ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާމް ވިދާޅުވީ ގައުމު ތަރައްގީކުރެވޭނީ ދަރަނި ނަގައިގެންކަމަށް!

ށ މިލަންދޫގައި ބޭއްވި ބޮޑު ޖަލްސާގައި ރައީސްގެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ދަރަންޏާއި ގުޅުވައިގެން ސަރުކާރަށް އަމާޒުކުރާ ފާޑުކިޔުންތަކަށް އެމްޑީއޭގެ ރައީސް މުހައްމަދު ސިޔާމް ރައްދެއްވައިފިއެވެ.

ރައީސް ސާލިހަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް އެމަނިކުފާނާއިއެކު އެމްޑީއޭއިން ކޯލިޝަން ހަދާފައިވާއިރު، ސިޔާމް އަންނަނީ ރައީސް ސާލިހަށް ތައުރީފު ކުރައްވާ ވާހަކަދައްކަވަމުންނެވެ. އެގޮތުން ރޭ ށ މިލަންދޫގައި ބޭއްވި ޖަލްސާގައި ސިޔާމް އެންމެ ފުރަތަމަ ފާހަގަކުރެއްވީ ގައުމުގެ ދަރަންޏާއި ގުޅިގެން ސަރުކާރަށް އަމާޒުވާ ފާޑުކިޔުންތަކެވެ. އެމެރިކާއަކީ ދުނިޔޭގެ އެންމެ މުއްސަދި ގައުމުކަމަށާއި، ނަމަވެސް ދުނިޔޭގެ އެންމެ ދަރަނި ބޮޑު ގައުމަކީވެސް އެމެރިކާކަމަށް ސިޔާމް ވިދާޅުވިއެވެ. ދަރަނި ބޮޑު ނަމަވެސް އެމެރިކާގެ ރައްޔިތުން އުޅެނީ ވަރަށް ފުދުންތެރި އުފާވެރި ދިރިއުޅުމެއްކަމަށެވެ.

ލިބޭ އެއްޗަކުން ފުއްދައިގެން ކުރިއަށްދާން ވިސްނަނީނަމަ، ކުރިއަށް އޮތް 300 އަހަރުގެ ތެރޭގައިވެސް ގައުމު ދާން ބޭނުންވާ ހިސާބަށް ނުުގެންދެވޭނަކަމަށް ފާހަގަކޮށް، ސިޔާމް ވިދާޅުވީ ލާރި ހުރި ގައުމުތަކުން ދަރަންޏަށް ފައިސާ ނަގައިގެން ރައްޔިތުން ބޭނުންވާ ކަންކަން ފުއްދުމަށް ހަރަދުކުރަންޖެހޭކަމަށެވެ. ޝިޔާމް ވިދާޅުވީ ފައިސާއެއް ނަގައިގެން، އެއީ ދަރަންޏަކަށްވާނީ، އެ ފައިސާ ދައްކަން އޮންނަ މުއްދަތުގައި ނުދެއްކުމުންކަމަށެވެ.

އަޅުގަނޑުމެން ފައިސާ މި ނަގަނީ، 100 މިލިއަން ޑޮލަރު، ނޫނިއްޔާ 150 މިލިއަން ޑޮލަރު ހަރަދުކުރަންޖެހޭ ތަނަކަށްވެއްޖެއްޔާ، އަޅުގަނޑުމެންނަށް ރާއްޖެއިން ފައިސާ ނުލިބޭނެ. އަޅުގަނޑުމެން ޖެހޭނީ ބޭރު ގައުމަކުން އެ ފައިސާ ހޯދަން.

ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ބައެއް މަޝްރޫއުތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފައިސާ ރާއްޖެއިން ނުލިބޭކަމަށާއި، އެ ހާލަތުގައި ޖެހޭނީ ބޭރުގެ ގައުމުތަކުން ފައިސާ ހޯދަންކަމަށެވެ. އަދި އޭގެ ފައިދާކުރާނީ ރައްޔިތުންނަށްކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ ރައީސް ސާލިހު ދަރަނި ނަންގަވާފައި ހުރީ ކުޑަ އަގުގައި، ބައިނަލްއަގުވާމީ މާކެޓުގައި ވަރަށް ހެޔޮ އަގުގައިކަމަށެވެ.

ރަށްރަށުން ފެންނަ ތަރައްގީއަކީ، ލޯނުގެ ހެޔޮ ނަތީޖާކަމަށް ސިޔާމް ވިދާޅުވިއެވެ.

މިކަންކަމަށް ހެކި ދެއްކެވުމުގެ ގޮތުން ވިދާޅުވީ، އޭނާގެ އަމިއްލަ ވިޔަފާރި ފެށީ 900 އެމެރިކާ ޑޮލަރުންކަމަށާއި، ނަމަވެސް މިއަދު 25 އަހަރު ފަހުން އެ 900 ޑޮލަރު ބަދަލުވެގެންދިޔައީ 2 ބިލިއަން ޑޮލަރަށްކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: