ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހުގެ “އުފާވެރި އަމާން ރާއްޖެ” ކެމްޕެއިން ފެށުމަށް ށ އަތޮޅަށް

ޝެއާރކޮށްލާ ކަހަލަދޯ؟

2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ކުރައްވާ ކެމްޕެއިން ފެއްޓެވުމަށް ށ. އަތޮޅަށް އެމަނިކުފާނު މިއަދު ވަޑައިގެންފިއެވެ.

އިންތިހާބު ކާމިޔާބުކުރުމަށް “އުފާވެރި އަމާން ރާއްޖެ” ޝިއާރުގެ ދަށުން އެމަނިކުފާނުގެ ކެމްޕެއިން ފެއްޓެވުމަށް ބާއްވާ ޖަލްސާ އޮތީ މިރޭ ށ ފޯކައިދޫގައެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް ކެބިނެޓުގެ ބައެއް ވަޒީރުންވެސް ވަނީ ވަނީ ވަޑައިގެފައެވެ. އޭގެ ތެރޭގައި ރައީސް ސާލިހާއިއެކު ދެ ވަނަ ދައުރަކަށް ވާދަކުރެއްވުމަށް ކޯލިޝަން ހައްދަވާފައިވާ އަދާލަތު ޕާޓީގެ ރައީސް، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި، ހެލްތް މިނިސްޓަރ އަހުމަދު ނަސީމް އަދި މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރުއެމް) ގެ ސްލޮޓުގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރުކަމުގައި ހުންނެވި އިބްރާހީމް ހަސަންވެސް ވަޑައިގެންނެވިއެވެ.

ށ އަތޮޅަށް ކުރައްވާ މި ދަތުރުގެ ތެރެއިން އެ އަތޮޅުގެ ގިނަ ރަށްތަކަކަށް ކެމްޕެއިންގައި ރައީސް ސާލިހު ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ދޮރުން ދޮރަށް ހިންގަވާ ރައްޔިތުންގެ ހާލު ބެއްލެވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މި ކެމްޕެއިންގައި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެކަމަށް އެމްޑީޕީއިން މީގެ ކުރިން ބުނެފައިވެއެވެ.

ޖެނުއަރީ 28 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ރިޔާސީ ޕްރައިމަރީއިން އޭރު އެމްޑީޕީގެ ރައީސްކަމުގައި ހުންނެވި މުހައްމަދު ނަޝީދުގެ މައްޗަށް ކުރި ހޯއްދަވާ، އެ ޕާޓީގެ ރިޔާސީ ޓިކެޓު ރައީސް ސާލިހު ކާމިޔާބުކުރެއްވީ، 61.10 އިންސައްތަ، ނުވަތަ 24،566 ވޯޓުންނެވެ. އެމަނިކުފާނަށް ރަސްމީކޮށް އެމްޑީޕީގެ ރިޔާސީ ޓިކެޓު ހަވާލުކުރެއްވީ ފެބުރުއަރީ 17 ވަނަ ދުވަހުއެވެ.

އެއާއިއެކު މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބުކޮށް ދެވަނަ ދައުރެއް ހޯދާނެކަމުގެ ޔަގީންކަމާއި، އެމްޑީޕީއާއިއެކު ކުރިއަށް ވަޑައިގަންނާނެކަމުގެ ޔަގީންކަން އެމްޑީޕީގެ މެންބަރުންނަށް ރައީސް ސާލިހު ވަނީ ދެއްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: