ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިނިވަންކުރުމާއި އެކު އަދީބު ރާއްޖެއިން ބޭރަށް!

ކުރީގެ ނައިބް ރައީސް އަހުމަދު އަދީބު / ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްއެމްޕީއާރުސީ ހިޔާނާތުގެ މޭސްތިރިޔާކަމަށް ބުނެ ދައުވާތަކެއް އުފުލައި، ޝަރީއަތުން ކުށް ސާބިތުވެފައި ވަނިކޮށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިނިވަން ކުރެއްވި އަހުމަދު އަދީބު އަބްދުލްޣަފޫރު ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފި އެވެ.

އަނބިކަބަލުންނާއި އެކު ރޭ އަދީބު ފުރާޑައިގަތީ ކޮން ގައުމަކަށްކަން އަދި ސާފެއް ނޫނެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި ހަތް ދައުވާއެއް އުފުލުމުން، އެ ހުރިހާ ދައުވާއެއް ވެސް ކޯޓުގައި ވަނީ ސާބިތުވެފަ އެވެ. އެމްއެމްޕީއާރުސީ މައްސަލައިގައި އަދީބަށް އުފުލި ދައުވާތަކުގެ ތެރޭގައި ޓޫރިޒަމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނަވައިގެން މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ފައިދާ ހޯދައިދިނުމުގެ ދައުވާ ހިމެނެއެވެ. އަދީބުގެ މައްޗަށް އެ ހަތް ދައުވާ ވެސް އުފުލީ އެމްއެމްޕީއާރްސީގެ ތެރެއިން 2014 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ދެމެދު ހިންގި ކޮރަޕްޝަނާއި މަނީލޯންޑްރިން މައްސަލައާއި ގުޅިގެންނެވެ.

އެ ކުށް ސާބިތުވެ އިއްވީ 20 އަހަރުގެ ޖަލު ހުކުމެއް ނަމަވެސް އެންމެ ފުރަތަމަ ދައުވާތަކުން މިނިވަންވުމުން، ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައި ޝަމީމް އޭރު ވިދާޅުވީ އަދީބުގެ މައްޗަށް ކުރެވޭ ތުހުމަތުތައް ގިނަކަމަށާއި އެ ހުރިހާ ދައުވާއެއް އުފުލައި ކުށް ސާބިތުވާ ހާލަތެއްގައި ހުކުމް ކުރަން ޖެހޭ އަދަބު އެތައް އަހަރަކަށް އަރާނެ ކަމަށެވެ. އެހެން ނަމަވެސް އޭގެ ފަހުން އަދީބުގެ މައްޗަށް ހިޔާނާތުގެ މައްސަލައިގައި ދައުވާތައް އުފުލުމަށް ފަހު އިއުތިރާފުގެ އެއްބަސްވުމެއް އެކުލަވާލި އެވެ. އެ އެއްބަސްވުމުގެ ދަށުން، އެހެން މައްސަލަތައް އެހީތެރިކަން ދިނުމާއި އެކު ދައުލަތާއި އެއްކޮޅަށް ހެކިބަސް ދޭން ޖެހެ އެވެ. އެހެންވެ އަދަބު ލުއިވެ އަދީބަށް އައީ އެންމެ 20 އަހަރުގެ ޖަލު ހުކުމެކެވެ. އަދި އެ ހުކުމް އިއްވިތާ މާ ގިނަ ދުވަހެއް ނުވެ ހުންނެވީ ގޭ ބަންދުގަ އެވެ.

އަދީބާއި ޒިޔަތުގެ ހެކި ބަސް ބޭނުން ކުރުމަކީ، ރައީސް ޔާމީންގެ ފަރާތުން ފާހަގަކުރާ އެންމެ ބޮޑު އިއުތިރާޒު ނުކުތާ އެވެ. އެގޮތުން ދެބޭފުޅުންގެ ހިތުގައި ވެސް ރައީސް ޔާމީނާއި މެދު ރުޅިވެރިކަމާއި ނަފްރަތު އޮންނާނެކަމަށް ވަކީލުންނާއި ރައީސް ޔާމީން ވެސް ފާހަގަ ކުރި އެވެ.

ވެރިކަމުގެ ދައުރު ނިމެން 3 ދުވަހަށްވެފައި ވަނިކޮށް އަދީބާއި ޒިޔަތަށް މައާފު ދިންއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ދުވަސްވަރު އެކި ބޮޑެތި ކުށްތަކުގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދިޔަ ކުށްވެރިންގެ އަދަބު ރައީސް ސޯލިހު ލުއިކޮށްދެއްވިކަން ވަނީ ހާމަވެފަ އެވެ. އޭގެ ތެރޭގައި ތޫނު އެއްޗަކުން ހަމަލާ ދީ މަރާލި މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގެ ކުށް ސާބިތުވެ 18 އަހަރުގެ ޖަލު ހުކުމެއް އިއްވާފައި ހުރި މީހެއްގެ އަދަބު 10 އަހަރަށް ކުޑަކުރުން ހިމެނެ އެވެ.

 

 

 

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 25%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: