ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްޑީޕީދޫކޮށް ނިކުމެވަޑައިގަތީ ރައްޔިތުންނަށްވީ ވައުދުތައް ނުފުއްދާތީ: ނަޝީދު

އެމްޑީޕީގެ ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީ ދޫކޮށް އެހެންޕާޓީއަކާއި ގުޅެންޖެހުނީ ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދެވިފައިނުވާތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީ އާއި އެމަނިކުފާނު ފެއަށްޖެހިވަޑައިގަންނަވަންޖެހުނީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދައިދެވިފައިނުވާތީ ކަމަށެވެ.

ރައީސް ސާލިހަށް ރައީސް ނަޝީދު ވަރަށްބޮޑަށް ފާޑުވިދާޅުވަމުން މިދައުރުގައި ރައްޔިތުންނަށް ވީ ވައުދުތައް މިހާތަނަށް ފުއްދައިދެވިފާ ނުވާ ކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމަށް ވީ ވައުދު ފުއްދިފައިނުވާއިރު، ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އާއި އަދުލު އިންސާފު ގާއިމް ކުރުމަށް ވީ ވައުދުގެ އިތުރުންވެސް ސަރުކާރުން ފުއްދުމަށް ވީ ހުރިހާ ވައުދެއް މިވީހާ ތަނަށް ނުނިމިފައިވާ ކަމަށް ރައީސް ނަޝީދުގެ ވާހަކައިގައި ފާހަގަކޮށްފައިވެއެވެ.

ތަރައްގީއަކީ ކޮންކްރީޓް ނޫންކަމަށާއި މިސަރުކާރުގެ މެގަ ޕްރޮޖެކްޓްތަކަކީ ކޮންކްރީޓް ތަރައްގީކަމަށް ޑިމޮކްރެޓްސްގެ ޖަލްސާތަކުގައި ރައީސް ނަޝީދު ގެންދަވަނީ ތަކުރާރުކޮށްވިދާޅުވަމުންނެވެ.

ސަރުކާރު ސްލޯކަމަށާއި މިސަރުކާރުން ރައްޔިތުންނަށް ބޮޑުތަނުން ވަނީ އިހުމާލުވެފައިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ބަޖެޓްގައި ލޯލާރިއެއް ނެތި މަޝްރޫއުތައް ހިންގުމުގެ ނަމުގައި ހިޔާނާތްތައް އިންތިހާއަށް ވަމުންދާކަން ފާހަގަކޮށް އެމްއެމްޕީއަރުސީގެ ހިޔާނާތުގައި ހިމެނޭ މީހުންގެ މައްސަލަތައް މިހާތަނަށް ބެލިފައިނުވާކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ.

އެމްޑީޕީގެ ދެވަނަ ވެރިކަމުގައި ފުއްދުމަށް ވީ ވައުދުތަކުގެ ބޮޑުބައި، ނިމިފައިނުވާއިރު އިންތިހާއަށް ދަރަނި ބޮޑުވެ ދައުލަތް ދަރަނިން ސަލާމަތްވެފައިނުވާ މަންޒަރު ފެނިގެންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިސަރުކާރު ދަނީ ނިމެންކަމަށާއި ކޯލިޝަން ލީޑަރުންނާއި ޕާޓީތަކަށް ސަރުކާރުގެ މަގާމްތައް ބަހާލާ މަޝްރޫއުތަކާއި ޕްރޮޖެކްޓްތައް އެސްއޯއީ ކުންފުނިތަކާއި ހަވާލުކުރެވިގެންދާމަންޒަރު މިވެރިކަމުގައި ފެނިގެންދާ ކަމަށްވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރައީސް ނަޝީދުގެ ވެރިކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ށ ފޯކައިދޫގައި ބޭއްވިގެންދިޔަ ޖަލްސާގައި ފާޑުވިދާޅުވެފައެވެ. އެގޮތުން ކޮރަޕްޝަނާއި ފަސާދައާއި ވައުދުތައް ނުފުދި 2008 ވަނަ އަހަރުގެ އިންތިހާބީ ވެރިކަން 2012 ވަނަ އަހަރު ނިމިގޮސް އޭގެ ފަހުގައި ހޭދަވި 5 އަހަރުގެ ތެރޭގައި ރައްޔިތުންނާއި އެމްޑީޕީގެ މެމްބަރުން އުޅެންޖެހުނީ މަގުމަތީގައި އަނިޔާވެރިކަމުގައި ކަމަށް ރައީސް ސާލިހް ވިދާޅުވިއެވެ.

ރައީސް ނަޝީދާއި  ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ގައުމު ހަލަބޮލިކަމަށް ގެންދިޔަކަން ފާހަގަކޮށް އެ މުއްދަތުގެ ތެރޭގައި ސިޔާސީ ލީޑަރުން ޖަލަށްލުމާއި ނުހައްގު އަނިޔާތަކާއި އިހާނެތިގޮތްތަކެއް ކުރިމަތިވެގެން ދިޔަކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.

ރައީސް ސާލިހްގެ އިތުރުންވެސް ޖަލްސާގައި ވާހަކަދެއްކެވި 3 ޕާޓީގެ އިސްފަރާތްތަކުން ވަނީ ގައުމުގައި ހަމަޖެހުން ގާއިމްކޮށްދެވިފައިވާ ކަމަށާއި މިހިނގާ ރިޔާސީ ދައުރުގެ ތެރޭގައި ރައްޔިތުންނަށް ހިތްހަމަޖެހުމާއި ތަރައްގީ އާއި އަމާންކަން ހޯދައިދެވިގެންދިޔަ ކަން ފާހަގަކޮށް އެބޭފުޅުންވަނީ އަމާން އުފާވެރި ރާއްޖެއެއް ރައީސް ސާލިހާއި އެކު ދެވަނަ ދައުރެއްގައި ރާއްޖެ ހޯދާ ދިވެހިން އެދޭ އަނެއްދިވެހިރާއްޖެ ހާސިލްކުރާނެ ކަމަށް ވިދާޅުވެފައެވެ.

އަނެއްދިވެހިރާއްޖެ އަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުގައި އޭރުގެ ރައީސް ނަޝީދު އިސްވެ ހުންނަވައި ދިވެހިރައްޔިތުންގެ އުއްމީދުތަކުގައި ކުލަޖައްސައި އެ އުއްމީދުތައް ހަގީގަތަކަށް ހަދައިދިނުމަށް އޭރު އެކުލަވާލި މެނިފެސްޓޯގެ ސްލޯގަން ނުވަތަ ޝިޔާރެވެ.

ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތަކާއި އަތޮޅުތައް ހިންގައި ސިޓީތަކާއި މޭޔަރުންނާއި ކައުންސިލްތަކާއި ލާމަރުކަޒީ ނިޒާމްގެ އޮނިގަނޑު އެކުލަވާލުމަށް ބޭނުންވާ އެންމެހައި ކަންތައްތަށް އެކުލަވާލާ އެކަށައެޅިގެންދިޔައީ 2008 ވަނަ އަހަރުގެ ތެރޭގައި އުފެދިގެން ދިޔަ އެމްޑީޕިގެ ސަރުކާރުގައެވެ.

އެމްޑީޕީގެ ކުރުތިން އަހަރުގައި ރައްޔިތުން ބޭނުންވާ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ހިމެނޭ ބޯހިޔާވަހިކަން ކަށަވަރު ކުރުމަށް ފްލެޓް އަޅައި ދަތުރުފަތުރުގެ ނިޒާމުން ރާއްޖެ ގުޅާލުމަށް މާލޭގައި މިނީބަސް ތައާރަފްކޮށް އައިޑީކާޑު މެދުވެރިކޮށް ހިލޭ ބޭސްފަރުވާގެ ނިޒާމް ގާއިމްކުރިއެވެ.

މިއަދު ރައީސް ސާލިހް ގެންދަވަނީ ރައީސް ނަޝީދުގެ ސަރުކާރުގެ ބައެއް މަޝްރޫއުތަކާއި ރައީސް ޔާމީންގެ ސަރުކާރުގެ ބައެއް މަޝްރޫއުތަކުގެ އިތުރުން މިވެރިމުގައި ރައްޔިތުންނަށް ވީ ވައުދުތައް ފުއްދުމަށް މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ފާއިތުވެދިޔަ 4 އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ އާއި ތައުލީމީ ދާއިރާއާއި ވިޔަފާރީގެ ދާއިރާއާއި އިގްތިސާދީ ދާއިރާ ކުރިއަރައިގެން ގޮސްފައިވާކަމަށް ސަރުކާރުގެ ވަޒީރުންނާއި ވުޒާރާތަކުގެ އިސްވެރިންގެ ވާހަކައިގައި ވަނީ ފާހަގަކޮށްފައެެވެ.

ކުޑަރަށެއް، ބޮޑުރަށެއްް ބެލުމެއްނެތި ރާއްޖެ ތަރައްގީ ކުރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން މިއަދު ފެނާއި ނަރުދަމާގެ މަޝްރޫއު ނުހިނގާ އެއްވެސް ރަށެއް މިވެރިކަމުގައި ނެތް ކަމަށް ރައީސް ސާލިހް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: