ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަދީބު ބޭސް ފަރުވާއަށް ބޭރަށް ފުރަން ހުއްދަދީފި

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު/ އަދީބުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާއެއްގެ އަޑުއެހުން މާދަމާ: ފޮޓޯ- ވަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސް ފަރުވާ ހޯއްދެވުމަށް ރާއްޖެ އިން ބޭރަށް ވަޑައިގަތުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީސީ) އިން ދީފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު ކުރަމުންދަނީ އަދީބު ރާއްޖެއިން ބޭރަށް ގެންދިއުމަށް ކުރަން ޖެހޭ މަސައްކަތްތަކެވެ. އަދި މި ހަފްތާގެ ތެރޭގައި އަދީބު ބޭރަށް ގެންދާނެކަމުގެ މައުލޫމާތުވަނީ ލިބިފައެވެ.

އަދީބު ނިސްބަތްވާ ޕާޓީ ތާޑްވޭ ޑިމޮކްރެޓްސް ޕާޓީ (އެމްޓީޑީ) ބުނި ގޮތުގައި އަދީބު ގެންދަވަނީ ނާރުގެ ނިޒާމަށް އަސަރުކުރާ ފުރާނައަށް ނުރައްކާތެރި ބައްޔެއް ތަހަމައްލު ކުރަމުންނެވެ.

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަންސް (އެމްއެމްޕީއާރުސީ) ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ވަނީ 20 އަހަރުގެ ޖަލުހުކުމެއް އިއްވާފައެވެ. ނަމަވެސް ބަލި ހާލަތު ހުރި ގޮތުން އަދީބު ވަނީ ގޭ ބަންދަށް ބަދަލުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: