ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބައިޑެންއަށް ކޮވިޑްޖެހި ކެމްޕެއިން ހުއްޓުމަކަށް!

އެމެރިކާގެ ރައީސް ޖޯ ބައިޑެން: ފޮޓޯ/ ސޯޝަލްމީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރު ދައުރެއް ހޯއްދެވުމަށް ކެމްޕެއިން ކުރައްވަމުންދާ އެމެރިކާގެ ރައީސް ޖޯ ބައިޑެންއަށް ކޮވިޑް ޖެހިއްޖެއެވެ.

ލަސްވޭގަސްގައި ކެމްޕެއިން ކުރައްވަމުންދަނިކޮށް ބައިޑެންއަށް ކޮވިޑް ޖެހިފައިވާކަން އެމެރިކާގެ ރައީސް އޮފީސް ވައިޓްހައުސްއިންވަނީ ކަށަވަރުކޮށްދީފައެވެ. ވައިޓްހައުސްއިން ބުނެފައިވާގޮތުން ބައިޑެންއަކީ ދެ ފަހަރެއްގެ މަތިން ބޫސްޓާރ ޖައްސަވައިގެން ހުންނެވި މީހެކެވެ. އަދި އޭނާގެ ކިބައިން ބަލީގެ އަލާމާތްތައް ފެންނަނީ ދަށް މިންގަނޑަކަށް ކަމަށްވެސް މައުލޫމާތު ދީފައިވެއެވެ.

މިކަމާއި ގުޅިގެން ބައިޑެންވަނީ ސެލްފް އައިސަލޭޝަންއަށް ވަޑައިގެންފައެވެ. އެހެންކަމުން މި ދުވަސްކޮޅަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ހަރަކާތްތައްވެސް ކެންސަލްވެފައިވާކަމަށް ރިޕޯޓުތަކުގައިވެއެވެ.

ބައިޑެންއަށް މި ގޮންޖެހުންތައް ކުރިމަތިވެފައިވަނީ ވާދަވެރި ކެންޑިޑޭޓު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ކެމްޕެއިން މަސައްކަތްތަކުގެ ފޯރި އިތުރުވެ އޭނާއަށް ތާއީދު އިތުރުވެފައިވާކަމަށް ފެނިގެންދާ ދުވަސްވަރެއްގައެވެ. ޓްްރަމްޕުގެ ފުރާނައަށް ހަމަލާއެއް އަމާޒުކޮށްފައިވެއެވެ.

ވައިޓް ހައުސްއިން ބުނެފައިވާގޮތުން ބައިޑެން ދުވަސްކޮޅެއް ވަންދެން ހުންނަވާނީ ޑެލަވެއަރގައި ހުންނަ ބީޗް ހައުސްއެއްގައިއެވެ. އެހެންނަމަވެސް މިކަމުގެ ސަބަބުން ކެމްޕެއިންއާއި ދުރުގައި ހުންނަވާނީ ކިތައް ދުވަސްކަމެއް ސާފުނުވާކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: