ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީއާއިއެކު ކޯލިޝަން ހެދީ އެ ޕާޓީއިން ލާދީނީ ފިކުރު ނެތިގޮސްފައިވާތީ: ސިޔާމް

ރައީސްގެ ކެމްޕެއިން ޖަލްސާގައި ސިޔާމް ވާހަަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއާއިއެކު ކޯލިޝަން ހެދީ އެ ޕާޓީއިން ލާދީނީ ފިކުރު ނެތިގޮސްފައިވާތީކަމަށް އެމްޑީއޭގެ ރައީސް އަހުމަދު ސިޔާމް ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހުގެ ކެމްޕެއިނަށް ދ ރިނބުދޫއަށް ވަޑައިގެން ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ އުފާވެރި އަމާން ރާއްޖެއެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގެ އެންމެ މުހިންމު ބޭނުމަކީ އަސާސީ ހިދުމަތްތައް ގާއިމްކުރުމަށް ކރުަންޖެހޭ މަސައްކަތްތައް ކުރުންކަމަށެވެ. ރާއްޖޭގެ ތާރީހުގައި ފާއިތުުވެގެންދިޔަ 50 އަހަރު ކޮށްފައިވާ މަސައްކަތަށްވުރެ މާ ގިނަ މަސައްކަތްތައް ރައީސް ސާލިހު ކޮށްދެއްވާފައިވާކަމަށް ސިޔާމް ވިދާޅުވިއެވެ.

ސިޔާމް ވިދާޅުވީ ކޮވިޑްގެ ވަބާއާއިއެކުވެސް ރާއްޖެ ހެޔޮ މަގަށް ރައީސް ސާލިހު ގެންދަވައިފިކަމަށެވެ. ރައީސް ސާލިހުގެ މިފަދަ ބުރަ މަސަސައްކަތްތަކުގެ ސަބަބުން އެމަނިކުފާޏަށް ރިނބުދޫއިން 90 އިންސައްތަ ލިބޭނެކަމަށެވެ.

އޭނާ ކޯލިޝަން ހަދާފައިވަނީ ލާދީނީ ޕާޓީއަކާއިއެކުކަމަށް މީހުން ބުނާކަމަށް ފާހަގަކޮށް ރައްދުދެއްވާ ސިޔާމް ވިދާޅުވީ އޭނާ އެމްޑީޕީއާއިއެކު ކޯލިޝަން ހެދީ ލާދީނީ ފިކުރުގެ މީހުން އެ ޕާޓީގައި މިހާރު ނެތުުމުންކަމަށެވެ. އެމްޑީޕީއަކީ ލާދީނީ ޕާޓީއެއްނަމަ އޭނާ އެމްޑީޕީއާއި ނުގުޅޭނެކަމަށް ސިޔާމް ވިދާޅުވިއެވެ.

އަޅުގަނޑުގެ އުއްމީދަކީ ސެޕްޓެމްބަރ 9 ގައި އޮންނަ އިންތިހާބު ރައީސް ސާލިހު އެއް ބުރުން ކާމިޔާބު ކުރެއްވުން.

ސިޔާމް ވިދާޅުވިއެވެ.

ރަށުގެ ހާލަތާއި ގުޅޭ ގޮތުން ވާހަކަދައްކަވަމުން ސިޔާމް ވިދާޅުވީ ރައްޔިތުން ރައީސް ސާލިިހުގެ އަރިހުން ރަށުގެ ރައްޔިތުން އެދުނު ހުރިހާކަމެއް އެމަނިކުފާނު ވަނީ ފުއްދަވައިދެއްވާފައިކަމަށެވެ. އޭގެ އިތުރުންވެސް ބޭނުންވާ ކަންކަން އެބަހުރިކަމަށާއި، އެގޮތުން ރަށޫގެ ސުކޫލަށް ކްލާސް ރޫމް އިތުރުކުރުމާއި، ސިއްހީ ނިޒާމު ހަރުދަނާކުރުން މުހިންމުކަމަށް ސިޔާމް ވިދާޅުވިއެވެ. ރަށުގައި ފަތުރުވެރިކަން ހިންގުމަށް ގެސްޓު ހައުސް އެޅުމަށް ރައްޔިތުން ލުއި ލޯނު ބޭޏުންވާކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ މިކަންކަން އެމްޑީޕީގެ ދެވަނަ ދައުރެއްގައި ފުރިހަމަވެގެންދާނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އިންތިހާބުގެ ނަތީޖާއާއި ގުޅިގެން ސިޔާމް ވިދާޅުވީ ނުވިސްނާ ކުރާކަމެއްގެ ސަބަބުން ދެރަ ގޮތެއް މެދުވެރިވެދާނެކަމަށެވެ. ރައީސް ސާލިިހު ތަޖުރިބާއާއިއެކު ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އެމަނިކުފާނަށް ވޯޓު ދޭންޖެހޭކަމަށް ފާހަގަކޮށް ސިޔާމް ވިދާޅުވީ އެމަނިކުފާނު މި އިންތިހާބު ކާމިޔާބުކުރައްވާނީ އެއް ބުރުންކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: