަނދުތަކެއް: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

ބްލެކް ސީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ރަޝިއާގެ ސިފައިން އެ ސަރަހައްދުން ފޮނުވާލުމުގައި ބޮޑެތި ކާމިޔާބީތަކެއް ލިބިފައިވާކަމަށް ޔޫކްރެއިން އިން ބުނެފިއެވެ.

ބައިނަލްއަގުވާމީ މީޑިއާތަކުން ބުނާގޮތުން ޔޫކްރެއިންގެ ނޭވީއިންވަނީ ބްލެކް ސީ ސަރަހައްދުގައި ތިބި ރަޝިއާގެ ސިފައިންނަށް ހަމަލާތަކެއް ދެމުންދާ ކަމުގެ މައުލޫމާތު ދީފައެވެ. އަދި އެ ހަމަލާތައް މެދުވެރިކޮށް އެ ސަރަހައްދުގެ ސިފައިންގެ ހަރަކާތްތައް ހުއްޓުމަކަށް ގެނައުމުގައި ކާމިޔާބުވެފައިވާކަމަށާއި ލިބިފައިވާ ބޮޑެތި ގެއްލުންތަކުގެ ސބަބުން ގިނަ އަދަދެއްގެ އުޅަނދުތައް މިހާރު އެހެނިހެން ސަރަހައްދުތަކަށް ގޮސް ރައްކައުތެރިކަން ހޯދަމުންދާކަމަށްވެސް މައުލޫމާތު ދީފައިވެއެވެ. އަދި މި ކާމިޔާބީއަކީ ސީ ޑްރޯން ބޭނުންކޮށްގެން ދިން ހަމަލާތަކެއްގެ ނަތީޖާކަމަށްވެސް ބުނެފައިވެއެވެ.

ޔޫކްރެއިންގެ ނޭވީގެ ވައިސް އެޑްމިރަލް އޮލެކްސީ މީޑިއާތަކަށް ހާމަކުރިގޮތުން ހަމަލާ ދިނުމުގެ ގާބިލުކަން ހުރި ރަޝިއާގެ ހުރިހާ އުޅަނދެއް މިހާރު ވަނީ ކުރިން ތިބި ތަނުން އެހެން ސަރަހައްދުތަކަށް ގެންގޮސްފައެވެ. އަދި އެ ސަރަހައްދުގައި ހުންނަ ސެވަސްޓަޕޯލް ހެޑްކުއާޓަރަކީ ޓްރެއިނިންގް އާއި މަރާމާތުގެ އިތުރުން ހަތިޔާރު ރައްކައުކުރުމުގައިވެސް ބޭނުންކުރާ ތަނެއް ކަމަަށް ބުނެފައިވާއިރު، 2014 ގައި ރަޝިއާއިން ކްރައިމިއާ ހިފި އިރު އެ ގައުމުގެ ނޭވީގެ ގިނަ އުޅަނދުތައް ގެއްލިފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެހެންކަމުން މިހާރު މައިގަނޑު ގޮތަކަށް އެ ގައުމުން ރަޝިއާގެ ކަނޑުމަތީ އަސްކަރިއްޔާއަށް ހަމަލާ ދެމުންދަނީ ސީ ޑްރޯން ބޭނުންކޮށްގެންކަމަށާއި އެމެރިކާގެ މިސައިލުތައްވެސް ބޭނުންކުރާކަމަށް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: