ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރުން ބޭރުން ދެވަނަ ޖަލްސާއެއް ބާއްވަނީ !

އިދިކޮޅުގެ މެމްބަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކާއި ބެހޭ މައްސަލައިގައި ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއާއި މަޖިލީހުގެ ވެބްސައިޓްގައި އާންމު ކޮށްފައިވާ ގޮތުން މަޖިލީހުގެ ދައުރުން ބޭރުން މިއަހަރު ބާއްވާ ދެވަނަ ޖަލްސާ އޮންނާނީ މިޖުލައި މަހުގެ 10 ވަނަ ދުވަހުއެވެ.

ރައްޔިތުންގެ މަޖިލީހުގެ  ދާއިމީ ކޮމިޓިތައް އެކުލެވިގެންވާ ގޮތަށް ބަދަލު އައިސްފައިވަނީ މަޖިލީހުގެ ސިޔާސީ ޕާޓީތަކާއިބެހޭ ދަފްތަރަށް އައި ބަދަލުތަކެއްގެ ސަބަބުންނެވެ.

މަޖިލީހުގައި ސިޔާަސީ ޕާޓީތައް އެކުލެވިގެންވާ ގޮތަށް ބަދަލު އައިސްފައިވަނީ އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ހިމެނޭހެން މެމްބަރުންތަކެއް އެޕާޓީ ދޫކޮށް އެހެންޕާޓީ އަކާއި ގުޅުނު ހިސާބުންނެވެ.

މިވަގުތު މަޖިލީހުގައި މިނިވަން މެމްބަރުންގެ އަދަދު ކުރިއަށްވުރެ އިތުރުވެފައިވީ ނަމަވެސް އަދިވެސް މަޖިލީހުގެ މެޖޯރިޓީޕާޓީ އަކީ ސަރުކާރު ހިންގުމުގައި އިސްވެ އޮތް އެމްޑީޕީއެވެ. އެމްޑީޕީގެ 55 މެމްބަރުން މިވަގުތު ރައްޔިތުންގެ މަޖިލީހުގައި އެބަތިއްބެވެ.

އެމްޑީޕީއަށް ފަހު ޕީޕީއެމް އަދި ޕީއެންސީ އެއްކޮށް މަޖިލީހުގައި 08 މެމްބަރުން ހިމެނޭއިރު ޖުމްހޫރީ ޕާޓީގެ 02 މެމްބަރުންނާއި މޯލްޑިވްސް ޑިވޮލަޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ދެ މެމްބަރުން މަޖިލީހުގައި އެބަތިއްބެވެ.

މީގެ އިތުރުން މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) އަށް ނިސްބަތްވާ 3 މެމްބަރަކު މަޖިލީހުގައި ތިބިއިރު، އެއްވެސް ޕާޓީތަކަށް ސޮއިކޮށްފައިނުވާ 18 މެމްބަރުން މަޖިލީހުގެ ދަފްތަރުގައި ހިމެނެއެވެ.

މަޖިލީހުގެ މިނިވަން މެމްބަރުންގެ ގޮތުގައި މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އިތުުރުން މަޖިލީހުގެ ނައިބުރައީސް  އަދި ގަލޮޅު އުތުރު ދާއިރާގެ ކުރީގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ ހިމެނިވަޑައިގަންނަވައެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ޖަލްސާތައް ނިންމައި މެމްބަރުން ޗުއްޓީއަށް ގޮސްފައިވަނީ ޖޫންމަހުގެ ތެރޭގައެވެ.

މަޖިލީހުގެ ކޮމިޓީތައް އެކުލެވިގެންވާ ގޮތަށް އައި ބަދަލާއި ގުޅިގެން އެމްޑީޕީއިން ދައުރުން ބޭރުން ޖަލްސާއެއް ބޭއްވުމަށް ހުށަހެޅީ 22 ޖޫންވީ ބުރާސްފަތި ދުވަހު ބޭއްވި މަޖިލީހުގެ ޖަލްސާ ނިމިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ލީޑަރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: