ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ކެމްޕެއިން: ކުރިއަށް އޮތް ދެ ދުވަހުން މުޅި ރާއްޖެ ކަވަރ ކުރާނަން: އާދަމް ޝަރީފް

މިނިވަން ކުރޭގެ ނަމުގައި އިދިކޮޅުން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ޕީއެންސީީގެ ނައބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވާހަކަ ދައްކަވަނީ/ ފޮޓޯ: މުހައްމަދު މާހީ - ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ރިޔަސީ ކެނޑިޑޭޓު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެމްޕެއިން ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެއެވެ.

އާދަމް ޝަރީފް މިފަދައިން ވިދާޅުވީ ރައީސް ޔާމީންގެ ކެމްޕެއިންގައި ދޮރުން ދޮރަށް ހިނގުމަށް ރާއްޖޭގެ ހުރިހާ ރަށެއްގައި ކުރިއަށް ގެންދިއުމަށް ތައްޔާރުވުމަށް ބޭއްވި މީޓިންގެ ފޮޓޯތައް ހިއްސާކުރައްވައެވެ.

އާދަމް ޝަރީފް ވިދާޅުވީ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށެއްގައި ދޮރުން ދޮރަށް ހިނގޭނެއެވެ. ކެމްޕއިން ޓީމްތަކުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާކަމަށް ވިދާޅުވެ، ރައީސް ޔާމީން އެއްބުރުން އިންތިހާބު ކާމިޔާބުކުރައްވާނެކަމުގެ ޔަގީންކަން އާދަމް ޝަރީފް ވަނީ ދެއްވާފައެވެ.

ރައީސް ޔާމީން 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރައްވަމުން ގެންދެވި ނަމަަވެސް، އިދިކޮޅުން ގަބޫލުކުރާ ގޮތުގައި ރައީސް ޔާމީންއަށް އިންތިހާބުގައި ވާދަކުރެވޭނެއެވެ. އަދި ތަކުރާރުކޮށް ބުނަމުންދަނީ އިދިކޮޅުގެ ހަމައެކަނި ޗޮއިސްއަކީ ރައީސް ޔާމީންކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރައީސް ޔާމީންގެ ކެނޑިޑޭސީ ފޯމު ހުށައެޅި ނަމަވެސް، އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ބާތިލްނުކުރާހާ ހިނދަކު ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެކަމަށެވެ. އަދި މިހާލަތުގައި ކެނޑިޑޭސީ ބަލައިނުގަނެގެން ކޯޓަށް ދިޔަ ނަމަވެސް، ކެނޑިޑޭސީ ބަލައިނުގަތުމަށް ނިންމި ނިންމުން ބާތިލްނުވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: