ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ހަރަދުގައި އެކައުންޓިން ދާއިރާއިން ސްކޮލާޝިޕް ދީފި

ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ސަރުކާރުގެ ހަރަދުގައި އެކައުންޓިން ދާއިރާއިން ސްކޮލާޝިޕްގެ ފުރުސަތު ދީފިއެވެ.

މީގެ ކުރިންވެސް މި ދާއިރާއިން 173 ކުދިންނަށް ވަނީ ސްކޮލާޝިޕް ދޫކޮށްފައިވާއިރު، ހަޔަރ އެޑިއުކޭޝަން މިނިސްޓްރީއިން މައުލޫމާތުދީފައިވާ ގޮތުގައި، މިއީ ޗާޓާޑް ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީން ކުރުމަށް ދިން ފުރުސަތުތަކެކެވެ.

މިއަހަރުގެ ފެބުރުއަރީ މަހު ހުޅުވާލި މި ފުރުސަތުގައި 202 މީހުންނަށް ސްކޮލަރޝިޕް ދީފައިވެއެވެ. އެއީ ޕަބްލިކް ސެކްޓާއަށް ހުޅުވާލައިގެން ދިން 50 ޖާގަ އާއި އޯޕަން ކެޓެގަރީއަށް ހުޅުވާލާ 152 ޖާގައެވެ.

މިއީ އެސޯސިއޭޝަން އޮފް ޗާޓާޑް ސެޓިފައިޑް އެކައުންޓެންޓްސް އަދި ޗާޓާޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓެންޓްސް ދާއިރާއަށް ހާއްސަކޮށްގެން ހުޅުވާލި ސްކޮލަރޝިޕް ސްކީމްއެކެވެ.

މި ސްކޮލަރޝިޕްއަށް ސަރުކާރު ދޭ ހަރަދުތަކުގެ ތެރޭގައި ހިމެނެނީ، ރަޖިސްޓްރީ އަދި ރީ-ރަޖިސްޓްރޭޝަން ފީ އާއި، ރީ-ރަޖިސްޓްރޭޝަން އާއި އެގްޒެމްޝަން ލިބޭ ފަރާތްތަކަށް އެގްޒެމްޝަން ފީ އަދި އެގްޒާމް ފީގެ އިތުރުން، މެމްބާޝިޕް ފީ އާއި  ބުކް އެލަވަންސް ފީއެވެ.

ރާއްޖޭގައި ހިންގާ ރަޖިސްޓަރޑް ކޮލެޖަކުން ނުވަތަ ޔުނިވާސިޓީއަކުން ކިޔަވާނަމަ ޓިއުޝަން ފީ ފިޔަވައި، އެހެން ހުރިހާ ހަރަދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ސްކޮލަރޝިޕްއަށް ހޮވުނު ދަރިވަރުންނަށް ކޮށްފައިވާ ޝަރުތުތަކުގެ ތެރޭގައި ހިމެނެނީ، ދެ އަހަރުގެ ތެރޭގައި ކިޔަވައި ނިންމުމާއި، އަދި ދެ އަހަރު ރާއްޖެއަށް ހިދުމަތްކުރުމެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: