ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިމްތިޔާޒަށް އަރައިގެންފިނަމަ ގައުމު ބޮއްސުންލައިގެން ހިނގައިދާނެ: މަވޯޓާ ޝަރީފް

މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަދި މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ބެހޭ މައްސަލައިގައި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ގޮވައިގެން ކޯޓަށް ދިއުމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ގޮވާލައްވައިފިއެވެ.

ޝަރީފް ވިދާޅުވީ އިމްތިޔާޒްގެ މައްސަލައިގައި މަޖިލިސް ހިސޯރުކޮށްގެން އެއްވެސް ފަރާތަކަށް ނުހުރެވޭނެ ކަމަށާއި އެފަދައިން އަމަލުކޮށްފިނަމަ ގައުމު ބޮއްސުންލައިގެން ހިނގައިދާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒާއި ގުޅޭ މައްސަލައިގައި މެމްބަރުން ބަހުގެ ހަމަލާތައް ބަދަލުކުރަމުންދާއިރު، އެންމެ ފަހުން ބޭއްވި ދައުރުން ބޭރު ޖަލްސާގައި ވަނީ ގޮތެއް ނުނިމިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހު ބޭއްވި ޖަލްސާގައި ރިޔާސަތު ބަލަހައްޓަވާފައިވަނީ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފްއެވެ. އަފީފް ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ހިމެނޭ ދަފްތަރަށް އައިސްފައިވާ ބަދަލާއި ގުޅިގެން ޖަލްސާ ކުރިއަށްގެންދެވެން ނެތްކަމަށެވެ.

އަފީފްގެ ނިންމުމާއި ދެކޮޅަށް އެމްޑީޕީ މެމްބަރުންގެ ފާޑުކިޔުންތައް އަމާޒުވި ނަމަވެސް ރިޔާސަތުން މަޖިލީހުގެ ޖަލްސާ ގޮތެއް ނުނިމި ވަނީ ނިންމާލާފައެވެ. އަފީފް އިތުރަށް ވިދާޅުވީ މަޖިލީހުގައި ސިޔާސީ ޕާޓީތައް ތަމްސީލްކުރާ ގޮތަށް ބަދަލު އައުމަކީ މަޖިލިސް ކުރިއަށް ނުގެންދެވޭނެ ފަދަ ހާލަތެކެވެ. އެހެންކަމުން ޖަލްސާ ކުރިއަށްގެންދާނެ މާހައުލެއް ފެންނަން ނެތް ކަމަށް އަފީފް ވިދާޅުވިއެވެ.

އަފީފްގެ ނިންމުމަށް އިދިކޮޅު މެމްބަރުންގެ ތާއީދު ލިބިފައިވާއިރު ސަރުކާރާއި އެމްޑީޕީގެ މެމްބަރުން ވަނީ އެކަން ހިނގައިދިޔައީ ގޯސްކޮށްކަމަށެވެ.

މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާ ނިންމާލުމަށްފަހު، މަޖިލީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގައި ޖެއްސުން ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމަށެވެ. މަޖިލީހުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފެށުމަށް ތައްޔާރުވަމުންދާއިރު މަޖިލީހުގެ ކޮމިޓީތަކުގެ މައްސަލަ އަދި މިހާތަނަށް ވަނީ ހައްލުވާގޮތް ނުވެފައެވެ.

މަޖިލީހުގެ ކޮމިޓީތަކަށް ބަދަލު އައިސްފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ މެމްބަރުންތަކެއް އެޕާޓީއިން ވަކިވެ އެހެން ޕާޓީ އަކާއި ގުޅުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިންނެވެ. އެމަސައްކަތުގައި މަޖިލީހުގެ ރައީސް އާއި ނައިބުރައީސްގެ އިތުބާރުނެތްކަމުގެ މައްސަލަ އެމްޑީޕީން ވަނީ ހުށަހަޅާފައެވެ.

އެމްޑީޕީގެ އިތުރުން އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީގެ އިތުރުން ޖުމްހޫރީ ޕާޓީ އިން ވަނީ ޗާގޮސްގެ މައްސަލައިގައި ދައުލަތުގެ ބައެއް ވަޒީރުންގެ އިތުބާރުނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.

ކަނޑުވިއްކާލި ކަމަށް ބުނެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި އެޓަރނީ ޖެނެރަލް އިބްރާހިމް ރިފްއަތުގެ އިތުބާރުނެތް ކަމުގެ މައްސަލަ އިދިކޮޅުން މަޖިލީހުގެ ތަޅުމަށް ހުށަހެޅިއެވެ. މަޖިލީހުގެ ތަޅުމަށް ރިފްއަތު ހާޒިރު ކޮށް އިތުބާރުނެތް ކަމުގެ މައްސަލައިގައި ޖަވާބުދާރީވުމަށް އިދިކޮޅުން ގޮވާލީ ރިފްއަތު ލިޔުމުން ޖަވާބު މަޖިލީހަށް ހުށަހެޅުމާއި ގުޅިގެންނެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން، ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި އިދިކޮޅު ހުރިހާ ފަރާތްތަކުން އެއްގަލަކަށް އަރައި ސަރުކާރާއި ދެކޮޅަށް ވަނީ ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: