ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޭސްފަރުވާއަށް ދިން މުއްދަތު އިތުރުކޮށްދޭން އަދީބު އެދިއްޖެ

ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު . ފޮޓޯ: އެޑިޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި، ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަބްދުލްޣަފޫރު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ދީފައިވާ 10 ދުވަހުގެ ހުއްދަ އިތުރުކޮށްދޭން އެދިއްޖެ އެވެ.

ހިޔާނާތުގެ މައްސަލައިގައި 20 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ އަދީބު ހުންނަވަނީ ގޭބަންދުގައެވެ. ދައުލަތާއި އެކު އެކުލަވާލި އިއުތިރާފުގެ އެއްބަސްވުމާއި އެކު އައި ހުކުމަށް ފަހު، އަދީބު ގޭބަންދުގައި ހުންނަވާއިރު އޭނާ ވަނީ އެމްއެމްޕީއާރުސީގެ މައްސަލައިގައި އޭނާ ވަނީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި ދެކޮޅަށް ހެކިބަސް ދީފައެވެ.

އަދީބު ގޭބަންދުގައި ހުންނަ ސަބަބެއްކަމަށް ދައުލަތުން ބުނެފައި ވަނީ ބަލި ހާލަތުގެ ސަބަބުންނެވެ. އަދި މި ފަހުން އަދީބުގެ ސިއްހީ ހާލު ގޯސްވެ، އައިޖީއެމްއެޗުގައި އެޑްމިޓުކޮށް ފަރުވާދީފައިވެއެވެ.

ކުއްލި ގޮތަކަށް އަދީބު ފުރުވާލަން އުޅޭކަމަށް އަޑުތައް ފެތުރި، މީޑިއާތަކުން ވެސް އެ ހަބަރު ކަވަރު ކުރުމުން ކަރެކްޝަނުން ބުނީ އަދީބަށް އެ ހުއްދަ ދިނީ ރާއްޖޭން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށްކަމަށެވެ. އަދި އެއީ އެ އިދާރާގެ މެޑިކަލް ބޯޑުގެ ލަފައާއި އެކު ނިންމި ނިންމުމެއްކަމަށް ވެސް ކަރެކްޝަނުން ބުންޏެވެ.

ކަރެކްޝަންސްއިން ބުނީ ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގެ ތެރޭގައި، ފުލުހުންނާއި އެ އިދާރާ ގުޅިގެން ހާލަތު މޮނީޓާރ ކުރަމުން ގެންދާނެކަމަށެވެ.

އެނގިފައިވާ ގޮތުގައި އަދީބަށް ރާއްޖެއިން ބޭރަށް ދިއުމަށް ދީފައި ވަނީ 10 ދުވަހުގެ ހުއްދައެކެވެ. އަދީބު ރާއްޖެއިން ފުރީ 11 ޖުލައިގައިކަމަށްވާއިރު، މިހާރު އޭނާގެ ފަރާތުން ދުވަސް އިތުރުކޮށްދިނުމަށް އެދިފައިވީ ނަމަވެސް އެއީ ކިހާ ދުވަހެއްކަން ސާފެއް ނުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: