ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދިވެހިން މިއަދު އެދެނީ ކޮންކްރީޓް ތަރައްގީއަކަށް ނޫން: ނަޝީދު

ދަ ޑިމޮކްރެޓްސް ގެ ޖަލްސާގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ: / ފޮޓޯ: ދަޑިމޮކްރެޓްސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިން އެދެނީ ކޮންކްރީޓް ތަރައްގީއެއް ނޫން ކަމަށް އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވަނީ މިސަރުކާރުގެ މެގަ ޕްރޮޖެކްޓަކީ އަމީނީމަގުގައި ތާރުއެޅުން ކަމަށް ވިދާޅުވެ އެ މަޝްރޫއަށް ފާޑުވިދާޅުވެފައެވެ.

އެއޮތީ އަމީނީ މަގުގެ މެދެއްހާތަނުގައި ތާރުކޮޅެއް ފަތުރާލާފައި، އެތަރައްގީ ދިވެހިން މިއަދު ބޭނުމެއް ނުވޭ

ރޭ ޑިމޮކްރެޓްސް އުފެއްދުމަށް ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސް ނަޝީދު ވަނީ މާޒީގައި އެމަނިކުފާނު ވާދަކުރެއްވި އިންތިހާބުތަކާއި ބެހޭގޮތުން ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން 2008 ވަނަ އަހަރުގެ އިއްތިހާދީ ވެރިކަން ރައްޔިތުން ބަލައިގަނެފައިވާކަމަށް ނަޝީދު ވިދާޅުވިއެވެ.

ދިވެހިންނެއް ނޭދޭ އަޅުގަނޑުމެން ޒުވާބު ކުރަމުން ފުރައްސާރަކުރަމުން ޒުވާބު ކުރަމުން އެކަކު އަނެކަކަށް ހިނގާކަށް. ރާއްޖޭގެ ރައްޔިތުން އެދެނީ އެވެރިންގެ ކަންކަމާ އަޅުގަނޑުމެން އުޅުން

ރައްޔިތުންގެ ފައިސާ ދެފުށްފެންނަ ގޮތުގައި ނޫނީ ހަރަދުނުކުރާނެ ކަމަށް ސަރުކާރުން ވައުދުވި ނަމަވެސް އެކަން ނެތިގޮސްފައިވާ ކަމަށާއި ރައްޔިތުންނަށް ވީ ވައުދުތަކުގެ މަތިން ހަނދާންނެތިފައިވާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ޑިމޮކްރެޓްސް އުފެއްދުމުގެ ހަގީގީ އަމާޒަކީ ރައްޔިތުން އެދޭ ހެޔޮވެރިކަމެއް ކޮށްދީ ރައްޔިތުންގެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެެވެ.

މިސަރުކާރުން ވައްކަން އޯކޭވެފައިވާ ކަމަށް ދެއްކެވި ވާހަކަ ތަކުރާރުކޮށް ނަޝީދު ވިދާޅުވީ އުމްރާނީ މަސައްކަތަކީ ކޮންޓްރެކްޓްތައް އެކި މީހުންނަށް ދިނުން ކަމަށްވިދާޅުވެ ނަޝީދު ވިދާޅުވީ އިގްތިސާދުގެ ދުވެލިހަލުވިކޮށް ކުރިއެރުވުން ކަމަށެވެ.

ދިވެހިރާއްޖޭގެ ޖީޑީޕީ އާއި ދައުލަތުގެ އާމްދަނީ އާއި ޓެކްސްގެ ނިޒާމް ތައާރަފްކުރެވި އޭގެ ނަފާ ސީދާ ރައްޔިތުންނަށް ލިބެމުންދާކަމަށް ނަޝީދުގެ ވާހަކައިގައި ވިދާޅުވިއެވެ.

2008 ވަނަ އަހަރު އުފެދުނު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި ޓެކްސްގެ ނިޒާމް ތައާރަފްކުރެވި އެނިޒާމުން ރައްޔިތުންނާއި ސަރުކާރުގެ މާލިއްޔަތު ކުރިއަރައިގެން ދިޔަކަން ނަޝީދު ފާހަގަކުރެއްވިއެވެ.

ކޮރަޕްޝަނާއި ހިޔާނާތުގެ ވާހަކަ، މިސަރުކާރުން ދައްކައި އެކަމުގެ ރާގުބަދަލުވެގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ. އެގޮތުން މިނިވަން މުއައްސަސާތަކަށް ކުރި އިތުބާރު ފަނޑުވެގޮސްފައިވާކަމަށް ވިދާޅުވެ އިންސާފުވެރިގޮތުގައި ދައުލަތުގެ މާލިއްޔަތު ބޭނުންކުރާނެ ގޮތުގެ އުއްމީދާއި ތަސައްވުރު ފަނޑުވެގެން ގޮސްފައިވާ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: