ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްކިޔުއޭ އިން ގަބޫލުނުކުރާ ސަނަދުތަކަށް ސަމާލުވުމަށް އެދިއްޖެ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީ (އެމްކިޔުއޭ) އިން ގަބޫލުނުކުރާ ކަމަށް އިއުލާންކޮށްފައިސާ ސަނަދުތަކުގެ މައުލޫމާތު އިޝްތިހާރު ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް އެ އޮތޯރިޓީއިން އެދިއްޖެއެވެ.

ރާއްޖޭގައި މަތީތައުލީމާއި ތަމްރީނުގެ ސަނަދުތައް ގަބޫލުކުރުމަކީ އެމްކިއުއޭ އަށް ގާނޫނީ ގޮތުން ހަވާލުކުރެވިފައިވާ ޒިންމާއެކެވެ. އެހެންކަމުން ދަރިވަރުން ހާސިލްކުރާ ސަނަދުތަކަކީ އެމްކިޔުއޭ ގަބޫލުކުރާ ސަނަދެއްތޯ ބެލުމަށް އަބަދުވެސް އެއިދާރާއިން ދަނީ އިރުޝާދު ދެމުންނެވެ.

އެމްކިޔުއޭއިން ކުރި އިއުލާނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުން ހާސިލްކުރާ މަތީ ތައުލީމުގެ ސަނަދުތަކަކީ އެ އޮތޯރިޓީއަށް ހުށަހަޅައިގެން އެ އޮތޯރިޓީ ގަބޫލުކޮށް އެކަމަށް ހާއްސަ ތައްގަނޑުޖަހައި ވެލިޑޭޓް ކޮށްފައިވާ ސަނަދުތަކަކަށް ވާންޖެހޭ ކަމަށެވެ.

ސަރުކާރުގެ އެކި ވުޒާރާތަކުން ވަޒީފާ ދިނުމުުގައި ބަލައިގަންނާނީ އެމްކިޔުއޭ އިން ގަބޫލުކޮށްފައިވާ ސަނަދު ކަމަށްވާތީ ސަނަދުތައް ގަބޫލުކުރިތޯ ވަކިން ބޮޑަށް ސަމާލުވުމަށްވެސް އެ އޮތޯރިޓީއިން ވަނީ އެދިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: