ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ތިބި ދިވެހިން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވަނީ ފަށާފައި: ހަޔާ އެޑިއުކޭޝަން

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގައި ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް ގެނައުމުގެ މަސައްކަތް ފަށާފައިވާކަމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

މިގޮތަށް ބުނެފައި މިވަނީ ޔޫކްރެއިންގައި ރަޝިޔާއިން ހަނގުރާމަ ފަށާފާނެ ކަމުގެ ބިރު އިންތިހާއަށް ބޮޑުވެ އެ ގައުމުގެ މަޝްރަހު ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އެއާލައިންތަކުން ދަތުރުތައް ހުއްޓަފާނެ ކަމުގެ ބިރުގައި އެގައުމުގައި ދިވެހި ދަރިވަރުންތަކެއް މިވަގުތުވެސް އެބަތިއްބެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދީފައިވާ ގޮތުގައި ރާއްޖެއަށް އަނބުރާ އަންނަން ބޭނުންވާ ދަރިވަރުންނަށް މާލީ އެހީތެރިކަން އެމިނިސްޓްރީއިން ފޯރު ކޮށްދޭނެއެވެ. ނަމަވެސް ސީދާ ތިބީ ކިތައް ދަރިންވަރުން ކަމެއް ހޯދިފައިނުވާކަން މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފޮރީން މިނިސްޓްރީއިން ބުނެފައިވަނީ އަދިވެސް ކުރިއެކޭ އެއްގޮތަށް ފްލައިޓްތަށް ދަތުރު ކުރާކަމަށެވެ. އަދި މިކަމާއި ގުޅޭ އިތުރު މައުލޫމާތު ފަހުން ފޯރުކޮށްދޭނެ ކަމުގައެވެ.

ހަޔާ އެޑިއުކޭޝަން އިން މައުލޫމާތު ދޭގޮތުގައި ތިބީ 49 ދަރިވަރަކާއި ދަރިވަރެއްގެ އާއިލާ ފަރާތެއްކަމަށެވެ. މިނިސްޓްރީން ދަނީ އެފަރާތްތަކާއި ގުޅައި ވީހާވެސް އަވަހަކަށް ރާއްޖެ ގެނައުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް މިނިސްޓްރީއިން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: