ޔޫކްރެއިން ރަޝިއާ ދެމެދު ސުލްހަ ގާއިމުކުުރުމަށް ތައްޔާރުކަމަށް އެ ގައުމުގެ ރައީސް ވޮލޮޑޮމިރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.
ބައިނަލްއަގުވާމީ މީޑިއާތަކުންު ބުނާގޮތުން ޒެލެންސްކީވަނީ ސްވިޒަލެންޑުގައި ކުރިއަށް ގެންދިޔަ ބައްދަލުުވުމެއްގައި ސުލްހައިގެ މަޝްވަރާތަކަށް ބާރުއަޅުއްވާފައެވެ. އެގޮތުން ރަޝިއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ސުލްހަ އެކަނި ބޭނުން ނުވާ ނަމަވެސް އޭނާ ހުންނެވީ އެ ގައުމާއިއެކު ޝަރުތަކެއްގެ މަތިން ސުލްހަ ގާއިމުކުރުމަށް އެއްބަސްވުމަށް ތައްޔާރަށްކަމަށް ހިއްސާކުރެއްވިއެވެ./
ރިޕޯޓުތަކުގައިވާގޮތުން އެތައް ބިލިއަން ޑޮލަރެއްގެ އަސްކަރީ އެހީ ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް ފޯރުކޮށްދީފައިވާނަމަވެސް އެ ގައުމަށް ކާމިޔާބީގެ ކޮޅުމަތިފެނިފައިނުވެއެވެ. އަދި މިހާރު މި ހަނގުރާމަ ދެ އަހަރަށްވުރެ ދިގުލައިގެން ގޮސްފައިވާކަމަށް ބުނެފައިވާއިރު ޗައިނާ ނުހިމެނި 80 ގައުމަކުންވަނީ މަޝްވަރާތަކަށް ހުޅުވާލުމަށް ގޮވާލައި ޔޫކްރެއިން އާއި އެއްބަސްވާކަން ހާމަކޮށްފައިކަމަށްވެސް ބުނެފައިވެއެވެ.
ގައުމުތަކުންވަނީ މަޝްވަރާތަކުގެ ތެރޭގައި ނިއުކްލިއަރ ހަތިޔާރުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކުގެ އިތުރުން ކާބޯތަކެތީގެ ރައްކައުތެރިކަން ކަށަވަރުކުރުމާއި ގައިދީން ބަދަލުކުރުމުގެ މައްޗަށްވެސް އަލިއެޅުވުން މުހިންމުކަން ފާޙަގަކޮށްފައެވެ. އަދި ޒެލެންސްކީވެސް ވަނީ މި ބައްދަލުވުމަކީ ކުރިއެރުންތަކެއް ހޯދުމުގެ ފުރުސަތުތައް ފަހި ބައްދަލުވުމެއްކަން އެއްބަސްވެވަޑައިގަންނަވާކަން ހިއްސާކުރައްވާފައެވެ.
އެހެންނަމަވެސް މިހާރު ހުޅަނގުގެ ގައުމުތަކުން ޔޫކްރެއިންއަށް އަސްކަރީ އެހީ ފޯރުވަމުންދާ މިންގަނޑުތަކުގައި އެ ގައުމަށް ކާމިޔާބު ކަށަވަރުނުވާކަމަށް ވިދާޅުވިކަމަށާއި އެހީދިނުމުގައި ލަސްވެގެންދާކަމަށްވެސް އިޝާރާތްކުރެއްވިކަމަށް ރިޕޯޓުތަކުގައިވެއެވެ. އޭނާ ވިދާޅުވީ، ރަޝިއާ ބޭނުން ވެއްޖެ ހާލަތެއްގައި މާދަމާވެސް އެ ގައުމާއިއެކު ސުލްހަ ގާއިމުކުރަން މަޝްވަރާތައް ފަށަންވީކަމަށެވެ. އަދި އެކަން އެއްވެސް ހުރަހެއް ނެތި ކުރެވެން އޮތްނަމަވެސް ޔޫކްރެއިންގެ ސަރަހައްދީ އިމުން ސިފައިން ބޭލުން ޝަރުތުކޮށްފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.
ޔޫރަޕިއަން ކޮމިޝަންގެ ރައީސް އާރސަލާ ވަނީ ރަޝިއާ އާއިއެކު ސުލްހަ ގާއިމު ނުކުރެވޭނެކަމަށް ވިދާޅުވެފައިކަމަށްވެސް މީޑިއާތަކުން ފާޙަގަކުރެއެވެ. އެގޮތުން ޕުޓިން މި ހަނގުރާމަ ނިންމާލަން ބޭނުން ނުވާކަމަށާއި ހުށައެޅުންތަކަށް ދެކޮޅު ހަދަމުންދާކަމަށްވެސް ހިއްސާކުރެއްވިއެވެ. އަދި އޭނާ ގެންދަވަނީ ޔޫކްރެއިން އިން ހަތިޔާރުތައް ދޫކޮށްލުމަށް ބާރުއަޅުއްވަމުންކަމަށާއި އެކަމުގެ ސަބަބުން ބަލިކަށިވެގެންދާނެކަމަށް ވުމުން އެއްވެސް ގައުމަކުން އެއްބަސް ނުވާނެކަމަށް ފާހަގަކުރެއްވިއެވެ.

