ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސާލިހަށް ތާއީދުކުރަން ނިންމީ އެމަނިކުފާނުގެ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން: ސިޔާމް

ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމަނިކުފާނާއިއެކު ކޯލިޝަން ހައްދަވާފައިވާ އެމްޑީއޭގެ ރައީސް.
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް ތާއީދުކުރުމަށް ނިންމީ އެމަނިކުފާނުގެ މި ވެރިކަމުގައި އެޅުއްވި ވިސްނުންތޫނު ފިޔަވަޅުތަކުގެ ސަބަބުންކަމަށް މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމަނިކުފާނާއިއެކު ކޯލިޝަން ހައްދަވާފައިވާ އެމްޑީއޭގެ ރައީސްކަންވެސް ކުރައްވަމުން ގެންދަވާ ސިޔާމް އެމްޑީޕީގެ ޕޯޑިއަމްއެއްގައި، ވާހަކަދެއްކެވި މިއީ ފުރަތަމަ ފަހަރެވެ. މީގެ ކުރިން އިދިކޮޅުގެ ލީޑަރ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ވަރަށް އަރިސްކޮށް ފެނިފައިވާ، ސިޔާމް ރައީސް ސާލިހާއިއެކު ކޯލިޝަން ހަދަން ނިންމާފައިވާތީ ގިނަ ބަޔަކު އެކަމާއި ސުވާލުއުފެއްދިއެވެ. ސިޔާމް ވިދާޅުވީ މި ސުވާލު އޭނާއާއިވެސް ވަރަށް ގިނައިން އަމާޒުވާކަމަށެވެ. އަދި ސިޔާމް ވަނީ ވަރަށް ސާފުކޮށް އޭނާ ރައީސް ސާލިހަށް ތާއީދުކުރަން ނިންމެވި ސަބަބު ވިދާޅުވެދެއްވާފައެވެ.

އެގޮތުން ސިޔާމް ވިދާޅުވީ އޭނާ ސިޔާސީ މައިދާނަށް ވަނީ މީގެ 25 އަހަރުކުރިންކަމަށާއި، އެހެންކަމުން ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމްގެ ވެރިކަމުން ފެށިގެން ހުރިހާ ވެރިކަމެއްވެސް އޭނާއަށް ފެނުންކަމަށް ސިޔާމް ވިދާޅުވިއެވެ. ރައްޔިތުން ބޭނުންވާ އުއްމީދުތައް އެކިއެކި ވެރިންނަށް ހާސިލްކޮށްދެވުނު މިންވަރުވެސް ފެނިއްޖެކަމަށާއި، ކޯލިޝަނެއް ދެމި އޮތުމާއި ނެތުންވެސް ފެނިގެން ހިނގައްޖެކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ ބޭނުންވަނީ ރައްޔިތުންނަަށް ވައުދުވެ، އެ ވައުދު ފުއްދައިދޭނެ ބައެއްކަމަށެވެ.

އޭނާ ދެކޭ ގޮތުގައި ވައުދުވެ ވައުދު ފުއްދޭނީ ވެރިކަމުގެ 5 އަހަރުގެ ދައުރު ފުރިހަމަކޮށް، ކޯލިޝަން އޭގެ އެންމެ ފުރިހަމަ ގޮތުގައި ހިންގިގެންކަމަށް ސިޔާމް ވިދާޅުވިއެވެ. އަދި މި ދައުރަށް އެކުލަވާލި ކޯލިޝަން ރައީސް ސާލިހު ދަމަހައްޓާފައިވާތީ، ސިޔާމް ވަނީ އެމަނިކުފާނަށް ތައުރީފުކުރައްވާފައެވެ.

ކޯލިޗަނެއް މިހާ ހިސާބަށް ފަސް އަހަރު ވަންދެން ފުރިހަމަކަމާއި އެއްކޮށް، މައްސަލައެއް ނެތި ހިންގި ރައީސް އަކަށް ހަމައެކަނި އަޅުގަނޑަށް  ފެނުނީ އަޅުގަނޑުމެންގެ މިއަދުގެ ރައީސް.

ސިޔާމް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހަށް ތާއީދުކުރެއްވި އަނެއް ސަބަބުގެ ގޮތުގައި ސިޔާމް ފާހަގަކުރެއްވީ އެމަނިކުފާނު ރަޝިއާ ޔޫކްރައިންގެ ހަނގުރާމައިގެ ދުވަސްވަރު އާއި، ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ހާލަތުގައި ގައުމު މެނޭޖުކުރެއްވި ގޮތެވެ. އެގޮތުން އެ ދުވަސްވަރު ބޮޑެތި ވިޔަފާރިވެރިންވެސް ތިބީ ގޮތް ހުސްވެފައި، ދެން ވާނީ ބޭންކްރަޕްޓްކަމަށް ނިންމައިގެންކަމަށާއި، އެހެން ނަމަވެސް މިންވަރުކުރައްވާފައި ހުންނެވި ވެރިޔާއަކީ ކެތްތެރި އަދި ވިސްނުން ތޫނު ބޭފުޅަކަށްވުމުން އެ ހާލަތުންވެސް އަރައިގަނެވުނުކަމަށް ސިޔާމް ވިދާޅުވިއެވެ.

ވަބާއެއް ޖެހިއްޖެ ހިނދެއްގައި، މުސީބާތެއް ޖެހިއްޖެ ހިނދެއްގައި، ނަފްސީ ނަފްސީ ގޮވާފަ ދާ މީހާއަކަށް ކާމިޔާބީއެއް ނެތް. ނާކާމިޔާބު އޮންނާނީ. އެކަމަކު އަޅުގަނޑުމެންގެ ރައީސް އިބްރާހީމް މުހައްމަދު ސާލިހު އެ ގޮތަކަށް ނޫން ކަންތައް ކުރެއްވީ، އެއާއި މުޅިން ހިލާފަށް ކަންތައްކުރެއްވީ. ކަންތައްކުރެއްވީ އޯގާތެރިކަންދީގެން.

ސިޔާމް ވިދާޅުވިއެވެ.

ރައީސް ސާލިހު އޭރުވެސް ކަން ކުރެއްވީ މަޝްވަރާއާއި އެއްގޮތަށްކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ، ބޭރުގެ ގައުމުތަކުން ލޯނުގެ އެހީ ހޯދައިގެން ބޮޑު އަދި ކުދި ވިޔަފާރިތަކަށްވެސް ސަރުކާރުން އެހީތެރިވީކަމަށެވެ.

ރައީސް ސާލިހު ވެރިއެއްގެ ޒިންމާތައް ނަންގަވާ އޭރު އެޅުއްވީ ހަރުދަނާ ފިޔަވަޅުތަކެއްކަމަށް ސިފަކޮށް، ސިޔާމް ވަނީ އެކަމަށް ޝުކުރުއަދާކުރައްވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: