ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫކްރެއިންގައި ތިބި 21 ދަރިވަރަކަށް މާލީ އެހީ

ހަޔަރ އެޑިއުކޭޝަން މިނިސްޓަރ، އިބްރާހިމް ހަސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫކްރެއިންގައި ތިބި 21 ދަރިވަރަކަށް މާލީ އެހީތެރިކަން ފޯރުކށްދީފައިވާކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ބުނެފިއެވެ.

ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީއިން ބުނީ ޔޫކްރެއިންއިން ރާއްޖެ ނާދެވި ތިބި 21 ދަރިވަރަކަށް މާލީ އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. މީގެ އިތުރުން މި ދަރިވަރުންނަށް ބީއެމްއެލް ކާޑުން ބޭރު ފައިސާގެ މުއާމަލާތް ކުރެވޭ މިންވަރު ވެސް މިހާރު އިތުރުކޮށްފައިވާ ކަމަށް މިނިސްޓްރީން ވަނީ ބުނެފައެވެ.

ޔުކްރެއިންގައި ރަޝިޔާއިން ހަނގުރާމަ ފަށާފައިވާއިރު، އެ ގައުމާ ކައިރި އެހެން ގައުމުތަކުގައި ތިބި ދިވެހިންގެ ހާލު ވެސް ބަލަމުން އަންނަކަމަށް ސަރުކާރުން ބުނެއެވެ. ޔުކްރެއިންގައި ތިބި ދިވެހިންނާ ގުޅިގެން އެންމެފަހުން ދިން އަޕްޑޭޓްގައި ފޮރިން މިނިސްޓްރީން ބުނީ، ހަނގުރާމަ ފެށިއިރު ރާއްޖެ ނާދެވި އެ ގައުމުގައި ތިބި ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ބަދަލުކުރުމަށް އެ އެ ސަރަހައްދާއި ރަހުމަތްތެރި އެހެން ގައުމުތަކުގެ ސަރުކާރާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

އެ ގައުމުގައި ތިބި ހުރިހާ ދަރިވަރުން މިއަދު ރާއްޖެ އަންނަން ނިންމާފައި ވިޔަސް، ހެނދުނު ހަނގުރާމަ ފަށައި އެއާޕޯޓް ދަތުރުތައް ހުއްޓުމަކަށް އައުމާ ގުޅިގެން ޔުކްރެއިން ދިވެހި 20 ދަރިވަރަކު ވަނީ ތާށިވެފަ އެވެ. އެ ހުރިހާ ދިވެހިންގެ ހާލު ރަނގަޅު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޔުކްރެއިންގައި ތިބި ދަރިވަރުންގެ އިތުރުން އެ ސަރަހައްދުގެ އެހެން ގައުމުތަކުގައި ތިބި ދަރިވަރުންގެ ހާލުތު ވެސް މިނިސްޓްރީން ބަލަމުންދާކަމަށް ވެސް ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ގައުމުތަކެއް ކަމާއިި އިތުރު ތަފުސީލެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މިވަގުތު ރަޝިއާގެ ބޯޑަރު ކައިރީގެ ސިޓީ ހާރްކިވްގައި ފަސް ދަރިވަރެއް ތިބިއިރު، ޔޫކްރެއިންގެ އިރުމަތީ ފަރާތު ސިޓީއެއް ކަމަށްވާ އިވަނޯ ފްރެންކިވްސްގައި 14 ދަރިވަރެއް އެބަތިއްބެވެ. އަދި އެހެން ސިޓީއެއް ގައި އިތުރު އެއް ދަރިވަރެއް އުޅެމުންދާކަމަށް މިނިސްޓްރީން މައުލޫމާތު ދެ އެވެ.

ރަޝިޔާގެ ރައީސް ލަޑިމިއާ ޕުޓިން ޔޫކްރެއިންގައި ހަނގުރާމަ ފެށިކަން އިއުލާންކުރި އިރު، ރާއްޖެ އަންނަން އަދި ދަތުރު ނުފެށޭ 20 ދިވެހިން އެ ގައުމުގައި ތިބި ކަމަށް ބެލެވޭއިރު، ޔޫކްރެއިންގެ ވައިގެ ދަތުރުފަތުރުތަކަށް ރަޝިއާއިން ހުރަސްއަޅާ، ބައެއް އެއާޕޯޓްތައް ވަނީ ބަންދުކުރަން ފަށައިފަ އެވެ. އަދި ބައެއް އެއާލައިންތަކުން ދަތުރުތައް ހުއްޓާލިއިރު، ރަޝިއާއިން ވަނީ ބައެއް އެއާޕޯޓުތަކަށް ވެސް ހަމަލާ ދީފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: